އޭއައި ޕްރޮގްރާމް މިއަދު ކުރިއަށް ދަނީ
19 ޖެނުއަރީ 2019 - 20:10
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ރާއްޖޭގައި ކުރިއަރުވައި، އެ ޓެކްނޮލޮޖީގެ ދިވެހި އަމިއްލަ އުފެއްދުންތަކެއް މަސައްކަތުގެ މާހައުލަށް ނެރެ، ވިޔަފާރިތަކަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮގްރާމެއް ޕްރޮފެސަރު ހަސަން އުގައިލް ފައުންޑޭޝަނާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީން ގުޅިގެން މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ހިންގާ އަމީނީ ބިލްޑިންގުގައި އެ ޕްރޮގްރާމް ފަށަން މިއަދު ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭސް މިޝްރާ އެވެ. މިއަދު ހަވީރު 5:30 އާ ހަމައަށް ގެންދިޔަ ސެޝަންތަކުގައި ބައިވެރިންގެ ހުރި ޚިޔާލުތައް ފާޅުކޮށް ފަސް މަޝްރޫއެއް ވަނީ އެކުލަވައިލައިފަ އެވެ. ޕްރޮގްރާމް ކުރިއަށް ގެންދެވުމުގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވީ ޕްރޮގްރާމްގައި އޭނާ އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ފަސް ޕްރޮޖެކްޓްގެ ޕްރޮޓޯ ޓައިޕް އެއް ދައްކާލައި، އެ ޕްރޮޖެކްޓްތައް ވިޔަފާރިތަކަކަށް ވެގެން ދިއުން ކަމަށެވެ. މިއަދު ފެށި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި އެގޮތުން ރާވައިލެވުނީ ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވި ގޮތަށް ފަސް ޕްރޮޖެކްޓް، ވަރަށް ކާމިޔާބު ފަސް ޕްރޮޖެކްޓް ރާވާލެވިއްޖެ. ދެން އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތައް ހިންގާނެ، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ޑޭޓާ ކަލެކްޓްކޮށް އެ ޑޭޓާ ކޮންސޮލިޑޭޓް ކުރާނެ ޕްރޮޖެކްޓެއް އަތުވެއްޖެ އަދި އޭގެ އިތުރުން ދިވެހި ބަހުން ވާހަކަ ދައްކާ ކޮމްޕިއުޓަރެއް ތައްޔާރު ކުރުން،" މިއަދު ހުށަހެޅި ޕްރޮގްރާމްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުގައިލް ވިދާޅުވި އެވެ.
ޕްރޮގްރާމްގައި މިއަދު ހުށަަހެޅި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ ދިވެހި ބަހުން ޖަވާބުދޭ ބޮޓެއް ކަމަށްވާ "ކަމަނަ" އުފެއްދުމުގެ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓްގައި އިސްކޮށް އުޅޭ އަހުމަދު މަހްފޫޒް "މިހާރު" އަށް ބުނީ އެފަދަ އުފެއްދުމެއް ތައާރަފް ކުރުމަކީ ވަރަށް ކުރިއްސުރެ ގެންގުޅެމުން އައި ޚިޔާލެއް ކަމަށެވެ.
"މިއަައިޑިއާ އަކީ ވަރަށް ކުރިއްސުރެ ގެންގުޅެމުން އައި އައިޑިއާއެއް. އެކަމަކު ރިސޯސްއާ ޓީމަކާ ލިބިގެން ނޫނީ އެއްޗެއް ބިލްޑެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.
އޭނާ ބުނީ "ކަމަނަ" އުފައްދަން މަސައްކަތް ކުރަން މިހާރު އެކުލަވާލާފައިވާ ޓީމަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި ޕްރޮގްރާމް އިންތިޒާމް ކުރާ ފަރާތުގެ އެއްބާރުލުމާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕްރޮޓޯޓައިޕް އެއް އުފެއްދޭ ވަރު ވާނެ ކަމަށެވެ.
އުގައިލް ވިދާޅުވީ މިއަދު ތައްޔާރު ކުރެވުނީ ވަރަށް ތަފާތު އެހެން ނަމަވެސް ރާއްޖެއާ ވަރަށް ގުޅޭ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ބައިވެރިން ގެނައި ހިޔާލުތަކާ މެދު ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި ފަސް ޕްރޮޖެކްޓް ވެސް ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭން ބޭރުގައި ވެސް މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގަވާފައިވާނެ ކަމަށާއި އެ ގޮތުން ފެނުނު ބައިވެރިންނާ ދިވެހިންނާ މެދު މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ދިވެހިންގެ ހުނަރުވެރިކަން މާ މަތި ކަމަށާއި މައްސަލައަކީ ވަސީލަތްތައް މަދުކަމާއި މަގުދައްކާނެ މީހުން މަދުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހަގީގަތުގައި ހުނަރުވެރިކަން މާ މަތި އިނގޭތޯ އެހެން ގައުމުތަކާ ބަލާއިރު. އަޅުގަނޑުމެންނަށް މިވާ ގޮތަކީ އަޅުގަނޑުމެންނަށް މަގު ދައްކާނެ މީހުން މަދުވެފައި އަޅުގަނޑުމެންގެ ރިސޯސް މަދުވީމާ، އެއީ ހަގީގަތުގައި އަޅުގަނޑުމެން ކުރި ނާރާ ކަމަކީ،" އޭނާ ވިދާޅުވި އެވެ.
މިއަދު އެކުލަވައިލި ފަސް ގްރޫޕުން ހަ މަސް ދުވަހު މަސައްކަތް ކުރާ އިރު މަހެއްގެ ޚަރަދަށް ކޮންމެ ގްރޫޕަކަށް 20،000ރ. ދޭން ވަނީ ނިންމައިފަ އެވެ. އެ ފައިސާ ދޭނީ ޕްރޮގްރާމް ހިންގާ ދެ ޖަމިއްޔާއިންނެވެ. އެ މުއްދަތުގައި މަސައްކަތް ކުރުމަށް ޚިޔާލުތައް ނެރުމާއި މައުލޫމާތު ލިބިގަންނާނެ މަސްދަރުތައް ކިޔައި ދިނުމާއި ޑެމޯއެއް (ނަމޫނާ އުފެއްދުމެއް) އުފައްދާނެ ގޮތް ކިޔައިދިނުން ފަދަ ހުރިހާ ކަމަކަށް އުގައިލް އެހީތެރިވެދެއްވާނެ އެވެ. އެންމެ ފަހުން އޮންނާނީ ޑެމޯ ދައްކައިލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާބިލް
20 January 2019
ތިޔަށްވުރެ މާރަނގަލުކަންކަން ކުރަން އެބަހުރި.
ޖަލީ
20 January 2019
ދިވެހިން މޮޅީތަ ނޫނީ އެހެން މީހުން ގަމާރީތަ؟ ހެހެހެ
buddy
20 January 2019
ކީއްވެ ވަކި ދިވެހިން މޮޅުވާންވީ؟ މޮޅުކަމުން އަދި މިހާހިސާބަށް އައިއިރު ފާހަގަކޮށްލެވޭ ފަދަ އަމިއްލަ އުފެއްދުމެއް ފެންނާކަށް ނެތް.
ހާދަރު
20 January 2019
އެބަ ރަގަޅުވޭ!
ނުއަގު
20 January 2019
5 މީހުންގެ ގުރޫޕަކަށް ކޮންމެ މަހަކު 20،000 ރުފިޔާ. މީހަކަށް މަހަކު 4000 ރުފިޔާ އެއިރުން އެ ވަނީ. ތީ ވަރަށް އަގުބޮޑު ބުރަ މަސައްކަތެއް އިނގޭތޯ. ހަމަ އަގު ދެއްވައިގެން ތިކަން ކުރިއަށް ގެންދަވާ، އެއިރަށް ތިކަމުގެ އެންމެ ހުނަރުވެރި ކުދިން ފެންނާނީވެސް، އެއިރަށް ތިވަރު ކަމަކަށް ވަގުތު ހުސްކުރެވޭނީވެސް.
އިސްމާލި
20 January 2019
މިއީ މަހު މުސާރައަށް ކުރާ ކަމެއް ނޫން. ފައިސާ އެ ދެނީ ހަމަ އެކަނި އެކި މިސެލޭނިއަސް ހަރަދުތައް ކަވަރު ކުރުމަށް. މި ކަމަށް މަސައްކަތް ކުރާނީ އަމިއްލަ އިހްތިޔާރުގައި ކުރާ ހިތުން. މި ޕްރޮޖެކްޓު ފައިސާއަށް ބަދަލު ވާނީ ޕްރޮޓޯޓައިޕް ހަދައި ޑެމޯ ދައްކާ ހިސާބުން.
ލަވްލީ
20 January 2019
އުގެއިލުގެ އެއްމެ މާތް ސިފަޔަކީ ދީނަށް ކުރާ އިހްތިރާމާއި ލޯބި.
ސޫޖީ
20 January 2019
ދެން ކީއްވެ ތުނބުޅިބާލާފަ އެހުންނަނީ؟
ލަވްލީ
20 January 2019
އިބްރާމެން ރާއްޖޭގައި ތިބޭއިރުވެސް ފީކަޅާވާހަކަ ދައްކަނީ. ފަރަންޖީންގެ ތެރެއަށް ބޮޑުވެ އެހާ މައްޗަށް ދެވުނުއިރުވެސް ދުވަހަކުވެސް ދީނާއި ގައުމަށް ބަދުބަހެއް ނެތް ބުނެފައެއް. ތުނބުޅި އަކީ އިސްލާމެއްކަން ކަނޑައަޅާ އެއްޗެއްނޫން. އެއީ ސުއްނަތެއް. ވަރަށް ގިނަ އިސްލާމުން ތިބޭ ތުނބުޅިނެތިވެސް. އަދި ތުނބުޅިލީ ކާފަރުންވެސް ތިބޭ.
ދިވެހިބަސް
20 January 2019
ދިވެހިބަހުގައި މިހާރު މި ބޭނުންކުރާ ތާކުންތާކު ނުޖެހޭ އިބާރާތްތަކާއި ކުށް ބަސްތައް ނުހުންނާނެ ގޮތަށް ޖަވާބުތައް ލިބޭނެ ކަމަށް އުންމީދުކުރަން.
ދިސްވޭއޭ
20 January 2019
ދުނިޔޭގައި ފުރަތަަމަ އިންސާނުން އުޅުނުއިރު ބޭނުންކުރީ އެއް ލެންގުއޭޖެއް އޭގެ ސަބަބުން ޖެހުނު މައްސަލަ އަކީ މުޅި ދުނިޔެ އަށް އިންސާނުން ފެތުރިގެން އުޅުމުގެ ބަދަލުގައި އެއް ތަނެއްގައި ދިރިއުޅެން ފެށީ ނަތީޖާ އެއްގެ ގޮތުން އިންސާނުން ގެ ތެރޭން އެއް ސަހަރުން އަނެއް ސަހަރަށް ބަދަލުވާ މީހުންގެ ބަސް ތަފާތުވެ ތަފާތު ލެންގުއޭޖް އިން ވާހަކަ ދައްކާ ގޮތް ކްރިއޭޓް ކުރެއްވީ އެއީ ވެސް އިންސާނާގެ ސިކުނޑީގެ ކުޅަދާނަ ކަމުން އިންސާނާ އަށް އުޅެވޭނެ ކަން ޔަގީންވާތީވެ
އަލްމަދު
20 January 2019
ކޮން ހާސަރުގަނޑެއްމީ. ބުހުތާނު އަނގަތަޅަނީ ތި
އަމީންއަ
20 January 2019
ރައްޔިތުންނަށް ޑެއިލީ ލައިފްގައި ފައިދާކުރާނެ ކަންކަން ހުންނާނެކަމަށް އުންމީދު ކުރަން، ކޮލޮބްރޭރިވްކޮން މުޅި ރާއްޖޭގެ ހުރިހާ ވުޒާރާތަކުގެ ހިދުމަތް އެއް ވިއުގާއަކުން އެކްސަސްވެ ޕެމަންޓް ގެ އިތުރުން ހިދުމަތްތައް ތަނަވަސްވުން ވަރަަށް މުހިންމު، މީ ވަރަަށް ވާހަކަ، ބިދޭސީން ގެ މައްސަލަ ހައްލުކުރުން ވެސް ވަރަށް މުހިންމު
އަމްމު33
20 January 2019
މިކަން ކުރަން އުގެއިލްގެ ފައުންޑޭޝަަނާ ގުޅިގެން ކުރުން އެއީ މި ރާއްޖެޔަށް ރިސޯސްގެ ގޮތުން ހުރި އެންމެ ރަގަޅު ގޮތްތޯ ނުވަތަ އިންޑިޔާ ކަހަލަ ގައުމެއްގެ ބޮޑު ގްރޫޕަކާ ގުޅިގެން ހިއުމަން ރިސޯސް އަދި އިލްމީގޮތުންވެސް އެކަމަށް ހާއްސަބަޔަކާ ގުޅިގެން މިކަން ކުރުންތޯ މުހިންމީ ހިތަށްއަރާ! މިދަންނަވަނީ އުގެއިލްގެ ބޭނުމެއްނެއް ވާހަކައެއްނޫން. ނުވަތަ ފެންވަރެއް ނެއް ވާހަކަ އެއްވެސް ނޫން. އުގެއިލްގެ ފައުންޑޭޝަން މި ފެންނަނީ ހަމަ އެންމެ މީހެއްގެ ސިފައިގަވީމަ.
އުންމު
20 January 2019
އިންޑިއާގެ ފައުންޑޭޝަނަކުން ހަދައިފިއްޔާ، ދިވެހިން އެއެއްޗެއް ފަރުމާކުރުމުގެ ކުރިން، ދިވެހިންގެ ވިސްނުން ބޭނުންކޮށްގެން، އެއަށްވުރެ މޮޅު އެއްޗެއް އިންޑިއާ ނަމުގައި ހަދައި، ވިއްކަން ފެށުން ގާތް. ވިޔަފާރީގައި މަކަރުހަދާވަރުން މިހެން މި ބުނެވުނީ.
އަލީމްބެ
20 January 2019
ކަލޭމެންނަކައް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް، ހޭލައިގެން ކޮމެންޓްކުރުން ނޫނީ
އަޒްޚާން
19 January 2019
އެއައި ކިޔަވާދިނުމުގެ ކުރީން މާލޭގެ ތޮއްޖެހުންހައްލު ކުރާނެ ޕުރެކްޓިކަލް ގޮތެއް ހީދައިދޭންވީނުން.. އަދި މަލޭގެ މަގުތަކުގައި ފެންބޮޑުވުން ހުއްޓުވާނެ ގޮތަކާއި ޓުރެފިކު އެކްސިޑެންޑުތައް މަދު ކުރާނެ ގޮތެއް ހޯދަން އުޅުނިއްޔާ މާރަނގަޅެއްނުން.. ދެން ހަމަ ޖައްވައް ދިއުމާއީ އޭއައި އާއި ހިއުމަން ކުލޯނިން ކަންކަނަ ފަހުންވެސް ކުރެވިދާނެ ނުން.. އަދި ނިއުކުލިއާ ހަކަތަ އުފެއްދުންވެސް އޮތީ ނޫންތޯކުރިއައް.
އޭއައި
20 January 2019
ތިޔަ ހުރިހާކަމެއްހެ ހައްލަކީވެސް އޭއައި.