އިމިގްރޭޝަނުން ހިދުމަތެއް ދެނީ: މިއަދުން ފެށިގެން އީމެއިލްކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ވަނީ ފަށާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ޖެނުއަރީ 2019 - 10:47
އީމެއިލް މެދުވެރިކޮށް، ޕާސްޕޯޓަށް އެދުމުގެ ފުރުސަތު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާއިން ބުނީ [email protected] އަށް އީމެއިލް ކޮށްގެން މިއަދުން ފެށިގެން ޕާސްޕޯޓަށް އެދެވޭނެ ކަމަށެވެ. ނަމަވެސް ގެއްލިފައިވާ ޕާސްޕޯޓާއި ހަލާކުވެފައިވާ ޕާސްޕޯޓު އަދި ސެކަންޑް ޖެނެރޭޝަން ޕާސްޕޯޓުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވުމަށް އަށް މަހަށްވުރެ ދިގު މުއްދަތެއް އޮތް ނަމަ އީމެއިލް މެދުވެރިކޮށް ހުށައެއް ނޭޅޭނެ އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑު ކޮޕީ އާއި ރެވެނިއު ސްޓޭމްޕާއި އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓު އަދި ޕާސްޕޯޓު ސައިޒު ފޮޓޯ ކުލަކޮށް ސްކޭންކުރުމަށްފަހު ފޮނުވަން ޖެހޭނީ ޖޭޕީއީޖީ ފޯމެޓުގައި ކަމަށެވެ. އަދި ފޮޓޯގެ ސޮފްޓު ކޮޕީ އެޓޭޗުކުރުމާއި އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަންބަރު ޖަހަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް ވިދާޅުވީ އީމެއިލުން ޕާސްޕޯޓަށް އެދޭއިރު، ސްޓޭމްޕް ހުށަހެޅުމަށް ދެ ގޮތެއް އެބައޮތް ކަމަށެވެ. އެއީ ސްކޭން ކޮށްލާފައި ސްޓޭމްޕް ވެސް މެއިލްކުރުމާއި ޕާސްޕޯޓަށް ފައިސާދައްކަން އަންނައިރު ސްޓޭމްޕް ގެނައުމެވެ.
"ހުރިހާ އެންމެންނަށް ވެސް ފަސޭހައިން ޕާސްޕޯޓަށް އެދެވޭނެ ގޮތެއް ހެދުމަށް އީމެއިލް ހިދުމަތް ތައާރަފުކުރީ،" ހަލީލް ވިދާޅުވި އެވެ.
ސްކޫލު ބަންދު ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް 300 ވަރަކަށް ޕާސްޕޯޓު ދޫކުރެ އެވެ. އެހެން ނޫނީ ކޮންމެ ދުވަހަކު ދޫކުރަނީ 50-70 އާ ދެމެދު އަދަދެއްގެ ޕާސްޕޯޓު ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜެހެންދީ ހަދީ
27 January 2019
ތިޔައީ ހިދުމަތެއްތަށް، އަދިވެސް އޮޅުވާލައިގެން ތިތަނުގައި ކައިރިކޮށް ތިއުޅެނީ ގޯސް ހެދިމީހުން، އެހެންވެ ކަމަކަށް ނުވާ ކަންކަން ކުރަނީ ދެެއްކެންވެގެން
ދަލޭކަ
27 January 2019
އޮންލައިންކޮށް ފޯމްހުށައަޅާފައި ފައިސާދައްކަން ދާންޖެހުން ބޮޑުކަމެއް. އިމިގްރޭޝަނުން ފައިސާގައި ނުހޭކިއުޅެން ދަސްކުރަންޖެހޭ.
ނަސީދު
27 January 2019
ފައިސާދައްކަން ކޮންމެހެން ދާންޖެހޭތޯ؟ އެވެސް އޮންލައިންކުރީމަ ފަސޭހަވާނެ ރެވެނިއުފައިސާއާއެކު އެކައުންޓުން ކަނޑާލީމަ ނިމުނީނު.
ބަނަސް
27 January 2019
ހާދަވާ ތަހުޒީބޭ މިސަރުކާރު. މަދެން ބޭނުންވަނީ ރަށުގަ ހުރެގެން އީމެއިލް އިން ޑޮކްޓަރަށް ދައްކާލަން.
އާމިރާ
27 January 2019
ކީއްތަވީ އައިޑީ ކާޑް ތިހެން ހެދޭގޮތް ވެއްޖެޔާ؟
ދެނޯ
27 January 2019
އީމެއިލުން ރެވެނިއު ސްޓޭމްޕް ފޮނުވާނީވެސް ހަމަ ސްކޭންކޮށްފައި. ދެނޯ؟
ށަވިޔަނި
27 January 2019
ފޯމު ޕްރިންޓްކޮށް، ގަލަމުން ފުރާފައި އަލުން ސްކޭންކޮށްގެން ފޮނުވުން ނޫން ޙައްލެއް ނެތީތޯ.. ހަމަ ގައިމުވެސް ކަރުދާސް ހަރަދު ކުޑައެއް ނުވޭ. ބައިވަރު ތަކެތި ސްކޭން ކުރަން އެބަޖެހޭ.. މީގެ ބަދަލުގައި އޮންލައިން ޕޯޓަލްއަކުން ފޯމު ފުރައިގެން ޕާސްޕޯޓު ހެއްދުމުގެ ޕްރޮސެސް ޑިޖިޓަލައިޒް ކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރެވޭ..
ދާގީނާ
27 January 2019
އަސްލުވެސް މީ ކީއްކުރާ ރެވެނިއު ސްޓޭމްޕެއްތަ މިހާރު؟!! އޭގެ ބަދަލުގައި ހަމަ އެއަށްވާ ފައިސާ ދައްކާށޭ ބުނީމަ ނިމުނީނު! ތަތެކި ބޭރަށް ޕޯސްޓްކުރާއިރި އޭގެ ބޭނުން އެހިފާގޮތެއް ނޭނގޭ، އެކަމަކު އެތެރޭގައި ސްޓޭމްޕް ބޭނުންކުރުމުގެ އެއްވެސް މާނައެއް އަހަންނަކަށް ނުވިސްނޭ!
ނޫރު
27 January 2019
ކަން ކަން ތަޢާރަފް ކުރުމަކީ ވެސް ރަނގަޅު ކަމެއް . އެކަމަކު އިމިގްރޭޝަންގައި ޖަވާބުދޭ އެއްވެސް ފޯނު ނަންބަރެއް ނެތުމަކީވާ ހާދަ އުނދަގޫ ކަމެކޭ .. ރަައީސް އޮފިހަށް މިކަމާ ވެސް ދާންވެފަ މި އިންނަނީ،
ވަކަރު
27 January 2019
އުސޫލު ކިޔާލި އިރު ބައެއ ްތަންތާގައި ޕާސްޕޯރޓް ހުސް ރާ އަކާއެކު އަނެއް ބައި ތަންތާގައި ޕާސްޕޯޓް ހުސް ރާ އެއް ނެތި…. ރާއްޖޭގައި މިހާރު ގެ އާންމު އުސޫލަކީ، ހުސް ރާ ނެތި ޕާސްޕޯޓް ލިޔަމުން ދިއުމެވެ. މި ގޮތަށް އަމަލު ކޮސްފައިވާނަމަ ވަރަށް ރަގަޅު ވީހެވެ.
ނަން
27 January 2019
ރަނގަޅު ގޮތަކީ ޕާސްޕޯޓު
ޕޮލް
27 January 2019
ރަނގަޅު ގޮތަކީ މަސްޕަތޫ.