ދ. ކުޑަހުވަދޫގައި މި މަހު ބޭއްވި ޓޯކުޝޯގައި އުގެއިލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ދ. އަތޮޅު ކައުންސިލް
29 ޖެނުއަރީ 2019 - 12:33
ރާއްޖޭގައި އިޖުތިމާއީ މަސައްކަތްތައް ކުރުމަށް ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލް ފައުންޑޭޝަނެއް އުފައްދަވައިފި އެވެ.
ތަފާތު ހަތަރު ދާއިރާއަކުން ދިވެހިން ކުރިއަރުވައި ތަރައްގީކުރުމުގެ މަގުސަދުގައި "އުގެއިލް ފައުންޑޭޝަން" އުފެއްދީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެއާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ފައުންޑޭޝަނުން އަންނަނީ ހަރަކާތްތައް ހިންގަމުންނެވެ.
ފައުންޑޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތައުލީމީ ދާއިރާ އާއި ސައިންސާއި ޓެކްނޮލޮޖީ އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓުގެ އިތުރުން ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް ކާމިޔާބު ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.
ދ. އަތޮޅު ކައުންސިލާއި ގުޅިގެން އުގެއިލް ފައުންޑޭޝަނުން ބޭއްވި ޓޯކުޝޯގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ދ. އަތޮޅު ކައުންސިލް
އުގެއިލް ފައުންޑޭޝަނާއި ދ. އަތޮޅު ކައުންސިލް ގުޅިގެން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެ އަތޮޅު ކުޑަހުވަދޫގައި ވަނީ ޓޯކް ޝޯއެއް ބާއްވައިފަ އެވެ. އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ޝޯގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު ދަރިން ތަރުބިއްޔަތުކުރުމާއި ދުޅަހެޔޮ ސިއްހަތާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ކްރިޓިކަލް ތިންކިން ފަދަ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އޭގެ އިތުރުން އަންނަ އޭޕްރީލް މަހު އުގެއިލް ރާއްޖެ ވަޑައިގެން ފ. އަތޮޅާއި ގދ. އަތޮޅުގައި ވެސް ބޮޑު ޓޯކުޝޯއެއް ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވި އެވެ. އަދި އަންނަ އޮގަސްޓުމަހުގެ ފަހުކޮޅު އއ. އުކުޅަހުގައި ކޮމްޕިއުޓާ ސައިންސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ބޮޑު ކޮންފަރެންސެއް ބޭއްވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ބައެއް ޕްރޮގްރާމްތައް ހިންގުމުގައި ބޭރުގެ ތަޖުރިބާކާރުން ގެންނާނެ އެވެ. އަދި ފައުންޑޭޝަންގެ މެމްބަރަކަށް ވުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަން ފާހަގަކުރެއްވި އެވެ.
ޕްރޮފެސަރު އުގެއިލް: އިޖުތިމާއީ މަސައްކަތްތަކަށް ފައުންޑޭޝަނެއް ވަނީ އުފައްދާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ފައުންޑޭޝަންގެ މެމްބަރަކަށް ވެވޭނީ ކުދި ޕްރޮޖެކްޓުތަކާއެކު ތިން މަހުގެ އެސެސްމަންޓެއް ހެދުމަށްފަހު. ބޭނުމަކީ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މީހުން ހޯދުން. ރާއްޖޭގެ އެންމެ ހިންގުންތެރި ފައުންޑޭޝަނަށް ވުމަކީ އަޅުގަނޑުމެންގެ އުއްމީދު،" އޮފިޝަލް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާއަށް ކުރާ ހިދުމަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ސައިންސް ލެބުތައް ގާއިމްކުރުމުގެ މަސައްކަތް ވެސް އުގެއިލް ފައުންޑޭޝަނުން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން އިލްމީ ދިރާސާތައް ހަދައި ލިޔުންތައް ޝާއިއުކުރުމަކީ ވެސް ފައުންޑޭޝަންގެ އެއް މަސައްކަތެވެ. ވެބްސައިޓު ލޯންޗުކުރުމާއެކު އެ ލިޔުންތައް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވި ނަމަވެސް އުގެއިލްގެ އެހީތެރިކަން ރާއްޖެއަށް އަބަދު ވެސް ލިބެ އެވެ. އޭނާ އަންނަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނަށް ވެސް އެހީތެރިކަން ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރާބަރު
29 January 2019
ކުޑަހުވަދުވަށް ކުރެއްވި ދަތުރުފުޅުގައި ބައްދަލުވި. ޥަރަށް އުފާވި. ވާހަކަދައްކާލީމަ އެނގުނު ތޫނުފިލި އެހާމެ ހިތްތިރި މަޑުމައިތިރި ބޭފުލެއްކަން.
ޢައިޝާ މުދައްރިސް
29 January 2019
ކުޑަހުވަދޫގަ، ބޭއްވި ޓޯކް ޝޯ އަކީ ވަރަށް ފައިދާ ހުރި ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދިޔަ ޝޯއެއްކަން ފާހަގަ ކުރަން. ޢަދި ދަރިވަރުންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ލިބިގެންދިޔަ. މުދައްރިސުންނަށް ވަރަށް ބޭނުންތެރި އިލްމީ މައުލޫމާތުތަކެއް ލިބުނު. ޢުގައިލުއަކީ ވަރަށް ހިތްތިރި ، ހިންހެޔޮ މީހެއްކަން ފާހަގަވި. ޢެއްވެސް ފޮނި، ބޮޑާކަމެއް ނުފެނޭ.
ގެދާނޯމޮސް
29 January 2019
ދިވެހި ކޮންމެ ދަރިޔަކީވެސް މި އޭޝިޔާގައި އުޤައިލްފަދަ މޮޅުހިޚުމަތް ތެރި ދަރިއެކެވެ. ނަމަވެސް ނުލިބިވާ އެއްސިފަޔަކީ ވަގުތު އޭގެބޭނުން ހިފަންދަސްނުވުމެވެ. ބައެއްއާއިލާތަކުން ކަމެއްނޭންގި ބޯގޮވާހިސާބަށް ދާއިރު ގޫގުލްއިން ނުވަތަ ޔޫޓިބުން ނޭންގޭނެ އެއްވެސް ކަމެއް މަސަތްކަތެއް މިދުނިޔޭގައި ނުވެއެވެ. އިންސާނާގެ ދޫ އޭގެއެންމެ ބޭނުންތެރި ގޮތުގައި ހިފާނަމަ އެމީހަކީވެސް ސައިންސް ވެރިއެކެވެ. އެކަން ވެވޭނީ ހަށިގަނޑުގެ ބާރަައްވުރެން ދުލުގެ ބާރުގަދަ ވީމާއެވެ.
އެކަނިވެރިމަންމަ
29 January 2019
ޚުރީދިވަހު ވީޓީވީން ގެނެސަދެއްވި މޮލުކުއްޖަކަށް ވާނީ ކިހިނެްކަން ކިޔާދެއްވި ގޮތް ވަރަށް ފުރިހަމަ.
ފާލުރަނަގަޅު
29 January 2019
ޥަރަށް ރަނގަޅު ފާލެއް. ޝުކުރިއްޔާ ޕުރޮފެސަރު.
ސަމީނަ
29 January 2019
ވަރަށް ހިތްތިރި ބޭފުލެއް. މަށާވެސް ދެތިންފަހަރު ބައްދަލުވި.
ރަނަގަ
29 January 2019
ޥަރަށް ރަނގަޅު. މީދިވެހި ދަރިންނަކީ.
ނުހުޅުވޭ ވިސްނުން
29 January 2019
މީހުން ގަދަކަމުން ތިތަނަށް ގެންގޮސްފައި އެތިބީ ނަންނޯޓު ކުރާ އުސޫލުން. އަމިއްލަ މިނިވަން ކަމެއް ނެތް މިކަހަލަ މީހުން ދައްކާ ވާހަކަ ގަދަކަމުންވެސް އަޑު އަހުވާފަ މި ތިބެނީ. މިއީތޯ ހުޅުވިފައި ހުރި ވިސްނުމަކީ!!؟؟؟ ބޭނުމެއް ނޫނޭ އިނގޭތޯ!
ވިސްނާވިސްނަ
29 January 2019
ދުވަހަކުވެސް ޕުރޮފެސަރުގެ ބައްދަލުވުމަކަށް ދިޔައިންތަ؟ ޙިތާހިތުން މީހުން އެތަނަށް ދަނީ.
އަލިބެއްޔާ
29 January 2019
ނަން ވަރަށް ގުޅޭ
މާލި ބޮޑު
29 January 2019
މަށަށް މިއިން ވަރަށް ނުބައިވަހެއް އެބަ ދުވާ!
ތަހުލީލު
29 January 2019
ވެރިކަމަށް އައުމުގެ ބޭނުމުގަ.
މަްތު
29 January 2019
ކޮބާ މަައްސަލައަކީ؟ އޭނާ ރާއްޖެތެރެވީމާ އޭނާ އެކަމަށް ކުފޫހަމަނުވަނީ ތޯއްޗެއް.