ހަތަރު އަންހެނުންގެ ފަލި ޖެހުމުގެ ހަރަކާތް ފެށީ މިދިޔަ ހަފްތާގެ ބުދަ ދުވަހު
23 ފެބުރުއަރީ 2019 - 13:22
ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި ނާޒުކު ތިމާވެށި ޕްރޮމޯޓް ކުރުމަށްޓަކައި "ސްޓޭންޑް އަފް ފޯ ސީ"ގެ ނަމުގައި ހަތަރު އަންހެނަކު ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިންގައި 100 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފަލި ޖަހާފައި ބ. އަތޮޅުގެ ބޮޑު ސަރަހައްދެއްގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު މި ހަރަކާތުގައި ބައިވެރިވަނީ ތިމާވެށީގެ ހަަތަރު އެކްޓިވިސްޓުން ކަމަށްވާ ޑރ. ކްލެއާ ޕެޓްރޯސް އާއި ޑރ. ކަލް މޭޖާ އާއި ދަފީނާ ހަސަން އިބްރާހިމާއި ޝަޒިއްޔާ ސައީދެވެ.
ކޮކޯ ކަލެކްޝަންގެ އެހީތެރިކަމާ އެކު ފަށާފައިވާ މި ދަތުރުގައި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވާ މިންވަރާއި މޫސުމަށް އަންނަ ބަދަލުތަކާއި މަނާ ކޮށްފައިވާ މަސްވެރިކަންތަކުގެ އިތުރުން ނާޒުކު ތިމާވެއްޓާއި ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް: މިއީ މިފަދަ ހަރަކާތެއް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ކެމްޕެއިނެއް ކުރިއަށްގެންދާ އިރު ފަލި ޖަހައިގެން ދަތުރު ކުރާ މި ހަރަކާތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
ދަފީނާ ހަސަން އިބްރާހިމަކީ ގްލޯފިޓްގެ ޕާސަނަލް ޓްރެއިނަރެކެވެ. އޭނާ އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ޕްލާސްޓިކް ޕޮލިއުޝަނާ ދެކޮޅަށް މަސައްކަތް ކުރާ އަންހެނެކެވެ.
ހޮބީއެއްގެ ގޮތުގައި ބޮޑީ ބޯޑިން ހަރަކާތްތަކުގައި އުޅޭ އިރު އޭނާއަކީ "ރާޅު އެދުރު ރާއްޖެ ޓުއާ"ގެ ކޯ ފައުންޑަރެވެ. މިއީ ރާއްޖޭގައި ޒުވާން ސާފަރުން އުފެއްދުމަށްޓަކައި އުފައްދާފައިވާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން އަންނަނީ ސާފު ކުރުމުގެ ތެރެއިން ތިމާވެއްޓަކާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ކުޑަކުދިން ހޭލުންތެރި ކުރަމުންނެވެ.
ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ޝަޒިއްޔާ އަކީ ޑައިވް އިންސްޓްރަކްޓަރެކެވެ. އޭނާ ވަނީ 2002 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގެ އެކި ރިސޯޓުތަކުގައި މަސައްކަތް ކޮށްފަ އެވެ.
އޭނާ އަކީ ފަރުކެޔޮ ޕްރޮގްރާމުގައި ވެސް ބައިވެރިވެފައިވާ މީހެކެވެ.
އިނގިރޭސިވިލާތަށް އުފަން ކްލެއާ ޕެޓްރޯސް އަކީ ބައޮލޮޖިސްޓެއްގެ އިތުރުން ވެޓްރިނޭރިއަން އެކެވެ. އޮކްސްފޯޑް ޔުނިވާސިޓީން މަތީ ތައުލީމު ހާސިލް ކުރިއިރު މުކަރަ ހުދުވުމާއި ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން އޭނާ ވަނީ ތަފާތު ރިސާޗުތައް ވެސް ކޮށްފަ އެވެ.
ޖަނަވާރުތަކަށް ފަރުވާ ދިނުމާ ގުޅޭ ގޮތުން ބިސްޓަލް ޔުނިވާސިޓީން ތައުލީމު ހާސިލު ކުރި އިރު އޭނާ ވަނީ ވެލާ ފަދަ ތަކެތި ސަލާމަތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. އެގޮތުން އޭނާ ވަނީ ކެރީބިއަން ސީ ޓާޓަލް ކޮންސަވޭޝަން ނެޓްވޯކުގައި ވެސް ބައިވެރިވެފަ އެވެ.
ކްލެއާ ވަނީ 2016 ވަނަ އަހަރު އޮލީވް ރިޑްލީ ޕްރޮޖެކްޓްގައި ބައިވެރިވެ ރާއްޖޭގެ މެރިން ޓާޓަލް ރެސްކިއު ސެންޓަރާ ގުޅެފަ އެވެ. މިއީ ރާއްޖޭގައި އުފެދުނު މިފަދަ ފުރަތަމަ ރެސްކިއު ކްލިނިކެވެ. ވެލައަށް ފަރުވާ ދިނުމާއި ވެލާ ރެސްކިއު ކުރުމުގެ އިތުރުން އެ ތަކެތި ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އޭނާ ކޮށްފައިވެ އެވެ.
ކޭލް މޭޖާ އަކީ "ޕެޑުލް އެގެއިސްޓް ޕްލާސްޓިކް" ޖަމިއްޔާގެ ފައުންޑާ އެވެ. މި ޖަމިއްޔާ 2016 ވަނަ އަހަރު އުފެދުނު އިރު އެ ޖަމިއްޔާ ކުރިއަށްގެންދާ ހަރަކާތްތަކާ އެކު ޕްލާސްޓިކް ޕޮލިއުޝަނާ މެދު ދުނިޔޭގެ ސަމާލުކަން އިތުރުވެގެން ދިޔަ އެވެ.
އޭނާ އިސްވެ ހުރެ ކުރާ މިފަދަ ދަތުރުތަކުގައި ދުނިޔޭގެ ރެކޯޑްތައް ވަނީ ހާސިލުކޮށްފަ އެވެ. އެގޮތުން ބްރިޓަންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ފަލި ޖަހައިގެން ދަތުރުކޮށްފައިވެ އެވެ. އެގޮތުން 59 ދުވަހުގެ ތެރޭގައި 1000 މޭލުގެ ސަރަހައްދެއްގައި މޫދުގެ ސަރަހައްދުން ޕްލާސްޓިކް ހޮވަމުން ދަތުރު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބުކިނބޫ
24 February 2019
ޕަބްލިސިޓީ ސްޓަންޓެއް، ތިޔަކުން ތިމާވެއްޓަށް ވާނެ އެއްވެސް ފައިދާއެއްނެތް، ވިއްޔާ ވާނީ ގެއްލުން
މުހައްމަދު އަހްމަދު
24 February 2019
ނޫސްތަކުން ޖާގަ ހޯދަން ފޮނި ދައްކަމުން ދަނީ މަކަރުވެރި ރައީސް އިބޫ
ޭޭއިންޑި
23 February 2019
ފެތުން ތެރިންކަން އިނގޭ. ޢެކަމަކުވެސް ހެޔޮނުވާނެ ލައިފް ޖެކެޓް އަޅައިގެން ތިކަން ކޮށްބަލަ
ފިއުޗާ
23 February 2019
ރާއްޖެތެރޭގެ ރައްޔިތުން މާލެއަށް ހިޖުރަކުރަން މަޖުބޫރުވާގޮތަށް ސިޔާސަތު ރާވާ، ގައުމަށް ލިބޭހާ ފައިސާ މާލެއަށް ތަޅާ ހުސްކޮށް. ރާއްޖެތެރޭ ރައްޔިތުންނަށް ލިބޭހާ އާމްދަނީ މާލޭ ކުއްޔަށް ބަދަލުވާގޮތަށް ކަންކަން އިންތިޒާމުކޮށް، މާލެއަށް ތޮއްޖައްސާ، ރައްޔިތުން ޑިޕްރެޝަނަށް ވެއްޓި، ނަފުސާނީ ބަލިމަޑުކަމާއި ވަނީ ކުރިމަތިވެފައެވެ. ދިރިއުޅެން ބޭނުންވާނެ ގޯތި ދިނުންވެސް ވަނީ ހުއްޓުވާލާފައެވެ. އުންމީދަކީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ދުވެހެކެވެ.
ދެބޯގެރި
24 February 2019
300 ސަތޭކަ މީހުން ހަމަ ނުވާ ކުދި ރަށްތަށް ރަނުން ޖަރީކުރިއަސް މީހުނެއް ނުތިބޭނެ.
ބަތްކައްކާ
23 February 2019
މުއްސަނދިން. އަހަރުމެން ހެބޯނާރާ ޖެހެނީ މަސައްކަތް ކުރަން. ނޫނީ ކުދިން ތިބޭނީ ބަނޑަށް މަގުމަތީގައި
އަނާ
24 February 2019
ތެދެއް! މާލޭގައި ބޮޑެތި ގެ އޮވޭ..
ނުޒްލާ
24 February 2019
މާލޭގެ ގެ އޮވޭ. ދަރިން ބަލަން މީހުން ތިބޭ. ފިރިމީހާ އަދި އަމިއްލަގެއިން ކުލި ލިބޭ. ދެން ކޮންކަމަކާ ހާސްވާންވީ؟ މުޅި ރާއްޖޭގެ ތިޔަ ބޯޑެއް ދުއްވަންވީނު،
ޑަކުޓަރު
23 February 2019
އަހަރެން މި އައީ އަތިރިޔަށް ގޮއްސާ ހޭޅިފަށަށް، ތިމާވެށްޓަށްޓަކާ.
އެވަޔަރަންނަމާރި
23 February 2019
މީހުންގަނޑު ހޭބަލިވަނީ ހަމަ. ކޮންމެ ކަމެއް ކޮށްލާފަވެސް ބުނަންވީ ތިމާވެށްޓާމެދު ހޭލުންތެރި ކުރުވާށޭ. ފައްޔެއް ޖެހިއްޔާ ވަކި ކިއެއްތަ؟ ދިވެހިން އުޅުނީ ފިލާގަނޑުމަތީ ފަލިޖަހާފައިތަ؟ މަށަކަށް ނުވިސްނޭ މިކުރާކަމެއް. ކިޔާލަދީބަލަ، އަހަރެންވެސް ބައިވެރިވެލަން.
ކއވ344
23 February 2019
ކޮބާ ލައިފްޖެކެޓް؟ ހިތާމަވެރިކަމެއް ދިމާވާނީ ބުނެފަކަނޫން..
ތުއްތުނާ
23 February 2019
މި ބޯޑު ވެސް މިއީ އޭގެ ޒާތުގައި ލައިފް ޖެކެޓް އެއް......... ފޮޓޯއިން އެފެންނަނީ މީހާގެ ފައިގައި ބޯޑު ނުދާނެހެން ވާގަނޑެއް ފައިގައި ހަރުކޮށްފައި އެހެރީ...... އަދި މިދަތުރުގައި ލައިފް ގާޑުން ވެސް ތިބޭނެ ކަން ޔަޤީން.........
ނީރަން
23 February 2019
އެނބުރުން އަރައިގެން ވެއްޓުނަސް ވާގަނޑު ޖެހީމަ ވާގަނޑުގެ އިސްކޮޅަށް ދާނީ އަޑިއަށް..ލައިފްޖެކެޓް އެޅީމަ އޮންނާނެ އަޑީގަ. މިފަދަ ކަމަކަށް ރަނގަޅު މެސެޖެއް ދިނުމުގެ ގޮތުން ލައިފް ޖެކެޓެއް އެޅުން މުހިއްމު.
ތުއްތުނާ
23 February 2019
ތިމާވެށި ހިމާޔަތް ކުރުމުގެ ކުރިން އައުރަ ނިވާކުރުން ރަނގަޅު...........
ނާތުއްތު
24 February 2019
ވަރަށް ބޮޑު ތެދެއް......
ނަސީމް
23 February 2019
ތިޔައީ ނޫސްތަކުން ޖާގަ ހޯދައި މަޝްހޫރު ވާންވެގެން ޖަހާ ސަކަރާތެއް
ބަޓް
24 February 2019
ސޯ ޓުރޫ،