ހިތަދޫ ފްލެޓްތައް ބައްލަވާލެއްވުމަށް މިނިސްޓަރު މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން.
24 އެޕްރީލް 2019 - 20:21
އައްޑޫގައި އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ފަސް އަހަރުގެ ތެރޭގެ މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ 20،000 ހައުސިން ޔުނިޓްގެ ތެރެއިން 5،000 ހައުސިން ޔުނިޓް އެޅުމަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ސޮއި ކުރުމަށް ފްރޭމް އެގްރިމަންޓުގައި އިއްޔެ ސޮއި ވެސް ކޮށްފައި ކަމަށެވެ.
އަދި އޭގެ އޭގެ ތެރެއިން 1،500 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައި ވަނީ އައްޑޫގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ޔުނިޓްތައް އަޅާނެ ތަންތަނާއި އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރަހައްދީ ތަރައްގީ އަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އަދި އެކަމަށްޓަކައި 5.3 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ހިންގަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
Minister of Housing & Urban Development Aminath Athifa miadhu Addu City ah vadaigenfi. Minister ge mi dhathurufulhaky Addu gai gaaimukohfaivaa housing unit ge kankan ballavaalevumah kurahvaa dhathurufulheh pic.twitter.com/wWAxH2A2Cl
— Addu City Council (@AdduCityCouncil) April 24, 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އައްޑޫގައި ހައުސިން މަޝްރޫއުތަކެއް ހިންގި އެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގައި ފޭދޫގައި 25 ޔުނިޓް އަޅައި އެތަންތަނުގައި މީހުން މިހާރު އަންނަނީ ދިރި އުޅުމުންނެވެ.
އެކަމަކު ޔާމީނުގެ ސަރުކާރުން ހިތަދޫގައި އިމާރާތް ކުރި 264 ފްލެޓާ ހުޅުމީދޫގައި އިމާރާތް ކުރި 48 ފްލެޓްގެ މަސައްކަތް ނިމިފައި ހުންނަތާ ހަތަރު އަހަރެއްހާ ދުވަސްވީ އިރު، އެތަންތަން އަދި ހުރީ ދިރިއުޅެން ދޫނުކުރެވި އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ހިތަދު އާއި ހުޅުމީދޫގެ ފްލެޓްތައް ދޫނުކުރެވި ލަސްވަނީ އެ ތަންތަނަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ކުރާ މަސައްކަތް އަދި ނުނިމެތީ އެވެ.
އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު އާފިތާ މިއަދު ވިދާޅުވީ އެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވާ ކަމަށާއި ދެ މަހެއްހާ ދުވަސްތެރޭ މަސައްކަތް ނިންމައިލެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
ޔާމީނުގެ ސަރުކާރުން ވަނީ ފޭދޫގައި އިތުރު 100 ފްލެޓް އަޅަން ވެސް ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އަދި ކޮންޓްރެކްޓަ ފައިނޭންސް އުސޫލުގެ އެ މަޝްރޫއު ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީން 2017 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބީލަމަށް ވެސް ހުޅުވައިލި އެވެ. އެކަމަކި ފަހުން އެ މަޝްރޫއާ ބެހޭ އެއްވެސް ވާހަކައެއް ސަރުކާރުން ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީނު ސުކުން
25 April 2019
ޢައްޑުގައި ހުރި ފަޅުގޯތިތަކުގައި މީހުން އާބާދު ކުރައްވާ ފްލެޓްދޮންބެ ދެކެ ފްލެޓް ނޭޅިޔަސް ލޯބިވޭ. ޢެޖެޏްޑާ19އަށް ވޯޓުދިނީ. ތިލަފަތަށް.އަދިވެސް ދޭނަން.
ާަާަިަިަައައިށަަަަ
25 April 2019
އަފިރިން ބޭނުމައް ނުން ފުލެޓް ސާފްތާހިރު ދިރިއުޅުން ބޭނުމީ ރީތި ދިވެހިންގެ އޮރިޖިނަލް ގޮތުގައި ގަސްގަހާ ގެހި ހައްދައިގެން ސާފްވައި ލިބިގެން އަރާމް ދިރިއުޅުމުގައި އުޅެން
އައްލާ
25 April 2019
އައްޑޫގައި އަޅަންޖެހެނީ 1500 ހައުސިންގް ޔުނިޓެއްނޫން، އެތަނުގައި އަޅަންޖެހެނީ 15000 ޓޫރިސްޓް އެނދު، ބަލަ މިހާރު ދިވެހި ރަށްޔަތުންނަކީ ޓޫރިސްޓުންނޭ ފުލެޓްގެ ނަމުގައި ހައުސިންގް ޔުނިޓްތަކަކީ ގެސްޓް ހައުސް 15000 ގުނަ ކޮއްބަލަ 7000ރ 105000000ރ މަހަކަށް މީސަރުކާރުން ހިންގާ ވިޔަފާރި ރަށްޔަތުން އަޅުވެތިކުރަން ފަސޭހަކަމާއެކު ވޯޓްހޯދަން ރަށްޔަތުން ތިބޭނީ އަބަދު އަންމަތ ހުސްވެފައި ކުލަދައްކާ ދައްކާ މީކުރީގަ ހިލޭ އުޅުނު ބަޔެއް އައްޑޫގެ އެކަމަކު މިހާރުކުއް
އިބާ
25 April 2019
އިބޫ ކޮބާހޭ ފުލެޓް ހާދަ ސޮލޯއޭ ކަންތަށްދާލެއް. ސުލޯކޮށް ވޯކުކުރާ މިނިސްޓަރުން ބަލާ ބޭރުކޮށްގެން ނަމަވެސް ބާރަށް ކުރިޔަށް ގެންދޭ
މައިމާރި
25 April 2019
ބަލަ އައްޑޫގައި އަޅަންޖެހެނީ 1500 ހައުސިންގް ޔުނިޓެއްނޫން، އެތަނުގައި އަޅަންޖެހެނީ 15000 ޓޫރިސްޓް އެނދު، ސަރުކާރުން އުޅެނީ މޮޔަވެގެންތޯ؟ މިހާރުވެސް އައްޑޫގައި އަޅާފައިވާ ހައުސިންގް ޔުނިޓްތަކަށް ދާނެބަޔަކުނުވޭ އެއީ ވަޒީފާނެތީމަ، ހައުސިންގް ޔުނިޓްތަކަށް ދޭނެ ކުލި ނުލިބޭތީ، އައްޑޫގެ ބިންތަށް ހައުސިންގް ޔުނިޓް އަޅަންދެވޭ އިންޑިއާގެ މިލިޓަރީ ބޭސް ހަދަންދެވޭ އެކަމަކު ގެސްޓްހައުސް ހަދަން ނުދެވޭ
ނެފީ
25 April 2019
މާލޭ ބޭބެމެންނާއި މާލޭ ދައްތަ މެންނަށް ދަސްވެފަހުރީ އެންމެކަމެއް އެއީ ކުޑަތަންތަންކޮޅު ކުއްޔަށްދީގެން ފައިސާހޯދުން. މަހަށް ދުއްވާ އޮޑިއެއް ހަވާލުކުރިޔަށް އެބޭފުން ބަލާނީ އޮޑީގެ ފަލްކާތަކުގައި ފާޓިޝަން ޖަހައިގެން ބައިބައި ކުއްޔަށް ދެވޭތޯ. އިނގިރޭސިން ފޭބުމުން އަޅާފަހުރިގެތައް ތަޅާލާ ދެންހުރި ގެތަކުގައި މީހުންނަށް އުޅުނަ ނުދީ ވީރާނާކުރަން ހިފަހައްޓައިގެންތިބެ ހުރި ހޮސްީޓަލާއި ދެންހުރި ތަންތަން ޜައްޔިތުން ކުރިމަތީގައި ލޫޓްވީ
ޑައިޕަރ
25 April 2019
ރަށްރަށު ކުދިންނަށް އިނގޭނީ މާލޭމީހުން ހަދާފަހުންނަ ކުދިގޮޅީގަ ތާށިވެ ކުއްޖާގެ މުސްތަގުބަލު ހަލާކުކުރަން......
ފުރުތަމަ
25 April 2019
ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް، ރަނގަޅު ސްކޫލެއް، ހުރިހާ މިނިސްޓްރީއަކާ އަދި މިނިވަން މުއައްސަސާތަކުގެ ހިދުމަތް ލިބޭނެފަދަ އިމާރާތެއް އެޅުން މާ މުހިންމުދޯ؟ ހައުސިން ޔުނިޓު އެޅުމުގެ ކުރިން މިކަންކުރަން ފެނޭ...
އަރޫ
25 April 2019
ވަރަށް ތާއީދު
މަނަދޫ ގާދިރު
25 April 2019
ކީކުރަންތޯ އައްޑޫގަ ފުލެޓް އަޅަނީ..އައްޑޫ މީހުން މިތިބީ މާލެ ވިލިގިލި ހުޅުމާލޭގަ ގެދޮރު ވެރި ވަޒަން ވެރިން ނައްވެފަ.. ކަމަނާ މެން ހައުސިން ޔުނިޓް 1500 އަކަފޫޓް ބިމުގަ 3 ރޫމް ފާހާނާ އެކު އުތުރުގެ ރައްތަކުގަ އަޅާބަލަ. މަނަދޫ އޭދަފުށި.ފުނަދޫ ކަހަލަ ރައްރަށުގަ ގެއަޅާފަ ކުދިރައްތަކުގެ މީހުންނައް ބޯހިޔާވަހިކަން ދީބަލަ..
ޖާޒު
25 April 2019
ކޮންޓޭނާތައް އުފުލާ ބޯޓެއްގެ ސިފަ މިގައުމުގައި ޖައްސަން ނޫޅުއްވާށެވެ. މިގައުމުގެ ރައްޔިތުންނަކީ އެއްވެސް ގޮތެއްނެއް މާ ލޯލެވެލް ދިރިއުޅުމެއް އުލެންޖެހޭ ބައެއްގެ ގޮތުގަ ދެކޭދެކުން ހުއްޓާލާށެވެ. ރައްޔިތުންނަށް ގޯތި ދޫކޮށް ގޯތި ބިނާކޮށްގެން ދިރިއުޅޭ ބަޔަކަށް ހަދާށެވެ. ރަށްތަށް އާބާދުވެގެން އަންނަންވާނީ ޤުދުރަތީ މާހައުލާއި ގުޅޭ ޔުނިކު ގޮތަކަށެވެ. ރައްޔިތުންނަށް ތާހިރު މިނިވަން ދިރިއުޅުމެއް އުޅެވޭގޮތަށެވެ. އަމިއްލަ ގެއެއްގެ އޯނާޝިޕް އޮންނަގޮތަކަށެވެ.
ދެރަކަމެއް
25 April 2019
އައްޑޫ ހުރިހާ މީހުން އުޅެނީ މާލޭގަ..... ކީއްކުރާ ފްލެޓެއް. ކުރާނެ ކަމެއްނެތީތަ!