ޚަބަރު / ޖެންޑާ މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެފި!

ނުކުޅެދުންތެރިކަން ހުންނަ މީހާ ހޮޅިދަނޑިއެއްގައި އައްސާފައި. --

ށ. ފޭދޫގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުމުރުން، 50 އަހަރުގެ މީހާ ބަނދެ، އަނިޔާކުރި މައްސަލަ ފެންމަތިވީ، ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވުމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރީ ބޮލަށް ގޯންޏެއް ލައްވައިފަ އެވެ.

ފޭދޫ ކައުންސިލަރަކު މިރޭ ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އަންހެންމީހާ ބަނދެފައި ހުއްޓައި ފެނިގެން، ވާގަނޑު މޮހާލީ، އެ މަންޒަރު ފެނުނު އެ ރަށުގެ ބައެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ، ކޮން ބަޔަކު ކުރި ކަމެއް ކަން މިހާތަނަށް އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި މީހުންނަށް އުނދަގޫކުރަމުން މުޅި ރަށު ތެރޭގައި ދަންވަރު ވެސް ހިނގާނެ. އެކަމާ ހިތްހަމަނުޖެހުނު ބައަކު ކުރި ކަމެއް ކަމަށް ބޮޑަށް ބެލެވެނީ، ކޮންމެ ބަޔަކު ކުރިއަސް އެއީ ރަނގަޅު ކަމެއް ނޫން،" ކައުންސިލަރު ވިދާޅުވި އެވެ.

މީހަކާ އިނދެގެން އުޅޭ އެ އަންހެންމީހާގެ ފަސް ދަރިން ތިބެ އެވެ. އާއިލާ މީހުންގެ ވެސް ފޭދޫގައި ދިރިއުޅެ އެވެ. އެކަމަކު އޭނާގެ އުޅުން ހުންނަ ގޮތުން، އާއިލާގެ އަޅާލުންތެރިކަމެއް މާބޮޑަކަށް ނުލިބެ އެވެ.

ކައުންސިލުން ބުނިގޮތުގައި، އަންހެންމީހާގެ ފަސް ދަރިންގެ ތެރެއިން 18 އަހަރު ފުރިފައިވާ ބައެއް ކުދިންނަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެހެންކަމުން، ފިރިމީހާއާ އެކު އޭނާ ދިރިއުޅެނީ ވަކިން ގެއެއްގަ އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަނދެ، އަނިޔާކުރި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެންމީހާ އަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ވަނީ ނިންމާފައި. ވީ އެންމެ އަވަސް ފުރުސަތެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އަންހެން މީހާ ބަނދެފައި ހުރި މަންޒަރުގެ ފޮޓޯ ދައުރުވުމުން، ބައެއް މީހުން ދަނީ އެ އަމަލު ކުށްވެރިކޮށް، ނުރުހުން ފާޅުކުރަމުންނެވެ. އެއް ބަޔަކު ސިފަކޮށްފައިވާ ގޮތުގައި، އެއީ، "ވަރަށް ރަހުމްކުޑަ، ލާއިންސާނީ އަމަލެކެ"ވެ.

45 ކޮމެންޓް, 193 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 75%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލޫބެ

16 May 2019

ތިކަމެއް ކުރިބަޔަކަށް މީހަކު މަރަންއުޅުމުގެ ކުށުގެ އަދަބު ލިބެންޖެހޭނެ.

The name is already taken The name is available. Register?

6666

16 May 2019

ތީގެ ސެންޓަރެއް ކޮންމެ ރަށަކު ހުންނަން ވާނެ! އޭރުން ގާތްތިމާގެ މީހުންނަށް ޒިޔާރަތްވެސް ކުރެވޭނީ!

The name is already taken The name is available. Register?

ދޮންބެއްޔާ

16 May 2019

ތިޔަ ލާއިންސާނީ ޢަމަލު ހިންގި މީހުންގެ ޢާއިލާއެއްގެ މީހަކަށް ބަޔަކު ތިކަހަލަ ކަމެއް ކޮށްފިއްޔާ ހަމަ ގައިމު ތިޔަ ބަޔަކު ކެކިއަރާނެކަން. މުސްލިމުންނޭ ކިޔައިގެންތިބި، އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއް ވެސް ހަށިގަނޑުގައި ހުރިނަމަ މިފަދަ ކަންކަން ކުރާކަށް ނުކެރޭނެ. އެބަޔަކު ހޯދައި ޤާނޫނީ އަދަބުވެސް ދޭންޖެހޭނެ. މިފޮޓޯ ސޯޝަލް މީޑިއާގައި ބޭނުންކުރި ބަޔަކު ހޯދައި ފިޔަވަޅު އަޅަން ޖެހޭނެ

The name is already taken The name is available. Register?

ދިހި

16 May 2019

ލޭމައްޗަށްދާ މީހާގެ ޒިންމާދާރު ފަރާތެއް ނެތީތީ މާހިތާމަ ކުރަން ޖެހޭ... ކަމާބެހޭ ފަރާތްތަކުން މިފަދަމީހުނާމެދު ހަރުކަށި ނުވެއްޖެނަމަ ދެންހިންގާ އަމަލު މާހިތިވާނެ..

The name is already taken The name is available. Register?

އިސްމާލި

16 May 2019

މިހާއަށް ހިމާޔަތް ލިބުނީމައި ނިމުނީކީ ނޫން. ޕޮލިހުން މިކަން ތަހުގީގު ކޮށް އަދަބު ވެސް ދެންޖެހޭ. އޭރުން އެހެން ރައްރަަށުގައި ތިބި އެހެން މީހުނަށްވެސް ރައްކާތެރިކަން ލިބޭނީ.

The name is already taken The name is available. Register?

ނެގުނުކަތީބު

16 May 2019

ވަގުތުން ވަގުތަށް އެކަން ކުރިބަޔަކު ހިފާ ހައްޔަރުކުރަން ގޮވާލަން.

The name is already taken The name is available. Register?

ޖެކް ސްޕެރޯ

16 May 2019

ތިކަން ކުރި މީހުން ވަކި ކުޅެދޭބާ؟؟ ބޮލުގަ ތެތްކަމެއް ހުރިނަމަ ނުކުރާނެ

The name is already taken The name is available. Register?

ނުރަބޯ

16 May 2019

އަދިވެސް އިތުރު ކައުންސިލެއް ހަދަންވީތޯއްޗެ.

The name is already taken The name is available. Register?

ޝަފީނާޒް

16 May 2019

ކަމެއް ވީމައި ފިޔަވަޅު އަޅަން ލަސްނުކޮށް މިފަދަ ކަންތައް ހުއްޓުމަށް ދުރާލާ މަސައްކަތް ކުރުމެއް ނޯވޭތަ؟ މަޤާމު ތައް ވިހާ ވަރުން ވިހަނީ، އެކަމަކު ޒިންމާތައް ދަނީ މަގު މަތި ވަމުން. ޖެންޑާ މިނިސްޓަރަށް ވަރަށް ސަލާމް. ވާޖިބު އަދާ ނުކުރެވޭނަމަ، ދުރަށް ޖެހިލައި އެހެން ފަރާތަކަށް ފުރުޟަތު ދިނުމަކީ ލަދުވެތި ވާންޖެހޭ ކަމެއް ނޫން. ކުއްޖަކު މަރުވެ ނުވަތަ ދެރަ ހާދިސާއެއް ދިމާވުމުން އެކަމާ ވަރަށް ބާރަށް ތެޅިގަންނާނެ. ޝުކުރިއްޔާ

The name is already taken The name is available. Register?

ދީބު

16 May 2019

މިއަދު ގެ ނަމުގައި ކޮމެންޓް ލިއުނު މީހާއަށް ވާނުވާ އެނގޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454