އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު އައްޔަން ކޮށްފި އެވެ.
އެއީ، މީހުން ބަންދުކުރާ ތަންތަނުގެ ހާލަތު ބަލައި ހޯމް މިނިސްޓަރަށް ރިޕޯޓް ކުރަންޖެހޭ މަގާމެކެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ އަހުމަދު މުހައްމަދުފުޅު އެ މަގާމަށް އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އިބްރާހީމް ދީދީ އިސްތިއުފާ ދެއްވުމުން ކަމަށެވެ.
ޖަލުތަކާ ޕެރޯލްގެ ގާނޫނުން ހޯމް މިނިސްޓަރަށް އޮންނަ އިޚުތިޔާރުގެ ދަށުން އިންސްޕެކްޓާ އޮފް ކަރެކްޝަންސްގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު މުހައްމަދުފުޅަކީ ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމުގަ އެވެ.