ކ. މާފުށީ ޖަލުން ރޭ ފިލި ގައިދީއަކު މިއަދު ހޯދައިފި އެވެ.
ކަރެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ މެޑިކަލް ސެންޓަރުން ފިލި ގައިދީ ހޯދައި ހެނދުނު 6:55 ހާއިރު އަލުން ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހޯދީ ކޮން ތަނަކުން ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ގައިދީ ހޯދަން ފުލުހުންނާއި މާފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީ ފާހަގަކޮށްފައި ވެ އެވެ. ކަރެކްޝަންސް އިން އޭގެ ފަހުން ޓްވީޓްކުރީ ކުޑަ ޑިންގީއެއްގައި ތިބި އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އޮފިސަރުންގެ ފޮޓޯއެކެވެ.
މީގެ ކުރިން ވެސް ޖަލުން ގައިދީން ފިލުވުމުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.