17 ޖުލައި 2019 - 14:26
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލު އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށް އެ ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.
އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ "މިހާރު" އަށް ވިދާޅުވީ ގަމުގައި ފްލައިން ސްކޫލު ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހު ހަމަވާނެ ކަމަށެވެ. އެ އެއްބަަސްވުން އާކުރަން އޭއައިއޭ އާ ކުރި މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްބަސްވުން އާކޮށްދޭން އޭއައިއޭއިން ކިޔަނީ މާ ބޮޑު ކުއްޔަކަށް، އަކަ ފޫޓަކަށް މަަހަކަށް 12 ރުފިޔާ ދައްކަން ޖެހޭ ގޮތަށް. މިއީ ޓޫރިސްޓު ހޮޓާތަކުން ވެސް ނުނަގާ ވަރުގެ ކުއްޔެއް. އެހެންވެ އެ މަޝްވަރާތައް މިހާރު ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ދެން ބަދަލުވާނީ މާފަރު އެއާޕޯޓަށް."
ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ އިރު، މިހާރު ތިބި ބައެއް ދަރިވަރުންގެ ތަމްރީނުތަކެއް ނުނިމެ އެވެ. އެހެންވެ އެ ތަމްރީނުތައް ނިންމަން އޭއައިއޭ އިން ވަނީ އަންނަ އަހަރުގެ ނިޔަލަށް ފްލައިން ސްކޫލު ހިންގުމުގެ ފުރުސަތު ދީފަ އެެވެ. އެކަމަކު ސޫރަންޖަން ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ފްލައިން ސްކޫލު ބަންދުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާ ނުކުރި ހަމަ އެކަނި ސަބަބަކީ ބިމު ކުލީގެ ގޮތުގައި ނަގަން އޭއައިއޭއިން ހުށަހެޅި އަގު ބޮޑުވުމެވެ.
އައްޑޫ ފްލައިން ސްކޫލު ބަންދުކުރަން ތައްޔާރުވަމުން އަންނަ އިރު އެތަނުގައި ތަމްރީނު ހަދާ ދިވެހި ދަރިވަރުންނާ މެދު އިހާނެތި ގޮތަކަށް ކަންތައް ކުރާ ކަމުގެ ޝަކުވާ ބައެއް ބެލެނިވެރިން އަންނަނީ ކުރަމުންނެވެ. އެންމެ ބޮޑު ޝަކުވާ އަކީ ދެ އަހަރެއްހާ ދުވަހުން ނިންމާލެވޭ ކޯސް ފަސް އަހަރު ހަ އަހަރަށް ދިގުލައިގެން ގޮސް، މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވަމުން ދިއުމެވެ.
ބެލެނިވެރިންގެ އެ ޝަކުވާތައް ސޫރަންޖަން ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޯހެއް ނުނިމި ލަސްވި ދަރިވަރެއް ނަމަ ލަސް ވެފައި ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ އިހުމާލުން ކަމަށެވެ. އެގޮތުން ބަރާބަރަށް ފީ ނުދެއްކުމާއި ހާޒިރު ނުވުމުގެ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަލޯގެބޯ
18 July 2019
ހާލަތުއޮތީތިހެން. މިއަދު ފުލައިންގ ސުކޫލް މާދަމާ މަދުރަސާތައް އަނެއްދުވަހު ހޮސްޕިޓަލް ބަންދުވަމުން ގޮސް އަމިއްލަމީހުންގެ ގެދޮރު ބަންދުކުރާހިސާބަށްދާނެ. ބާރުސްޕީޑުގައި ތަރައްގީ ކުރިއަރުވަންއުޅޭއިރު، ކުރިއަރަމުންދާއިރު އައްޑޫގެ ހާލަތުމިއީ. ދުވަހަކުން ދުވަހަކުން ތަކުރާރުވަމުންގޮސް އަހަރުތަކެއްނިމިދާނެ ދެން އަލުން އާފެށުމަކުން ބަޔަކު އަނެއްކާ ތަރައްގީކުރަން ފަށާނީ.
ދާމޫ
18 July 2019
ސޫޖަން އެހަދަނީ ރޯމާދުވާލު ސާފުބަހުން ދޮގު އެބައިގަނޑަށް މާފަރުންވެސް އެޗާންސް ދޭނެކަމެއްނެތް! އަލުން އިޢުލާނުކޮށްގެން ޝަޢުޤުވެރިވާ ޕާޓީއެއް ހޯދުން އެންމެ ރަނގަޅުވާނީ ޤައުމަށް!
ސޮބުރީ
18 July 2019
މިހެން މިވަނީ ދޯހަޅި ދިޔުޅިއެއްނުވާ ސިޔާސަތުތަކުގެ ސަބަބުން.. މުޅިގައުމު މިއޮތީ ފެއިލްވެފަ
ބޯގަޅި
18 July 2019
ތަނަށް ނުކަތާ ވަރަސް ކުދިން ވައްދައިގެން، އެތައް ބައިވަރު ލާރިކައިގެން މިހިންގާ ޖަރީމާ، ސަރުކާރުން ހުއްޓުވަން އެބަޖެހޭ.. ގަމުން ބޭރު ކޮށްފަ މާފަރަށް... އިންޑިއާ މީހުންނަށް ދަރަނި ވެރިގެންތަ މިވެރިން އުޅެނީ..
ބޯގަޅި
18 July 2019
"އަޅުގަނޑުމެން ދެން ބަދަލުވާނީ މާފަރު އެއާޕޯޓަށް." މިހެން ބުނެވޭތަ؟؟ ހީވަނީ މިރާއްޖެ މީހަކު އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލު ކުރާހެން. މާފަރު އެއަރޕޯޓް އަށް ނުވާ ގެއްލުމެއްތަ ގަން އެއަރޕޯޓަށް ވަނީ.. މީގަ އެބަހުރި ސުވާލު އުފެދޭ ބައިވަރު ކަންކަން. ރައްޔިތުން ކަޑަވެފަ ތިބެންވީކީ ނޫން.. ހަމަ ނުކުންނަންވީ ވާނުވާ އޮޅުން ފިލުވަން. އައްޑޫ އަށް ލިބިލިބި ހުރި އާމްދަނީ އެއް މިދަނީ އަތުން ބީވެގެން
ޙާއިނުން
18 July 2019
މަރުހަބާ މަރުހަބާ ދިވެހިސަރުކާރު ތީމާކުރިންވެސް ކުރަންވެއްޖެކަމެއް ދިވެހިފަސްގަނޑައް ލޯބިހުރި ދަރިން ތިބީ ބޮޑުތިލަދުންމަތީގަ ކަން ތާރީހު ދިރާސާ ކޮއްލުމުން ސާފުވާނެ ސަގަރު ނާސިރުފަދަ ގައްދާރުން މިރާއްޖޭގެ ތަހުތައް ސަވާރު ވުމައް އައްޑޫގެ ފަސްގަނޑުން އުފަންވީތީ ލަދުގަނޭ އައްޑޫގަ އުޅެންވެސް މިހާރުވެސް އެދެނީ އައްޑޫއަކީ ފަޅުރަށެއްގެ ގޮތުގަ ހަދާފަ އެކިރައްރަށައް އައްޑޫމީހުން ބަހާލަދިނުމައް އަދި އަސްކަރީ މަރުކަޒަކައް އެތަން ހެދުމައް
ސުރަންޖަން އަމާ
17 July 2019
[ކޮންޓިނިއުއޭޝަން] ކޯސް ދެބައި ނުވަނީސް މިއޮންނަނީ ލޯނު ހުސްވެފަ. އެހެންތާވާނީ ލޯނު މިދެނީ މިނިމަމް ރިކުއަޔާމެންޓަށް. ސްޓައިޕެންޑްވެސް މިމީހުން މިބުނާ 18 މަސްދުވަހަށް. ދެން ފްލައިން ހުރިހާ ދިމާލަކުން އެކްސީޑް ކޮށްލީމަ ފަހުބަޔަށް ލާރިހޯދަން މިޖެހެނީ ޖާނާމާލުން ގުރުބާންވެގެން. މިހެންއުޅެނިކޮން ލޯނަށް ލާރި ކަނޑަންފެށީމަ މިތިބެނީ 4 އުދަރެސް ފެނުޖެހިފަ. ހެޔޮނުވާނެ މިނިސްޓްރީއިން މިކަމަށްވެސް ހައްލެއްހޯދައިދީ. ފަހުން ވަޒީފާ ލިބުނީމަ އަނބުރާ ދެއްކިދާނޭ
ސުރަންޖަން އަމާ
17 July 2019
18 މަސް ދުވަހުން ނިންމޭނެ ކަމަށް ބުނެ ދެމަހުން އެއްމަހު ކުދިން ނަގާއިރު މިނިސްޓްރީ އިން ވެސް ބަލަން ޖެހޭ ވަރަކަށް ނުބަލާ. ހުރިހާ ކޮޅަކުން ގޯސް ކުރަނީ ކުދިންނާއި އެކުދިންގެ ނިކަމެތި މައިން ބަފައިން. ލޯނުގެ ޗާޖުގެ %5 އިން %3 އަށް ކުޑަކުރުމަށް ވުރެ ރަނގަޅު ވާނެ އިތުރު ލާރި ލިބޭގޮތެއް ނޫނީ ދައްކަން ފަށަންޖެހޭ ދުވަސް ލަސްކޮށްދިނުން ވެސް. [ކޮންޓިނިއުޑް]
އަފިރިން
17 July 2019
ދެން ފްލައިން ސްކޫލު ހުޅުވޭނީ ބޮޑުތިލަދުންމަތީގަ.
ޔައުޖޫޖު މައުޖޫޖީޖޖމމްކ
17 July 2019
އެއްއަހަރު ދުވަހުން ނިމޭނެއޭ ކިޔައިގެން ޕްލޭސްމަންޓް ދީގެން މިނިސްޓްރީ އޮފް ހަޔާއެޑުކޭޝަން ނޫނީ އެތަން މިތަނުން ލޯނުނަގައިގެން އައިސް 03 04 އަހަރުންއެންމ އަވހަށްވެސް ކުއްޖަކު ނިމެމީ. ފްލައިން ދެނީ މަހަކު ދޭތި. ހިތައް އެރިއްޔާ ނުދީ މަހެއްވެސް ވެދާނެ. ލޯނަށް ލާރި ދައްކަން ޖެހޭއިރުވެސް ކޯސް ދެބައި ކުޅައެއްބައި ނުނިމޭ. ބޯޓުތައް ދުއްވަން އަޅަނީ ޕެޓްރޯލް. ޢޭވިއޭޝަވް ފިއުލް އަޅަނީކީ ނޫން. ޢަގު އެހާބޮޑު. ޢައްޑޫ މީހުންވެސް ކުދިން ފެލަނީ. ކުލި އައެހާ ބޮޑު
ޙިތަދޫ
21 July 2019
ޥިޔަފާރީގަ ދެފަރާތަށްވެސް ހަމަހަމައަށް ނަފާލިބެންޖެހޭ. ޢައްޑޫ ގަމަކީ ޗެރިޓީއެއްނޫން. ގަމުގައި ފްލައިންސްކޫލް ހިންގަން ދީފައިވާ ބިމުގައި ގެސްޓްހައުސް ހިންގިނަމަވެސް ތިޔަ ފްލައިންސްކޫލުން މިހާހިސާބަށްދިން އެއްޗަކަށްވުރެ އެތައްމިލިޔަން ރުފިޔާއެއްގެ ފައިދާ ގަމަށްވީސް.