ހައްޖުވެރިންތަކެއް ފުރުމުގެ ކުރިން އާއިލާއާ އެކު ފޮޓޯ ނަގަނީ. ހައްޖުވެރިންނަށް އެހީތެރިވާން އެމްބަސީގެ ޓީމްތަކެއް މިއަހަރު ހަރަކާތްތެރިވާނެ. ފައިލް ފޮޓޯ/މިހާރު
21 ޖުލައި 2019 - 16:40
ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޓީމްތައް ރާއްޖޭގެ ހައްޖުވެރިންނަށް އެހީތެރިވުމަށް، މައްކާ އާއި މަދީނާގައި ހަރަކާތްތެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ހައްޖު މިޝަނުގެ އިތުރުން އެމްބަސީގެ ޓީމްތަކެއް ހަރަކާތްތެރިވަނީ ހައްޖުވެރިންނަށް ބޭނުންވެދާނެ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
މައްކާ އާއި މަދީނާގައި ހަރަކާތްތެރިވާ އެ ޓީމުތަކާ ގުޅޭނީ 00966506894477 ނަމްބަރުންނެވެ.
މިއަހަރު ރާއްޖޭން ހައްޖަށްދާ ފުރަތަމަ ގްރޫޕް މިއަދު ވަނީ ފުރައިފަ އެވެ.
މި އަހަރު ރާއްޖޭން 2،000 މީހުން ހައްޖަށް ދާއިރު، ސްރީ ލަންކަން އެއާލައިންސުން މިއަދު ހެނދުނު ފުރީ ޒައީ ގުރޫޕުގެ ހަވާލުގައި ހައްޖަށް ދާ 84 މީހުންނެވެ.
އެ ގުރޫޕުގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ތަޒްކިއާގެ އެޑްވާންސް ޓީމެއް މިއަދު ސައުދީ އަށް ފުރާނެ އެވެ.
އެ ގުރޫޕުގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ތަޒްކިއާގެ އެޑްވާންސް ޓީމެއް މިއަދު ސައުދީ އަށް ފުރާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ތާވަލްގައިވާ ގޮތުން ދެން އެންމެ އަވަހަށް ފުރާނީ ތަޒްކިއާ އާއި އަލްހަރަމައިން ގްރޫޕްގެ ހައްޖުވެރިންނެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު ތަޒްކިއާގެ 70 މީހުންނާއި އަލްހަރަމައިންގެ 144 މީހަކު ސައުދީ އަށް ދިއުމަށް ފުރާނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ހައްޖުވެރިން ފުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަސމޮޔަސޮރު
22 July 2019
ބަލަ މީ އާ ކަމެއް ނޫނޭ. އަބަދުވެސް އެންބަސީ މީހުން އެހީވޭ