އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޝާހިދު އަރިހުގައި. ސުޝްމާ ވަނީ އިއްޔެ އަވަހާރަވެފައި
07 އޯގަސްޓް 2019 - 10:44
އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އަލުން ބަދަހިކުރުމުގެ އެއް މޭސްތިރި ކަމަށާއި އޭނާ އަވަހާރަވުމަކީ ފުން ހިތާމައެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
Deeply grieved to hear the demise of my good friend Smt #SushmaSawraj; Stateswoman extraordinaire, diplomat par excellence; A warm human being. Key architect of renewed Maldives-India friendship. Sincere condolences to bereaved family and people of India. May she rest in peace! pic.twitter.com/kcxbdsimxI
— Abdulla Shahid 🎈 (@abdulla_shahid) August 6, 2019
ޝާހިދުގެ ޓްވީޓް
އުމުރުން 67 އަހަރުގައި ސުޝްމާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެންނެވުމުން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. މިދިޔަ މެއި މަހާ ހަމައަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ސުޝްމާގެ ސިއްހީ ހާލު ހުރި ގޮތުން ބީޖޭޕީގެ އާ ސަރުކާރުގެ އެއްވެސް މަގާމަކަށް ވަޑައެއް ނުގަންނަވަ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން އެންމެ ބޮޑަށް ގޯސްވި ދުވަސްވަރު ވެސް އަދި އާ ސަރުކާރާ އެކު އެ ގުޅުންތައް ބަދަހިކުރަން ފެށިއިރު ވެސް އިންޑިއާގެ ޚާރިޖީ ކަންކަމާ ބެހޭ މިނިސްޓަރަކަށް ހުންނެވީ ސުޝްމާ އެވެ.
އޭނާ ވަނީ ތަފާތު ފަހަރު މަތިން ރާއްޖެ ވަޑައިގެން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ސުޝްމާ އަވަހާރަވުމުން އޭނާގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ރަނގަޅު އެކުވެރިއެއް ކަމަށާއި އާދަޔާ ހިލާފު ބޭފުޅެއްގެ އިތުރުން އެންމެ މަތީ ފެންވަރުގެ ޑިޕްލޮމޭޓެއް ކަމަށެވެ.
ސުޝްމާ އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަށް ފަހު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
އޭގެ ކުރިން އޭނާ ވަނީ އުމުރުން އެންމެ 25 އަހަރުގައި، އެ ގައުމުގެ ހަރިޔާނާ ސްޓޭޓްގެ ސަރުކާރުގެ ވަޒީރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ނިއު ދިއްލީގެ ޗީފް މިނިސްޓަރު ކަން ވެސް ސުޝްމާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
07 August 2019
އިންޑިޔާގެ ވަޒީރުންތެރޭން ޕާކިސްތާނު މީހުންނަށްވެސް އެންމެ އަޅާލުންދިން ވަޒީރު
މިނިސްޓަރު.
07 August 2019
އިންޑިޔާ އާ ދިވެހިރާއްޖޭ އާ ދެމެދު ގުޅުން މިހާރު ވަރަށް ބަދަހި. ޢެކަމަކު އެއީކީ ރަގަޅު ގުޅުމެއްނޫން. އަޅުވެތިކަމުގެ ގުޅުން. ދިވެހިން މިހާރު އޮތީ ރަގަޅުގުޅުމެއްކަމަށް ޤަބޫލްނުކުރެ. މި ގުޅުމުންދޭހަވަނީ މި ސަރުކާރުގެ ކަރެޕްޝަން އެއްމެ މަތިންފެށިސިގެންވެސް އޮތްވަރު
އަލީ ރާޖާ
07 August 2019
އޭނައާ ކަލެއާ ކޮންމެވެސް އެހެން ގުޅުމެއް ބަދަހިކުރީ. ޑިޕްލޮމެޓިކް ގުޅުމެއް ނޫން
ޑިޕްލޮމާ
07 August 2019
ޑިޕްލޮމެޓިކް ތި މާނަކުރައްވަނީ ކިހިނަކުންތޯ؟
މަރޭމިތުރު
07 August 2019
ސުޝްމާއަކީ މިގައުމުގެ އެކުވެރިއެއް، މުސްލިމެއް ނޫނަކަސް ހެޔޮލަފާމީހެއް............................ ސުސްމާއަކީ ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނަވަން މަސައކަތްކުރެއްވި ބޭފުޅެއް.
އަސްތާ
07 August 2019
އެ ކޮންކަހަލަ ހެޔޮ ބަދަލެއްތަ؟
ހަމަހުން ދަވާލި ޗޯރު
07 August 2019
އަނގަ ނުގަޅާ ތަނަކަށް ހޮލީޑޭއަށް ޖައްސާލެވޭތޯ ބަލާބަލަ