ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފ. ދަރަނބޫދޫ މީހެއް ކަމަށްވާ ސީމާ މޫސާ، 38، އަށް ސްޓްރޯކެއް ޖެހިގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން "މިނާ އަލްވާދީ" ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ސީމާ އަށް ސްޓްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓަ އެވެ. އޭނާ ފާހަނާގައި ހުއްޓައި އަނބުރައިގަނެގެން ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ސީމާ ހައްޖަށް ދިޔައީ ފިރިމީހައާއެކުގަ އެވެ.