އައްޑޫ ސިޓީކައުންސިލްގެ މެމްބަރުން ޑިފެންސް މިިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ އިއްޔެ ބައްދަލުކުރައްވަނީ. ފޮޓޯ:ޑިފެންސް މިނިސްޓްރީ
13 ސެޕްޓެމްބަރ 2019 - 13:18
އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ ސިޓީ ކައުންސިލުން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެނެސްފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ހަރުކަށި ފިކުރު ފެތުރޭ ވާހަކަ ދެއްކެވީ ސިޓީ ކައުންސިލްގެ ފަރާތުން މާރިޔާއާ އިއްޔެ ބައްދަލުކުރެއްވި ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓްރީއަކުން ނުދެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން މާރިޔާގެ ސަމާލުކަމަށް ގެނައި އެހެން ކަންތައްތަކުގެ ތެރޭގައި އައްޑު އަށް ވަޑައިގަންނަވާ އިއްޒަތްތެރިން ދަތުރުކުރައްވާނެ ހާއްސަ އުޅަނދެއް ނެތުމާއި ކާރިސާތައް ކުރިމަތިވުމުން ހުންނަ ގޮންޖެހުންތައް ހިމެނެ އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "މިހާރު" އަށް ވިދާޅުވީ މާރިޔާއާ އެކު ބޭއްވި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކުރެއްވީ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމަށް ހުރި ދަތިތަކާ ބެހޭ ގޮތުން ކަމަށެވެ. އެގޮތުން އައްޑު އަށް އިތުރު ފަޔަ ލޮރީތައް ބޭނުންވާ ވާހަަކަ ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ހަރުކަށި ފިކުރު ފެތުރޭ ކަމުގެ ވާހަކަ ދެއްކެވީ އައިއެސް އަށް މީހުން ފޮނުވުމުގައި އައްޑޫގެ ބައެއް މީހުން ހަރަކާތްތެރިވާ ވާހަކަ އަބަދުވެސް ދެކެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އެ ވާހަކަ ވެސް ދެން އަޅުގަނޑުމެން ދެންނެވީ މިނިސްޓަރަށް،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީކައުންސިލްގެ މެމްބަރުން ޑިފެންސް މިިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ އިއްޔެ ބައްދަލުކުރައްވަނީ. ފޮޓޯ:ޑިފެންސް މިނިސްޓްރީ
އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭކަން މާރިޔާގެ ސަމާލުކަމަށް ގެނައި އިރު އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކޮށް އައްޑޫގެ ފާރުތަކެއްގައި ކުރެހި މައްސަލައެއް މިދިޔަ ޖޫން މަހު ފުލުހުންގެ ސަމާލުކަމަށް ގެނަ އެވެ. ހިތަދޫގެ މައިލޯ ދަނޑުގެ ކައިރީގައި ހުރި އިމާރާތެއްގެ ފާރުގައި، އައިއެސް އަށް ތާއީދުކޮށް ކުރަހާފައިވާ ގްރެފިޓީގެ ފޮޓޯ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލުކަމަށް ޓުވިޓާގައި މީހަކު ގެނައުމާ ގުޅިގެން ހަމީދު އޭރު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރު ދޭ މައްސަލަތައް ބަލާނެ ކަމަށެވެ.
އޭނާ އޭރު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންގެ ފިކުރު ފެތުރުމާއި އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަކޮށް ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން ކުރާ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ކަންކަން، ގުޅުން ހުރި ފަރާތްތަކާ އެކު ފުލުހުން ކުރަމުން ދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
14 September 2019
ލާދީނީ ފިކުރާއި ހަރުކަށި ފިކުރު ނައްތާލަން ގޮވާލަން.
ހަޗާ ފޭދޫ
13 September 2019
އެ ހުރިހާ މީހުން ސީމާރކު ބޯޓަށްލާފައި މާލެ އަށް މި ފޮނުވަނީ؟ ތި ކޮޅުން ހަދާ އެއްޗެއް ހަދާފައި މި ކޮޅަށް ނު ފޮނުވިޔަސް ވަރި ހަމަ
ޢަފްރާދު
13 September 2019
އެހެން މީހުންގެ މައްޗަށް ހަރުކަށި ފިކުރު ފަތުރާފަ ތިމާމެންގެ ދަރިން ބައިތިއްބަނީ މިނިވަން ފިކުރުގައި އެ ޖަމާޢަތުގެ ބޭނުމަކީ ފަހެ އަމިއްލަ އެދުން ފިޔަވައި ދެން ކޮންކަމެއްތޯ ތިމާ އާއި އެއްވެސް ގޮތަކުން ގުޅުމެއް ނުހިންގާ ބައެއްގެ މިނިވަންކަން ނަގާލާ ތިމާމެން ޝިކާރަ ކުރުން ނޫންތޯ
ކެޔޮޅު2000
13 September 2019
މިނިސްޓަރ އަވަހަށް ތިކަންކަމަށް ހައްލު ހޯދައިދެއްވަ ބަލަވަ! މިނިސްޓަރ އަށް ވާނެ!
ހަކީމް
13 September 2019
މާލޭގައި އެންމެ ފުރަތަމަ ޓޫރިސްޓުން މެރުމުގެ މަގުސަދު ގައި ބޮންގޮއްވާ އުޅުނު ގުރޫޕުގެ ބޮޑަކަށް އެމެރިކާއިން އޭގެ އެތަކެއް އަހަރުފަހުން ފިޔަވަޅުއެޅިއިރު އަދިއަދައްވެސް ދިވެހި އެއްވެސް ސަރުކާރަކުން އޭނާއަކަށް ދައުވާ ނުކުރޭ. މީގައި ފޮރުވިފައިވާ ސިއްރެއް އެބައޮތް. ހަރުކަށި ފިކުރޭ ކިޔައިގެން ކޮންހަޑިއެއް ހާވަންބާ މިއުޅެނީ ...
އަބޯބެ
13 September 2019
ހަރުކަށި ފިކުރު ފެތުރެނީ ކީއްވެތޯ ބަލާ އެކަމަށް އެޑްރެސް ކުރެވެން ޖެހޭ . ބައިވަރު ގައުމުތަށް އެބަހުރި މިސާލަކަށް ސްކެންޑިނޭވިއަން ގައުމުތަށް ހަރުކަށި ފިކުރެއް އެހާ ބޮޑަށް ނުފެތުރޭ. ކޮންކަހަލަ ކޮން ގޮތަކަށް އުޅޭ ގައުމުތަކެއްގަތޯ މި ފިކުރު ފެތުރެނީ އެފަދަ ގައުމު ތަކާ ރާއްޖެއާ ދޭތެރޭ އޮތް އެންމެ ބޮޑު ކޮމޮން ސިމިލާރިޓީސް އަށް ބަލާ އކަމަކަށް އެޑްރެސް ކުރަނަވީ. ޓޮލެރެންޓު ތަފާތު މިނިވަން ހިޔާލުތަކަށް ކީއްވެތޯ އަނިޔާވެރިކމާއެކީ ޖަވާބު ދެނީ.
މިނިވަންފިކުރޯ
13 September 2019
ބުނަންތިއުޅެނީ އާންމުކޮށް ހަރުކަށި ފިކުރު ފެތުރެނީ އިސްލާމީ ގައުމުތަކުގައޭތޯ . ތީދޮގެއް. .މިނިވަން ފިކުރުގެ މީހުން ހަރުކަށި މީހުންނަށް ވުރެ މާ ނުރައްކާ އަމަލު ހިންގާފަ އެބަހުރި. އެމީހުން އެބޮތް ދީނީ މިނިވަންކަމަށް ގޮވާލާ ޓްވީޓް ކޮށް ހިނަގާލުން ބާއްވާ ވެބްސައިޓުތަކުގަ އެކަމަށް ގޮވާލާ ލިޔެހަދާފަ. ކިހާ ބިރުވެރިނޫންތޯ. ހަރުކަށި މީހުން މިކަހަލަ ކަމެއް ކުރިތޯ. ހަގީގީ ހަރުކަށި މީހުންނަކީ އެއީ . ފުރުތަމަ މިކަން ހައްލު ކުރޭ.
މާރަނގާ - އައްޑޫ ސިޓީ
13 September 2019
ކުރިއެރުމާއި ތަރައްޤީއަށް ހުރަސްއެޅި “އިންސާނާއަށް ގޮތްހުސްވެއްޖެކަން އިޙްސާސްކުރެވޭހާލަތުގައި” އޭނާގެ ސިކުނޑީގައި ނުބައި ވަސްވާސް އިތުރުވާކަން މޭޔަރަށް އެގިވަޑައި ނުގެންނެވީތީ އަޖައިބުވެއްޖެ. * ސާފުބޯފެނާއި ނަރުދަމާނެތް، ކަރަންޓާއި ސިއްހީހިދުމަތުގެ އިތުރުން ޒަމާނީ ތައުލީމް ހޯދޭނެވަސީލަތް ނެތްތަނެއްގައި އޮތް ތިފަދަ ފިކުރެއްނައްތާލުމަށް “އާރމީގެ އެހީތެރިކަމަށް އެދިވަޑައިގަތީ މައްސަލައިގެ ހަޤީގީ ހައްލު ހޯދުމަށް ބޭނުންފުޅުނުވާތީ” ކަމުގައި ދެކެން.
ހައްވާގެ ތެލެފޯނާ
13 September 2019
ކޮސް ނުގޮވަބަލަ. ޑިފެންސް މިނިސްޓަރގެ ވާހަކަ މިދައްކަނީ.
ހުސްބުޅިމާލިމީ
13 September 2019
ކޮންކަހަލަ ފިކުރެއްބާ ހަރުކަށިވެގެން މިއުޅެނީ. ވައްކަމާއި ގަންޖާބުއިމާއި ހިޔާނާތާއި ފާހިސްއަމަލު މީހުންމެރުން އާއްމުވެ މުޅިގައުމުގައި ފެތުރި ނޭފަތާއި ހިސާބަށްއެރީމަ ނުވެގެން ހަރުކަށްޓޭ މަސްކާށްޓޭ ކިއަކަސް ހައްލެނުލިބޭނެ. ކަންކަން ހައްލުކުރަންވާގޮތް ރައްޔިތުން ބުނެދޭންޖެހޭނަމަ ވެރިންގެ ބެނުމަކީކޮބައިބާ
އާމިނާދީ
13 September 2019
އޯއި ނޭނގޭ ވާހަކަ ނުދައްކާ.މިދައްކަނީ އަހަރެމެން ރަށުގައި ހިތަދޫގައި އަހަރެމެންނަށް ފެންނަ ކަންތަކުގެ ވާހަކަ.ތީގެ ބައިގަނޑެއްގެ މީހުން އަހަރެމެން ހިސާބުގައި އުޅޭ.ކޮންމެ ދުވަހަކު ހެނދުނު 7-8 އާއި ދޭތެޜޭ ވަކި ހިސާބަކަށް އެއްވެ ތިބެ އެދައްކަނީ ކޮން ވާހަކަ އެއްތަ؟ ކޮންކަމަކާ އެއްވާ ބައެއްތ؟
މަރުމޯލު
13 September 2019
އެބުނާހެން ނޭނގޭ ވާހަކަ ނުދައްކަބަލަ. ހަކުރު ބޯ މީހުންގެ ނުފޮރުއްޕާން ކުޑައެކޭ ނުބުނޭ އެކަކުވެސް. އެކަމަކު 'އައި އެސް' ފިކުރުގެ މީހުންގެ ކަންތައްވެސް އެހާ ބޮޑު.
ބަބުރަންޖީ ހާޖީ
13 September 2019
ގަރާރެއް ފާސްކުރޭ.