ޑރ. އަފްރާޝިމް.- ފޮޓޯ: މަޖިލިސް
07 ނޮވެމްބަރ 2019 - 14:52
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވައިފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ އަފްރާޝިމް އަވަހާރަކޮށްލަން ފަންޑުކުރި މީހުންނާއި އެކަމުގެ އަޑީގައި ތިބި މީހުން ހޯދައި ތައްޔާރުކުރި ރިޕޯޓު ރައީސަށް ފޮނުވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އަފްރާޝިމްގެ މަރަށް ހަތް އަހަރުވެގެން ދިޔައިރު ވެސް އެކަމުގެ އަޑީގައި ތިބި މީހުން ހޯދިފައެއް ނުވެ އެވެ. ފުލުހުން ވެސް މިހާތަނަށް ދީފައިވަނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ މައުލޫމާތެވެ. އެކަމަށް ފަންޑުކުރި މީހުންނާއި އަވަހާރަކޮށްލި ސަބަބެއް ހޯދިފައެއް ނުވެ އެވެ.
އެ މައްސަލައިގައި ދެ މީހަކަށް ދައުވާކުރިއިރު ކުށް ސާބިތުވެ ހުކުމް އައީ ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ ހުމާމް މަރާލަން ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖީއެމްއާރު
08 November 2019
އުނި އިތުރެއް ނެތި ތިޔާ ރިޕޯޓު އާންމުކުރޭ.
ސަޓޯ ބޯވަ
08 November 2019
ސަޓޯ ސަލާމަތުން އަދިވެސް
ޓހަކުރު
08 November 2019
ކަލޭވެސް ތިޔަހުރީ ސަލާމަތުން
ގުއި ކަލޯ
08 November 2019
ސިޔާސީގޮތުން ކުރިކަމެކޭ ކިޔާފަ މިއޮށް ހުރިހާ ދުވަހު ރިޔާޒް ސިއްރުކުރީ ކީއްވެބާއޭ ހިތަށްއަރާ
ރަށުމީހާ
07 November 2019
ވަކިމީހަކައް ދެއްކުމެއް ނުވަތަ ވަކި މީހަކައްނުދެއްކުމެއް އޮވެގެން ނުވާނެ ތިކަމަކީ މުޅި ގައުމުގޮވަމުން ދާކަމެއް ހާމަކަން ބޮޑުގޮތެއްގާ އެއްމެންނަށް އެގެންޖެހޭނެ އޭރުން ތި އިންސާފުވާނީ. ވސލމ
އިންޓަލެކްޓު
07 November 2019
ރައްޔިތުން މަޖިލިސް ރައީސްއަށް ތި އަރުވަބަލަ އަވަހަށް. އޭރުން އަހަރުމެން ރައްޔިތުންނަށް ތީގައޮތް އެއްޗެއް އިގޭނީ.
ދޮގެއް ނޫން
07 November 2019
އޭރުން އެ ކުއްޖާފުޅު އެންމެންނަށް ބަހާލާނެ އެރިޕޯޓު
އެސް ސީ
07 November 2019
ސުޕްރީމް ކޯޓްން ފަނޑިޔާރަަކު ވަކިކުރަން ކައިރިވީތޯ. އެކަހަލަ ކަމެއް އުޅޭހެން ހީވާއިރަށް އަވަހަށް ރިޕޯރޓް ނެރެފަ, ސުލްރީމް ކޯޓްގެ ގޮނޑިއަކަށް ކޮމިޝަންގެ ރައީސް ތައްޔާރުވާހެން ހީވަނީ.
ބޮޑުމީހާ
07 November 2019
ތިކަހަލަ ރިޕޯޓްތައް ވަގުތުން ގެޒެޓްގަ ޖަހަންވީ
ރަދީފުއްދީނުލް އަކްބަރު
07 November 2019
ނަމަނަމަ ނަޝީދަށް ނުދައްކާތި. ނޫނީ މުޅިން މިކަން ފަނިކޮށްލާނެ.
އެދުރު ރަހީމު
07 November 2019
ވީހާއަވަހަކަށް ތިމީހުން ރައްޔިތުންނަށް ހާމަކުރައްވާ، އަދި މަރުހޫމު އަފުރާޝީމު އާއި އެބޭފުޅާގެ އާއިލާއަށް ހައްގު އިންސާފު ހޯއްދަވައިދެއްވާ!
ގަޑަގަޑަ
07 November 2019
ކީއްވެތޯ މިފަހަރު ތި ރިޕޯޓް މަޖްލީހުގެ " ކްލާސް ޓީޗަރަށް" ނުދެއްވީ؟