މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުވި ކޯލް ސެންޓަރުގައި ޑިފެންސް މިނިސްޓަރު މާރިއާ ވާހަކަދައްކަވަނީ -- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
18 ޑިސެމްބަރ 2019 - 21:45
މޯލްޑިވްސް އިމިގްރޭޝަނުން ކޯލް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯލް ސެންޓަރު ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އިމިގްރޭޝަނުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް މި ސެެންޓަރުގެ ނަމްބަރު 1434 އަށް ގުޅުމުން ލިބޭނެ އެވެ.
“Alhugan’dumenge sarukaaru inthihaabuvi fahun abadhuves midhakkany jazeeraa Raajjeyge vaahaka. Alhugan’du abadhuves edheny veevarakun Raajjeyge hurihaa hisaabakahves passportge hidhumathaai enoonves gina hidhumaiythakeh libeynegoiy hahdhavaidhevvun”, Minister @MariyaDidi. pic.twitter.com/mtWq4TOEXu
— Maldives Immigration (@ImmigrationMV) December 18, 2019
މޯލްޑިވްސް އިިގްރޭޝަން އިން މިއަދު ކުރި ޓްވީޓެއް
މިނިސްޓަރު މާރިޔާ ވިދާޅުވީ މި ކޯލް ސެންޓަރާ އެކު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ދިވެއްސަކަށް ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭ މައުލޫމާތު ފަސޭހައިން ލިބުމަކީ ރަނގަޅު ފެށުމެއް ކަމަށް ވެސް އޭނާ އެވެ.
އިމިގްރޭޝަންގެ ކޯލް ސެންޓަރެއް ނެތުމުން އެތަނުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދަން ގުޅާ ފަރާތްތަކުގެ ޝަކުވާ ގިނަ ކަމަށް އެތަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން އެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ. އެ އުނދަގޫތަކެއް މިއަދު ހައްލެއް ލިބުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
19 December 2019
ތިޔަ ކޯލްސެންޓަރުތަކަކީ ކޯޓަށްގޮސްގެން ހުއްޓުވަންޖެހޭކަމެއް. ގުޅާމީހާގެ ފޯން ބިލް ބޮޑުވެ އަޅާފައިވާ ލާރިކޮޅު ހުސްވާއިރުވެސް ފަތިވަރުތައް ދަމާއަޑުނޫން އަޑެއްނީވޭނެ. ދިވެހިބަހުުންކުރިއަށް ގެންދަން 1 ނޫނީ 2 ނޫނީ4 ނޫނީ 6 ދެން ބުނާނީ ކިއުގައި މަޑުކޮށްލަން. މިހެންގޮސް ގަޑިއެއްގެ އިރުވެސް ވެދާނެ. އެންމެފަހުން ޚިދުމަތްވެސްނުލިބި ލާރިކޮޅު ހުސްވެ ވަގުތުބޭކާރުވެގެން ދާނީ. ރަސްމީގަޑީގައި ސަރުކާރުއޮފީސްތަކުން މިފަދަ ޚިދުމަތްނުދިނުމަށްގޮވާލަން.
ގޮއިދޫހަސަނު
19 December 2019
ވޯކްޕާމިޓުނެތި، ގެނައިމީހުނާއި ގެންގުޅޭމީހުނާއި އިމިގްރޭޝަނަށް ފިލައިގެންއުޅޭ މީސްމީހުން ތިބިތަންތަން ތިނަންބަރާގުޅާފައި ބުނެދިނުމުން ބަލާދާނެބާ؟
ވަންނަ
19 December 2019
މިއީ ވަރަށް ބޭނުންތެރިި ޚިދުމަތެއް! މަރުޙަބާ ރައްޔިތުން!
ބޮނޑަގޭ ދޮންއަލިއެ
19 December 2019
ޕާޑުޕާޑުގެ ސެންޓަރުތަކާއި ނަމްބަރުތައް ހަދާ މީހުން އޮޅުވާން ތިޔަކުރާކަންކަން ހުއްޓާލާފައި، ނިކަން ހެޔޮ ނިޔަތަކާއިގެން ކަންކަން ރަގަޅު ކުރާން އުޅެބަލަ. މަމެން ވިސާ އަށް ލީމާ 3 މަސް، ޑިޕޮސިޓް ރިފަންޑަށް ލީމާ 6 މަސް. މިވަރުން އަދިވެސް ފޮނި ބައިސާ ކެނޑޭތޯ ބަލާތި. ތިއިން ހޮޓްލައިނަކަށް ގުޅާގުޅާ ވަރުބަލިވެ މަމެން ކޯލްޑްވާއިރުވެސް ހޮޓްލައިން އިން ހޮޓްކޮށް ޖަވާބުދެވޭކަމަކަށް ނުވޭ. ދެންވެސް ކޯލްޑް ލައިން ތައާރަފުކޮށްބަލަ. އެއިރުން ނުނަގާނެކަން އިގޭނެތާ
ޖަޑިޒު
19 December 2019
ސަރުކާރު އެހެން އޮފީސްތަކާ އަޅާބަލާއިރު ހިދުމަތް ރަގަޅު އޮފީހެއް ކަމަށް ފާހަގަ ކުރެވޭ!
މުސްކޯ
19 December 2019
ރާއްޖޭގައި ދިވެހިންނަށްވުރެ ބާރުވެރިކޮށް ފޮނިކޮށް ބޭރުމީހުން އުޅެ ދިވެހިން އަޅުވެތިކޮށް ، ކުޑަ އަގުގައި ދިވެހިންގެ ހުނަރުވެރި ރީތި މަސައްކަތްތައް އަމިއްލަކޮށް، ދިވެހިންގެ މައްޗަށް ވެރިވެގަނެ، ދެފަހަރުކުރަންޖެހޭގޮތަށް އަގުހެޔޮކޮށް މަސައްކަތްލިބި ދިވެހިންގެ އިގްތިސާދު ހަލާކުކުރަމުން ވެރިވަމުންދާ ގަޑުބޮޑުވެފައިވާ މައްސަލައަށް މިއީވެސް ހެޔޮބަދަލެއްކަމަށްދެކެން. ހައްލުހޯދުމަށް އޮތް ފުރުޞަތެއްކަމަށް ދެކެން. މިފަދަ އައުޙިކުމަތްތަކަށް މަރުހަބާ ކިޔަން.
އައިސަ
19 December 2019
ކޯލް ސެންޓަރު ތަކަކީ ފޯން އޮޓޯއިން ފޯނު ނެގޭ ގޮތައް ހުންނަ ތަންތަން. ފޯނު ނަގާނެހޭ ކިޔާފަ ސުވާލުކުރާތީ މަ ހަމަ ހައިރާން ވެއްޖެ؟
ނާނާ
19 December 2019
މީ އިމިގްރޭޝަން އިން ކުރިން ދިން ޚިދުމަތެއް ނޫން. ދެން ތިވަރަށް ޖަޖް ކުރަނީ ކީއްވެ؟ ޚިދުމަތުގެ ފެންވަރު ބަލާފަ ފާޑުކިޔުން ކިހިނެއްވާނެ؟
ދިލް
19 December 2019
ފޯނު ނަގާނެބާ؟ ނެގިޔަސް "ތިޔަކަން ކުރާ ކުއްޖާ މިވަގުތު ނެތް" - "ތިކަން ކުރަނީމިތާކުން ނޫން" - "ތިކަން ކުރާ ޑިޕާރޓްމަންޓެއް އިމާރާތެއް ނޭންގޭ" މިނޫން ޖަވާބެއް ލިބޭނެބާ؟
ދިލް
19 December 2019
ފޯނު ނަގާނެބާ؟ ނެގިޔަސް، "ތިޔަކަން ކުރަނ