ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވާހަކަދައްކަވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 ޑިސެމްބަރ 2019 - 00:52
ގައުމު ތަރައްގީވެގެންދާނީ ޓެކްސްގެ ނިޒާމުގެ ތެރެއަށް ވީހާ ވެސް ގިނަ މީހުން ވަދެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އިންކަމް ޓެކްސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވަނީ ހިތި ބޭހުގެ މިސާލެއް ޖައްސަވައިފަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރަނގަޅުވާނެކަމުގެ އުއްމީދާއެކު ކާލަންޖެހޭ ހިތި ބޭސް ވެސް ހުންނާނެ ކަމަށެވެ.
އެކަމަކު އޭނާ އެ މާނަ ކުރެއްވަނީ އިންކަމް ޓެކްސްއަކީ ހިތި ބޭސް ގުޅައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހިތި ބޭހުގެ މިސާލުން އިންކަމް ޓެކްސާ ގުޅޭގޮތުން ވާހަކަދެއްކެވި އިރު، މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން އަންނަ އެޕްރީލް އެކަކުން ފެށިގެން ޓެކްސް ނަގަން ފަށާނެ އެވެ. އިންކަމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެން 60،000ރ. ލިބޭ މީހުންގެ އަތުންނެވެ.
އެ ބިލާ ގުޅޭގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ގާސިމް ވޯޓު ދެއްވީ އިންކަމް ޓެކްސް ނެގުމުގެ ބިލް ފާސްކުރުމާ ދެކޮޅަށެވެ. އިންކަމް ޓެކްސްގެ ބިލާ ގުޅޭގޮތުން މަޖިލިހުގެ ތަޅުމުގައި ހުށަހެޅި ބައެއް އިސްލާހުތަކަށް ވެސް ގާސިމް ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އަޣުލަބިއްޔަތުން އެ ބިލް ވަނީ ފާސްވެފަ އެވެ.
ގާސިމް ވިދާޅުވީ ޓެކްސް ދައްކައިގެން ދައުލަތަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަރާބަރަށް ރައްދުކުރެވިއްޖެނަމަ، ހުން އައިސް ތުރުތުރު އަޅާ އޮތް މީހާ ވެސް ހިތި ބޭސް ކައިގެން ރަނގަޅުވުމުގެ ނަސީބު އެބައޮތް ކަމަށެވެ. އެހެންވެ ގައުމު ތަރައްގީކުރުމަށްޓަކައި ޓެކްސްގެ ނިޒާމުގެ ތެރެއަށް ވީހާ ވެސް ގިނަބަޔަކު ވަނުމަށް ގޮވާލެއްވި އެވެ.
"އެކަން ކުރުމުގައި [ޓެކްސް ދެއްކުމުގައި] ހިތްބަރުކަމެއް ނެތި ސަރުކާރުން ނިންމި ނިންމުގައި އެއްބާރުލުން ދޭން ތިބީ،" ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
25 December 2019
މިހާރު ޓެކުސް ނިޒާމަށް ބަޔަކުތިބީތަ؟
ޑޮކްޓަރ ނާން
25 December 2019
އެއުޅެނީ އެއަރޕޯޓު ސީޕްލޭން ޓާ މިނަލް ބޭނުންވެގެން
އިދުރީސްބެ
25 December 2019
ގާސިމް ލަދެއްނުގަނޭތަ ޓެކްސް ނިޒާމޭ ކިޔައިގެން ވާހަކަދައްކަން. ޓެކްސް ނަގާތީ އެންމެ ކަންބޮޑުވެގެން އުޅެނީވެސް ގާސިމް. އިންކަމް ޓެކްސް ނަގަން ފާސްކުރި ގާނޫނަށް ވޯޓްވެސް ނުދީ އިންކަމްޓެކްސް ނެގީމަ ބޭރު އިންވެސްޓަރުން ނާންނާނެޔޭވެސް ގޮވި. ކޮން ވާހަކައެއްމިދައްކަނީ. އަމިއްލަ އެދުމުގެ ކަންފުޅެއްވެސް ނެތް.
ފަސީ
25 December 2019
އިންކަމް ޓެކްސް ނަގަން އުޅުނީމަ މަނިކުފާނު އުޅުއްވިގޮތް ހަދުމަފުޅު އެބަ ހުންނެވިތޯ؟؟ އަދިވެސް ނިކަމެތި ރައްޔިތުމީހާތޯ، ފެލާލަން މިޖެހެނީ.؟ 2880 ރުފިޔާގެ މުސާރަ ލިބޭމީހާތޯ، ޤުރުބާން ކުރަން މިޖެހެނީ؟ މަހުޖަނުން 80،000 ރުފިޔާގެ މުސާރަ ފަރިއްކުޅުއްވައިގެން އުޅުއްވަންވީތޯ؟ އަމިއްލަ އެދުމެއް ނެތޯ. މަ ހީހީ ހަލާކު
ފަރޭ
25 December 2019
އިސްލާމްދީނުގައި އިންކަމްޓެކްސްގެ އަސާސް ކަނޑައެޅި، އަންގަވާފައިއެބައޮވޭ. އެގޮތްއޮއްވައި، އަމިއްލައަށް ގޮތްތަކެއްހަދައި، ދެޓެކްސް މަސްހުނިވެ ރައްޔިތުންނަށް ވާނުވާދަނީ އޮޅެމުން. ދެކޮޅުންވެސްޓެކްސް. އުޅެންމިޖެހެނީ ދީ، އަނެއްކާވެސް ދީގަ!މިރާއްޖޭގެ މުއްސަނދިކަން އަތަށްކަހާލައިގެންތިބި މަދުމީސްކޮޅެއްގެޖީބަށް ބާރުބޮޑުވާންތަން ފެންނާތީ، އެއުރެން ވަރަށް ކަންބޮޑުއެބަވޭ! ދޭންބޭނުންނޫންއެއްޗެއް ދޭންޖެހޭތީ ތެޅެންފަށާތަން އެބަފެނޭ! ވާނީކިހިނެތްބާ؟
ނސމ
25 December 2019
އަފީފު ދީދީ އެކަމަކު ވާ ދޯ. ތިޔަ ބުނާގިތުން އަންނިއަކަށްވެސް އަދި އިބޫ އަކަށްވެސް ޓެކްސްއާ ބެހޭގޮތުން ވާހަކަދައްކާކަށް ނޭނގޭނެތާ ދޯ. ސަބަބަކީ އެބޭފުޅުންވެސް ފިލާވަޅެއްގެ ގޮތުގަ ޓެކްސް ނުކިޔަވައެވެ.
އަލްކަޓްރެސް
25 December 2019
ދީދީ ބުނެފައިނެތް ޓެކްސްގެ ވާހަކަ ނުދެއްކޭނެ ކަމަށް. އޭގައި އޮތީ ޓެކުހާއިބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ތިގޮތަށް ނުދެވޭނެ ވާހަކަ
އަލްޖިބްރާ
25 December 2019
އިންކަމް ޓެކްސް އާއި ދެކޮޅަށް ތެދުވެފަ މިހާރު ރާގު ބަދަލުވީމަ އެގޭކަމަކީ ޓެކްސް ގެ ބަދަލު ރައްޔިތުންގެ ކިބައިން ހިފަން ތައްޔާރުވާކަން ! ތިކަހަލަ ހަރާން ކޯރު މީހުން އަބަދު ވައިޖެހޭކޮޅަށް ދުއްވަނީ މިބޭނުމުގަ !
އަލްކަޓަރެސް
25 December 2019
ދީދީ ބުނެފައިނެތް ޓެކްސްގެ ވާހަކަ ނުދެއްކޭނެ ކަމަށް. އޭގައި އޮތީ ޓެކުހާއިބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ތިގޮތަށް ނުދެވޭނެ ވާހަކަ .
ބުރޭ
25 December 2019
މޮޔަ ސޭޓު، ކިޔޭ ނުކިޔޭ ނޭނގޭ ސޭޓު
ސިރާޖު
25 December 2019
ޑިޗް ގެ ނަމުގައި ކޮމެންޓްކޮށްފައިވާ ފަރާތަށް ބުނަމެވެ. ޤާސިމަށް އެނގޭވަރަކާއި ނޭނގޭވަރެއް ތިބޭފުޅާއަކަށް ނޭނގޭނެއެވެ. ތިބޭފުޅާއަށް ޤާސިމް އެނގޭނަމަ ތިހެން ނުބުނާނެއެވެ. އޭނާ އެވަރަށް ކުރިއަރާ ދިޔައީ ހަމަ ހުރެފައެއްނޫނެވެ. ކިތައްމީހުންނަށް ފުރުސަތު ލިބި ލޯނުތައްވެސް ލިބިފަވޭހެއްޔެވެ. ގިނަމީހުން ވަނީ ބަނގުރޫޓްވެފައެވެ. އެއީ ތިކަހަލަ މީހުންނެވެ.
އޮނަރަބްލް އަފީފު ދީދީ
25 December 2019
ކުންފުނީގެ ހިސާބުކިތާބަށްބައްލަވާފައި ޓެކްސްނަގާއަދަދުބޮޑުކަމުން ކުންފުންޏަށްސީދާގޮތުން މާލީގެއްލުންވާނަމަ ޓެކްސްދަށްކުރުމަށް ވާހަކަދެއްކުމުގެ ޙައްޤު ޤާސިމަށްވެސްލިބިގެންވޭ. # އެހެންނަމަވެސް ޤާސިމް އިބްރާހިމްއަކީ މަހުޖަނަކަށްވިޔަސް ޓެކްހާއިބެހޭގޮތުން ރައްޔިތުންނަށްމައުލޫމާތުދެވޭވަރަށް ކަމާއިގުޅޭއިލްމުލިބިވަޑައިގެންފައިވާ ބޭފުޅަކަށްނުވާތީ ސިޔާސީވާހަކަ ދައްކާ އުޅޭބީދައިން މިފަދަ އިލްމީ ފަންނީ މައުޟޫތަކަށް ވެދެވަޑައިގަތުމަކީ ރަނގަޅުކަމެއްނޫން.
ކަޓޭ
25 December 2019
އެއްވެސް ޓެކްސް ނިޒާމަކުން ކުންފުންޏަށް މާލީ ގެއްލުމެއް ނުލިބޭން. ލިބޭ ފައިދާގެ ޕަސެންޓެއް މަދުވެދާނެ. 100 ރުފިޔާގެ ފައިދާވާ ތަނުގަ 95 ރުފިޔާ ފައިދާވުމަކީ މާލީ ގެއްލުމެއްނޫން. އެހެން ނޫނަސް، ޓެކްސްއޭ ކިޔައިގެން ވާހަކަދެއްކޭވަރު މީހެއްނޫން ގާސިމަކީ.