ލަކްސް ސައުތު އަރި އެޓޯލްސްގެ ޖެނެރަލް މެނޭޖަރު ޖޮނަސް އަމްސްޓަޑް އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް. -- ފޮޓޯ: ޖެންޑާ މިނިސްޓްރު
13 ޖެނުއަރީ 2020 - 16:49
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަ ކުދިންނަށް ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުން 14،000 ޑޮލަރު (215،880ރ.) މިއަދު ހަދިޔާކޮށްފި އެވެ.
އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ލަކްސް ސައުތު އަރި އެޓޯލްގެ ޖެނެރަލް މެނޭޖަރު ޖޮނަސް އަމްސްޓަޑް ވަނީ ފިޔަވައްޗަށް 7،000 ޑޮލަރު (107،940ރ.) އާއި ކުޑަކުދިންގެ ހިޔާ އަށް 7،000 ޑޮލަރު ހަދިޔާކޮށްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. މި ފައިސާއާ ޖެންޑާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.
Thankyou @luxresorts @LUXSouthAri for your generous donation to provide more opportunities for our children living in #kudakudhingeHiya & #Fiyavathi sheltershttps://t.co/EhLNdFsgLB pic.twitter.com/utf4W4fVN4
— Ministry of Gender, Family and Social Services (@MoGFSSmv) January 13, 2020
ޖެންޑާ މިނިސްޓްރީް ކުރި ޓްވީޓެއް
އެ ރިސޯޓުން ދިން އެހީ ބޭނުން ކުރާނީ ދައުލަތުގެ މަރުކަޒުތަކުގައި ދިރިއުޅެމުން އަންނަ ކުދިންނަށް އަމާން، ރައްކާތެރި އަދި ފަސޭހަ އިން ދިރިއުޅެވޭނެ މާހައުލެއް ބިނާ ކުރަން ކަމަށް މިނިސްޓްރު ޝިދާތާ އެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ. އަދި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ދޭ އެހީން އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި 155 ކުދިން ދިރިއުޅެ އެވެ. އޭގެ ތެރެއިން 107 ކުދިންނަކީ ފިޔަވަތީގައި އުޅޭ 13 އަހަރުން ދަށުގެ ކުދިންނެވެ. ތޭރަ އަހަރުން މަތީގެ 48 ކުދިން އުޅެނީ ކުޑަކުދިންގެ ހިޔާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާލާ
14 January 2020
ދެން ތި ރުފިޔާ ތަައް ކާލާނީކެނޫން
މުގޮށި
14 January 2020
ދެން ރުފިޔާ ތަަަަައ