26 މާޗް 2020 - 19:17
މާލެ އާއި ތިލަފުށި ގުޅުވާލަން އަޅާ ބްރިޖްގެ ސާވޭކުރުމަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުގެ އަޑި އާއި އެއްގަމުގެ ބިންގަނޑު އޮތް ގޮތް ބެލުމަށްޓަކައި ހަދާ ޖިއޯ ފިޒިކަލް ސާވޭ ކުރުމަށް ބޯހޯލް ތޮރުފަން މިއަދު ފެށީ، މާލެ އާއި ވިލިމާލެއާ ދެމެދުގެ ކަނޑުގެ ސަރަހައްދާއި ވިލިމާލޭ ދެކުނު ފަރާތު ފަރުމަތީގަ އެވެ.
ފަނަރަ މިލިއަން ޑޮލަރަށް މި ބުރިޖުގެ ޑިޒައިނަށް ބޭނުންވާ މެރިން ޖިއޯޓެކްނިކަލް ސާވޭ އާއި ލޭންޑް ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތް ހަވާލުކުރީ ނެދަލޭންޑްސްގެ ފުގްރޯ ކުންފުންޏާ އެެވެ. ސާވޭ ކުރުމަށްޓަކައި ފުގްރޯ ކުންފުނިން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފާނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ހާއްސަ ޕްލެޓްފޯމުތަކެއް ބާއްވައިގެން އެ ސަރަހައްދުގައި މަސައްކަތް ފެށުމާއެކު، ޕްލެޓްފޯމު ވަށައިގެން 100 މީޓަރު ތެރޭގައި ކަނޑުދަތުރުކުރުމަކީ ނުރައްކާތެރި ކަމެކެވެ. އެހެންވެ، މަސައްކަތް ނިމެންދެން، ހާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރި އެވެ.
މިހާރު އެ ސަރަހައްދުގައި ޑައިވް ކުރުމާއި މޫދަށް އެރިއުޅުމަކީ ވެސް ނުރައްކާތެރިކަމެއް ކަމުން، މަސައްކަތް ނިމެންދެން، އެކަން ވެސް ވަނީ މަނާކޮށްފަ އެވެ.
ބުރިޖު އެޅުމުގެ ކުރިން ކުރަން ޖެހޭ ސާވޭގެ މަސަައްކަތަށް ބޭނުންވާ ސެލްފް އެލެވޭޓިން ޕްލެޓްފޯމް އާއި އިތުރު ބައެއް ބަރު މެޝިނަރީތައް، މި މަހުގެ 20 ވަނަ ދުވަހު ވަނީ ގެނެސްފަ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އަޅަން ނިންމާފައިވާ މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. މި މަޝްރޫއަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާން
27 March 2020
ޖީބަށް ބައެއް އިންޑިޔާއަށް ބައެއް. ފަންޑިތަ ސޫޕް ބުއި ކުދިންނަށް ބޮޅެއް
ކެޔޮގަނޑު
27 March 2020
ޖީބަށް ބައެއް އިންޑިޔާއަށް ބައެއް
މުޙައްމަދު އިބްރާހީމްގެ އާދަމް
27 March 2020
ފޭކު ނުޖައްސާ. 700 މިލިޔަން ޑޮލަރު ހަރަދު ވާނެކަމަށް ބަޖެޓްކޮށްފަ އޮތީ. ކޮން އޮޅުވާލުންތަކެއް މިއުޅެނީ. އަދި އިންޑިޔާއިން ކުރާނެކަމަށް އެބުނާ ހަރަދުކޮބާ. ސާފުކޮށްދީބަލަ. އިންޑިޔާއިން ދޭންބުނި އެއްވެސް އެއްޗެއް އަދި ފެންނާކަށް ނެތް. ފެންނަނީ ހުސް ފިގަރތައް
ނީރާ
27 March 2020
މިހާރު އަޅާފަ އޮތް ބްރިޖަކީ އެމް ޑީ ޕީ ސރުކާރުން 2010 ގައި އެބްރިޖް އެޅުމަށް ކުރަންޖެހޭ ޕޭޕރ ވާރކް ނިންމިފަުން ޕީ ޕީ އެމް ވެރިކަމަށްއައިސް ކޮންމެވެސް ބައެއްގެ ޖީބު ފުރާލަންވެގެން މާބޮޑުއަގެއްގައި ރާއްޖެ ދަރުވާލާފަ އެޅި ބްރިޖެއް. މިފަދަކަންކަމަކީ ޔާމީނުގެ ތަޞައްވުރެއްނޫން. ޔާމީނުގެތަޞައްވުރަކީ ކޮބާކަން ރައްޔިތުންނަކަށް ނޯޅޭނެ. އެ ތަޞައްވުރުގައި ކުލަޖައްސައިގެން ހުންނަންޖެހޭ ތަނުގައި މިހާރު އެހުރީ އެހެން ނޫންތޯ.
ކޮމެންޓްކުރާމީހާ
27 March 2020
މީހުންނާ ޒާތީވިޔަސްދެންތީ ބޮޑުވަރު ނީރާ އިނގޭތޯ.. ސިނަމާލެ ބުރިޖަކީ ނަޝީދުވެރިކަމުގައި އެޅި ބުރިޖެކޭ ބުންޏަސް ޤަބޫލުކުރާނެ ބައިވަރު މީހުން މިޤައުމުގައި ތިބޭނެ.... ސަބަބަކީ ގިނަމީހުންނަށް ޤަބޫލުކުރެވެނީ ދޮގުވާހަކަ
ލޯމާފާނު
27 March 2020
ޙުޅުމާލެގަ ހިއްކާފަ އޮތްތަން ފުރިގެން ބަންޑުން ވެގެން މީހުން އުޅޭނެ ތަނެއް ނެތިގެން ގުޅީފަޅު އާބާދު ކުރަން މިހާރުން މިހާރަށް ޖެހިގެންތަ ވިލިގިއްޔަށް ބްރިޖް މި އަޅަން އުޅެނީ؟ ދުނިޔެ މި ދަނީ އިގްތިސާދީ އަނދަވަޅަކަށް. މިމީހުން އަދިވެސް ފައިސާ ދަރަންޏަށް ނެގުމުގަ.
ރަންނަ
27 March 2020
ބައެއްމީހުންނަށް އޮޅުވާލެވިދާނެ ފާޑުފާޑުގެ ކޮމެންޓް ކޮށް. ގުޅީފަޅަށް ޕޯޓް ބަދަލުކޮށް ގައުމީ ޝިޕިންލައިން ކުރިއަރުވާ ޓްރާންސިޓް ބަނދަރު ހެދުނީމަ އިގްތިސާދަށް އޭގެ ސީދާ އަސަރު ފެނިގެންދާނެ. ހުޅުމާލެ ހިއްކާ ރައްޔިތުން އެތަނަށް އަޅާލީމަ ހަމަ ހައްތަހާ ގަނޑެތެޅެން ޖެހޭނީ. މަހުޖަނުންގެ ޖީބުތައް ބަންޑުން ވާނެ ރަނގަޅު ވާހަކައެއް. 2008 ވަނަ އަހަރު ލައްވާލި އިގްތިސާދީ ކާރިސާއެއްނޫން ދުނިޔެއަށް ލައްވާލީ. މިބަލިން އަރައިގަނެވުމާއެކު އިގްތިސާދުތައް ހިނގާނެ
ވަހީދު
27 March 2020
ކުރީ ސަރުކާރުން ބޯހޯލް ތޮރުފީ ތިންފައިކަށި ގާ އޮތް ސަރަހައްދުން އެއްގަމުގައި. އެމީހުން ހޯދަން ބޭނުންވި މައުލޫމާތަކީ އެސަރަހައްދުގެ ފަސްގަނޑުގެ ބާރު ހުރި މިންވަރު. ކަނޑުގައި ކުރި ތަހްލީލަކީ އޮއި ދަތުރު ކުރާ މިންވަރާއި ބެހޭ ތަހްލީލެއް. އެކަން ކުރީ ސިފައިންގެ އުޅެދެއްގައި ގޮސް ބޮއެތަކެއް ފައްތައިގެން. 15 މިލިޔަން ޑޮލަރު އެކަމަށް ޚަރަދެއް ނުކުރޭ.
ދެރަ
27 March 2020
އިންޑިޔާގެ އަޅަކަށް މިތަން ނުހަދާށެވެ. ތިތަފައިސާއިން އިހަވަނދިއްޕޮޅު ގައި ޓްރާންޝިޕްމަންޓް ބަދަރުހަދާށެވެ. ޢިންޑިޔާއަށް ރާއްޖޭގެ އުތުރާއި ދެކުނު ނުދޭށެވެ. ޢެއީ ވިހަގަދަ ފައިދިގުމަކުނެކެވެ. ޢިންޑިޔާއަކީ ބިންބޮޑުކޮށް މުސްލިމުން އަޅުވެތިޖުރާބައެކެވެ. ޢިބޫއަށް ތާއީދު ކުރަންދަތީ މިހެންވެއެވެ.
އަހަރެން ނުދެކެން
26 March 2020
ދަރިންނޭ މިޖަހަނީ އަޅުވެތިކަމުގެ ދަންތޫރަ. އެމްމެ ފަހުން ބުރިޖުނޭޅި ލޯނުތަކެއް އިންޑިޔައަ ދައްކަން ޖެހޭތަން އަންނާނީ. މާޒީ ބައްލަވާ.
ރަންނަ
27 March 2020
މާޒީ ބަލާނެކަމެއްނެތް. ދިވެހިންގެ ބުރިޖު ދިވެންނަށޭ ކިޔާ ގޮވިޔަސް ދެން ބަޣާވާތެއް ނުކުރެވޭނެ މިގައުމަކު.
އަހަރެން ނުދެކެން
26 March 2020
ކުރީގެ ސަރުކާރު މާބޮޑައްވެސް ރަގަޅު. ހިތައް އަރާ ރައިސް ޔާމީނަ ވޯޓް ދެވުންނަމައޭ.
ހަނުހުންނަ މީހާ1
27 March 2020
ތީ ކުރިންވެސް ޔާމީނަށް ވޯޓްދިން މީހެއް. މާ ނޫންކަމަށް ހެދޭނެ ކަމެއްނެތް.
ވަތަން އިސްކުރަންޖެހޭ
26 March 2020
ސަރުކާރު ނިމޭއިރު ރާއްޖެ އޮންނާނީ ވަރައް ނާޒުކު ވައްތަރެއްގަ. ޤައުމަ ހެޔޮއެދޭ ބައެއްނުން މިސަރުކާރަކީ.