ރަށަށް ދިއުމުގެ ކުރިން ބަޔަކު ކަރަންޓީން ފެސިލިޓީއަށް ދަނީ-- ޓްވިޓާ ފޮޓޯ: އިމްރާން
19 މެއި 2020 - 19:02
ރަށް ރަށަށް ދާން ބޭނުންވާ 800 އަށް ވުރެ ގިނަ މީހުން ކަރަންޓީނަށް ފޮނުވާފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކި ބޭނުންތަކުގައި އައިސް އުޅެނިކޮށް މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ތާށިވި މީހުންގެ ތެރެއިން 830 މީހުން މިހާރު ކަރަންޓީނަށް ފޮނުވާފައިވާ ކަމަށެވެ. އަންނަ އާދިއްތަ ދުވަހުގެ ކުރިން މަދުވެގެން 1،800 މީހުން ރަށަށް ފޮނުވުމަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީން ކުރުމަށެވެ. އެކަމަށް ހަތް ރިސޯޓެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ، އައްޑޫ ހެރަތެރެ އާއި ދ. އިރުވެލި ރިސޯޓްގެ އިތުރުން ޅ. ފުށިފަރު ރިސޯޓާއި ރ. ފުރަވެރި ރިސޯޓާއި ހދ. ހޮނޑާފުއްޓާއި ފ. ފިލިތެޔޮ އަދި މ. މެދުފުއްޓެވެ.
Lockdown ge haalathu medhuverivi vaguthu eki beynun thakuga Malé aiss thibi atholhu thakuga dhiulhey rayyithunge therein rashah dhaan beynunvaa 830 meehun mihaaruvanee quarantine ah fonuvifa. 24 May ge kurin madhuvegen 1800 meehun rashah fonuvumattakaa quarantine ah fonuveyne iA. pic.twitter.com/Q1wqTgbdwH
— Imran Abdulla (@ShimranAb) May 19, 2020
އެ ރިސޯޓުތަކުގައި 14 ދުވަހު ކަރަންޓީން ކުރުމަށް ފަހު ކޮވިޑް-19 އަށް ކުރާ ޓެސްޓް ނެގެޓިވްވުމުން އެ މީހެއްގެ ރަށަށް ސަރުކާރުން އެ މީހަކު ފޮނުވައިދޭނެ އެވެ.
މާލެއިން ކޮވިޑް-19 ގެ ބަލި މީހެއް ފެނުމާ އެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެކަމުގެ ސަބަބުން އެކި ބޭނުންތަކުގައި މާލެ އައިސް ތިބި ގިނަ ބަޔަކު ތާށިވެ އޭގެ ތެރެއިން ބައެއް މީހުން ހާލުގައި ޖެހުނެ އެވެ. އެ މީހުންގެ ކެއުމާއި ހުރުމުގެ ކަންކަން ސަރުކާރުން އަންނަނީ ބަލަހައްޓަމުންނެވެ.
އެގޮތަށް ރަށްރަށަށް ނުދެވިގެން 5،000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެކަމަށް ހައްލެއް ހޯދައި އަތޮޅުތެރެ އަށް މީހުންނަށް ފުރޭނެ އުސޫލެއް ކަނޑައަޅާފައިވެ އެވެ. އެ އުސޫލުގައިވާ ގޮތުން އެންމެ ފުރަތަމަ އިސްކަން ދޭނީ އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް މާލެ އައިސް އެނބުރި ރަށަށް ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރިދޫ ބޮޑޭއް
23 May 2020
ތިއްދަކަނީ ހަމަ ރަންގަޅު ވާހަކައެކޭ
އެޑްމުންޑޯ
20 May 2020
ތިހެންކިޔާތާވެސް މިހާރު ކިތައްދުވަސް ، މިހަފްތާގައި ތިފޮނުވިމީހުން 14 ދުވަސްކޮއްފައި އައީމާ ދެން އަނެއްގްރޫޕް ، މިހެންދަންޏާ އަދިވެސް ދެމަސްނަގާނެ ރަށައްދެވެން،
ބޮޭޑޭއް
23 May 2020
އާން ރަށައް ދާން 2 މަސްވަރުު ވުމަކީ ހަމައެއްކަށީގެންވާކަމެކެވެއް
ޚިޔާލު
20 May 2020
ހުރިހާ އެންމެންވެސް ބަލަންވީ މިދުވަސްކޮޅު ރަށަށް ގޮސް ރަށުގައި ދިރިއުޅުމަށް. ފުރަތަމަކޮޅު ވަޒީފާ ނުލިބިދާނެ. އެކަމަކު ރަށުގައި ކުރެވޭނެ ކިތަންމެ މަސައްކަތެއް އެބަހުރި. ފަހާތަނެއް ހިންގިދާނެ. އަސާރަ ހަދާފައި ވިއްކިދާނެ. މަސްހިއްކާފައި ވިއްކިދާނެ. ބޭކަރީއެއް ހިންގިދާނެ. ކިޔަވާދެވިދާނެ. ވެލްޑިން ކުރެވިދާނެ. ޓޫރިޒަމް ރަގަޅުވީމާ ގެސްޓްހައުސްއެއްވެސް ހެދިދާނެ. މަހަށް ދެވިދާނެ. ދަނޑުވެރިކަން ކުރެވިދާނެ. އެއްވެސް މަސައްކަތަކީ ހުތުރު މަސައްކަތެއްނޫން.
ޒުވާނާ.
20 May 2020
ކީއްތޯވާނީ ފުލުހުންނާ ސިފައިންްގެ ޔުނީފޯ މު ފަހަން އެތިބަ ބަނގަލަ ތައް އެތަނުން ބޭރުކޮއްފަ ދިވެހިންގެ ތެރެއިން ފަހަން ދަންނަ މީހުން ގެންގޮސް 50.000 ރުފިޔާ މީހަކައް ދީފަ ވަޒީފާ ދިނިއްޔާ ކަ މެއް ނުކޮއްތިބި މަޖިލިސް މެންބަރަކައް ވީމަތޯ 90.000 ރުފިޔާ ގެޔައް ގެންދެވެންވީ ސިފައިންގެ ކެންޓީނު ތަކުންވެސް ބިދޭސީން ހުސްކޮއް ބޮޑު މުސާރަޔައް ދިވެހިން ލާބަލަ
ލާމަރުކަޒީ
20 May 2020
ސަރުކާރުން ދައްކަނީ ބަންގާޅިންގެ ސަލާމަތާ ރައްކަތެރިކަމުގެ ވާހަކަ ދިވެހިންގެ އެތައް ބަޔަކު މާލޭގަ ތާށިވެފަ ތިބިހެނެއް ހީވެސް ނުވޭ
ހުސޭނު.
19 May 2020
އަހަރުމެންގެ ވަޒީފާ ގެއްލިއްޖެ. ކުއްޔަށް އުޅޭގޭގެ ގޮލާ ކުލިން ލޯލާރިއެއްވެސް ކަޑާކަށް އެއްބަހެއްނުވި. އަހަރުމެން މިތިބީ ފާޑަކަށް ރަޙީނު ވެފަ. މިތަނުން ނިކުމެވޭކަށްނެތް. ރަށަށް ދެވޭކަށްނެތް. ކީއްވެ އަހަރުމެނަށް ގޮތެއް ހޯދާ ނުދީގެން ތިއުޅެނީ. ކުލި ނުދައްކައޭ ކިޔާފަ ގޭގެ ވެރިމީހާ އަހަރުމެން ކާލަފާނެ ހެންހީވަނީ. އެކަމަކު އޭޏައަށް ނޭގޭ ކުލި ދެއްކޭނެ ގޮތެއް އަދި މިތަނުން ނިކުމެވޭނެ ގޮތެއްވެސް ނެތްކަން. ސަހަރޯ.
ޙަބީބު
20 May 2020
ރަށުގަ ޝުކުރުކޮއްލައިގެން ދެންވެސްއުޅޭ މީބަނބުކެޔޮ ސަރުކާރު ބިދޭސީންގެ ސަރުކާރު
ޖަވާހިރު
19 May 2020
ވަޒީރޫ.... ! ފުރަތަމަ ކުލިދެއްކޭނެ ގޮތެއްނެތިފައި ތިބި އާއިލާތަށް އެމީހުންގެ މުދާ ކޮޅާއި އެކު އެމީހުންގެ ރަށަށް ދެވޭނެ ގޮތް ހަމަޖައްސާދީބަލަ.
ރައްޔިތުމީހާ
20 May 2020
ބޭސްވެރިކަމުގައާއި، ރިސޯޓުން ރަށަށްދާން މާލެގޮސް ތަންތަން ކުއްޔަށް ހިފައިގެން ތިބިމީހުންވެސް ތިބީ ލާރި ގިނަވެފައެއްނޫން.
އެސްކޮބާރ
19 May 2020
ނިއުނޯމަލްއަކީ މާލޭގެ ކުލީގެ އަޅުވެތިކަމުގައި ރައްޔިތުން ބޭތިއްބުންކަމަށް ވެގެން ނުވާނެ. ވީމާ ވީހާވެސް ގިނަބަޔަކަށް ކަރަންޓީނުގައި ތިބެފައި ރަށަށް ދެވޭނެގޮތް ހަމަޖައްސަން ޖެހޭ. މީހުން އުޅޭ ރަށްރަށުގައި ހުރި ކަރަންޓީނު ފެސިލިޓީތަކުގެ ބޭނުންވެސް ހިފަންޖެހޭ. އެތައްހާސް ބަޔަކު ރަށަށް ދާން ބޭނުންވެފައި ތިބިއިރު 1،800 މީހުންނަކީ ވަރަށް މަދު ބައެއް. ރަށްރަށަށް ދާމީހުންނަށް ދިރިއުޅުން އާރާސްތުކުރުމަށް އެހީދޭންވެސް އެބަޖެހޭ. ރިސޯޓުތަކަށް ލޯނުދިންގޮތަށް.
ރާސްތާ
19 May 2020
މާލޭގައި ކުރިއްސުރެ ިރިއުޅެމުންދިޔަ ކުލި ނުދެއްކި މާލޭއި ދިރިއުޅުމަށް ދަތިވެ އަމިއްލަ ވަޒަަސް ދިޔުމަށް އެދި އެދި ތިބި 5000 މީހުންނާ ބެހޭގޮތުން ވާހަކަދައްކާ ވަޒީރަކު ނޫޅޭ
މޮހޮދޮފުތާ
19 May 2020
އެންމެން އެއްފަހަރާ ނިކުމެގެން މާލޭ ބަނދަރު މައްޗަށް ހިގައި ގަނޭ. މާލޭ ސަރުކާރަކީ ގަދަކަމުން ކަންކަން ކުރުވާން ޖެހޭ ޒާތު ސަރުކާރެއް.
ދިވެހި ބޯޓް
19 May 2020
ނުޖެހޭ މާލޭގައި އެމީހުން އިތުރަށް ހިފަހައްޓާކަށް. ކަރަންޓީނުގައި ބައިތިއްބަން އެމީހުން ސަރަހައްދީ ކަރަންޓީން ފެސިލިޓީ ތަކަށް ފޮނުވާ.
ޝައްފަ
19 May 2020
14 ދުވަހަކީ އިތުބާރު ހުރި މުއްދަތެއް ނޫން. ޅަންކާ ގައި ކަރަންޓީން ކުރަނީ 28 ދުވަހު.