ޚަބަރު

ކިރިޔާ ލަސްވިޔަސް ބޯޓު ސަލާމަތެއް ނުވީސް: ފަޅުވެރިން

ގދ. ގައްދޫގައި ދުއްވާ މާލެ ދަތުރުކުރާ މުދާ އުފުލާ ބޯޓެއް އިންޖީނު ހުއްޓި ފަރަށް އަރަނިކޮށް އެ އަތޮޅުގެ މަސްދޯންޏެއްގެ އެހީގައި ބޯޓު ސަލާމަތްކޮށްފި އެވެ.

ހުވަދު އަތޮޅަށް ވަރަށް ބޮޑަށް ވިއްސާރަވެ ކަނޑު ގަދަވެފައިވާއިރު، ގައްދޫ އެކްސްޕްރެސް ބޯޓުގެ އިންޖީނު ހުއްޓުނު އިރު އެ ބޯޓު އޮތީ އެ އަތޮޅު ދާންދޫ ކައިރީގައި އޮންނަ "ވޮޑަމުލަ" ފަރާ ވަރަށް ކައިރީގަ އެވެ. މޯލްޑިވްސް ފިޝަމޭން އިން ޓުވީޓުކޮށްފައިވާ ގޮތުގައި އެ ބޯޓު ސަލާމަތްކޮށްފައި ވަނީ ކައިރީގައި އޮތް މަސް ދޯންޏެކެވެ.

ބޯޓު ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ޑެއިސީވިއު ނަމަކަށް ކިޔާ މަސްދޯނީގެ ފަޅުވެރި އަހުމަދު ޝާފިއު "މިހާރު" އަށް ބުނި ގޮތުގައި، އެ މަސްދޯންޏާ ބޯޓާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންނަމަވެސް އެ ބޯޓަކީ ގެމަނަފުއްޓަށް މުދަލާ އެކު އެ ދުވަހު ދާން އޮތް ބޯޓެއް ކަމުން، އެ ބޯޓުގައި އެ ދޯނީގެ ބައެއް މުދާ ވެސް ހުރި ކަމަށް އޭނާ ބުންޏެވެ. އަދި ބޯޓު ވީ ހިސާބެއް ބެލީ ވިއްސާރަވީމަ އެ މުދާކޮޅު އެ ދުވަހު ލިބޭނެތޯ ބެލުމަށް ކަމަށް އޭނާ ބުންޏެވެ.

"ވިއްސާރަވީމަ ދެން އެ ދުވަހު ބޯޓު ނާންނާނެ ކަމަށް ހީކުރީ. އެހެންވެ އެންމެން އެންމެނަށް ކުރި ބަހުސަކަށް ފަހު ބަލާލީ ބޯޓުވީ ހިސާބެއް، އޭރު އޮތީ އަތޮޅަށް ވަދެ ދާންދޫ ކައިރީ އޮންނަ ވޮޑަމުލާ ފަރު ކައިރީގައި،" ޝާފިއު ކިޔައިދިނެވެ.

"އަނެއްކާ ފަސްމިނެޓު ފަހުން ބެލި އިރު ވެސް ހަމަ އެތާ ގައި. ދެން ވިއްސާރަ ވީމަ ގޯހެއް އުޅޭހެން ހީވާތީ އަޅުގަނޑުމެން ގުޅާލީ ގުޅީމަ އިވުނީ އެންމެން ރޮއެ ނަގާ އަޑު."

އޭނާ ބުނި ގޮތުގައި އޭރު ގަޑިން އިއްޔެ 5:35 އެވެ. އޭރު މަސް ދޯންޏާއި ބޯޓާ ދެމެދުގައި ހަތަރު މޭލުގެ ދުރުމިނެއް ހުއްޓެވެ. ވީ އެންމެ އަވަހަކަށް ގޮސް ބޯޓު ސަލާމަތްކުރަން މަސައްކަތް ފެށި އިރު، ބޯޓު ކޮންމެވެސް ވަރަކަށް ދިޔަވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ވާ ޖެހީމަ ކަނޑައިގެން ދިޔައީ، އަނެއްކާ ދެވަނަ ފަހަރަށް ވާޖަހައިގެން ބޯޓު ދެމުނީ، އެކަމަކު ވެސް ބޯޓަށް އެކިވަރުގެ ގެއްލުންވި،" އޭނާ ބުންޏެވެ.

މި ހާދިސާ ދިމާވި، އެކްސްޕްރެސް ބޯޓުގެ ފަޅުވެރި މުހައްމަދު ފައިސަލް "މިހާރު"އަށް ބުނި ގޮތުގައި ހާދިސާ ހިނގާފައި ވަނީ ފަތިހު ހަތަރެއް ޖަހާކަން ހާއިރެވެ. އަދި އެކަން ހިނގީ ކަނޑުގަދަވެގެން ނޫން ކަމަށާއި ކަނޑުމަތީގައި އޮއްވާ އިންޖީނު ހުއްޓުނީ ކަމަށް އޭނާ ބުންޏެވެ. އަދި އިންޖީނު ހުއްޓިފައިވަނީ ބުރަފަތީގައި އެއްޗެއް އޮޅިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ހާދިސާ ހިނގުމުން އެންމެ ފުރަތަމަ ވެސް އެންގީ ކޯސްޓްގާޑަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ފައިސަލް ބުނި ގޮތުގައި ސަލާމަތްކުރަން ދިޔަ ދޯންޏަކީ ދަަންނަ ބައެއް އުޅޭ ދޯންޏެއް ވެސް ނޫނެވެ. އެ ދޯނިން ގުޅި އިރު ވެސް ތިބީ އެކި ރައްޓެހި ދޯނިތަކާއި ބޯޓުތަކަށް ގުޅައި އެހީއަށް އެދިއެދި ކަމަށް އޭނާ ބުންޏެވެ.

"ޑެއިޒީ ދޯންޏަށް އާދެވުނު އިރު ބޯޓު އޮތީ ހަމަ 15 ވަރަކަށް ފޫޓު ފަރަށް ނާރާ ސަލާމަތުން، މިނެޓެއް ހާއިރު ލަސްވި ނަމަވެސް ބޯޓު ސަލާމަތް ނުވީސް،" ފައިސަލް ބުންޏެވެ.

ބޯޓު ސަލާމަތްކުރަން ކުރި މަސައްކަތުގެ ތެރެއިން ދެތިން ފަހަރަކު ފަރުގައި ޖެހި ބޯޓަށް އެކިވަރުގެ ގެއްލުން ވީ ނަމަވެސް މަރާމާތުކޮށްގެން އެ ދޯނީގެ އެހީގައި މިހާރު ގެމަނަފުއްޓަށް ބޯޓު ވަނީ ގެންގޮސްފަ އެވެ.

38 ކޮމެންޓް, 349 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 5%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމަރޭ

09 June 2020

އެހީވެދިން ދޯނީގެ އެންމެންގެ ފޮޓޯ އާންމުކޮށް ބަަތަލުންގެ ދަރަޖަދޭންޖެހޭ. ތީ ހާދަ އެހެންމީހުންގެ ހާލަށް ވިސްނާ ހިތްވަރުގަދަ ޖެހިލުންކުޑަ ބައެކޭ..ތިޔަ ބޭފުޅުންނާއި ދޭތެރޭ ފަހްރުވެރިވަން. ﷲމާތް އެމަސްވެރިން މެދުވެރިކުރައްވާ އެ ބޯޓާއި އޭގެ މީހުން ސަލާމަތްކޮށްދެއްވިކަމަށްޓަކާ ހަމްދު ކުރަން.. އަދި ކޯސްޓްގާރޑްގެ ބޭފުޅުންވެސް ކެނޑިނޭޅި ނުރައްކާތެރި ހާލަތްތަކުގައި އަދާކުރާ ދައުރަށްވެސް ޝުކުރުވެރިވަން..

The name is already taken The name is available. Register?

ރީތި މޫސަ

08 June 2020

الحمد لله ތިއިންސާނިއްޔަތަކީ ބަޔަކުހާލުގަޖެހޭވަގުތު އެހީވުން ހެޔޮރަހްމަތްލައްވާށި އާމީން

The name is already taken The name is available. Register?

ޢީހްސާސް

07 June 2020

ކޮބާބާ ކޯސްޓުގާޑުގެ ހަބަރަކީ؟

The name is already taken The name is available. Register?

އެންދެރި

07 June 2020

الحمد لله

The name is already taken The name is available. Register?

ބޮޑުމީހާ

07 June 2020

ގައުމުގެ ލޭނާރު މަސްވެރިކަން. ފިޝަރީސް ސައިންސް މާއްދާ އޮންނަނީ އޮޕްޝަނަލްކޮށް. އެމާއްދާ ދިވެހި މުޖްތަމައުއާއި ގުޅޭގޮތުން ހުރިހާ ދަރިވަރުންވެސް ކިޔަވާ މަޖްބޫރު މާއްދާމާއްދާއަކަށް ހަދަންޖެހޭ

The name is already taken The name is available. Register?

ފިޝަރީޒް ސައިންސް

07 June 2020

ރަނގަޅު ވާހަކަ އެއް.މެރިން ނޫނީ މެރިޓައިމް ކޮމްޕޮނެންޓް ވެސް އަސްލު ހިމަނުން މުހިއްމު މިހާރަށް ވުރެ ބޮޑަށް

The name is already taken The name is available. Register?

ނަޖީބު މަޑަވެލި

07 June 2020

ބަނޑިދޫ ގާދިރު ދޯނި ދޯ.މަސަސޭ އިނގޭނީ ބޯޓަށް ވެފައޮތްވަރު.

The name is already taken The name is available. Register?

ވަހީދު

07 June 2020

ގއ ގެމަނަފުށީގައި ދުއްވާ ޑެއިސީވިއު ދޯނީގެ ކެޕްޓަނަކީ ފިޝަރީޒް ސައިންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހަދާފައިވާ، މަސްވެރިކަމުގެ ތަޖުރިބާ ހުރި ކަނޑުފަޅު ދަންނަ ބޭފުޅެއް، އަދި ގެމަނަފުށީ ސްކޫލުގައި އެތައް އަހަރެއް ވަންދެން ސައިންސް ސްޓްރީމްގެ މާއްދާތައް ކިޔަވައިދެއްވާފައިވޭ، އޭނަ އަކީ ވަރަށް ވިސްނުން ތޫނު ހިތް ހެޔޮ ބޭފުޅެއް.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

07 June 2020

އުފައުވެރި އިބުރަތްތެރި ޚަބަރެއް.

The name is already taken The name is available. Register?

ވަހީދު

07 June 2020

ގެމަނަފުށީގައި ދުއްވާ ދ. ބަނޑިދޫ ދޯއްޏެއް

The name is already taken The name is available. Register?

ހަބީބު.

07 June 2020

ކަނޑައް ކުނިއެޅުން ހުއްޓާލާ ވަލާ ގޯނިފަދަ އެއްޗެހި ނާޅާ ތިމާޔައް ހަމައެކަމުގެ ރައްދު އަންނާނެ ސަލާމަތް ވީތީ އުފާކުރަން

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454