އދ. އިން ރާއްޖޭގައި މަޝްރޫއުތަކެއް ހިންގުުމުގެ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އދ.ގެ މަންދޫބު ސޮއިކުރައްވަނީ.
09 ޖުލައި 2020 - 14:37
ދެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި، ރާއްޖޭގައި ހުންނަ އދ. ގެ އޮފީހާއެކު މިއަދު ސޮއިކޮށްފި އެވެ.
އދ.ގެ އޮފީހާއި ފޮރިން މިިނިސްޓްރީން ނެރުނު ޖޮއިންޓް ޕްރެސް ރިލީޒެއްގައި ބުނީ އެސްޑީޖީ ފަންޑާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު ކެތުރިން ހަސްވެލް ކަަމަށެވެ.
ފޮރިން މިނިސްޓްރީ އާއި އދ. އިން ހެދި ފުރަތަމަ ޕާޓްނަޝިޕަށް ހަރަދުކުރާނީ އެސްޑީޖީ ފަންޑުންނެވެ. އެ އެއްބަސްވުން ތަންފީޒުކުރުމުގައި ސަރުކާރާއި އދ. ގެ އެޖެންސީތަކާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންތަކާއި އަމިއްލަ އިދާރާތައް ވެސް ހިމެނެ އެވެ. ދެ އަހަރަށް ހިންގާ ޕްރޮގްރާމުން އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވޯކު (އައިއެންއެފްއެފް) ގެ ހިންގުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެ މަޝްރޫއަށް 1.4 މިލިއަން ޑޮލަރު ހަރަދުވާއިރު އޭގެ މަގުސަދަކީ މާލީ ކަންތައްތަކުގެ ޕްލޭނިން ޕްރޮސެސް ރަނގަޅުކޮށް މޫސުމީ ބަދަލުތަކާއި ހަމަހަމަކަމާއެކު އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އދ. އާއި ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއުން ދިގު މުއްދަތަކަށް ފައިދާކުރާނެ ކަމަށެވެ.
ދެ ވަނަ ޕްރޮޖެކްޓަކީ، އދ. ގެ ކޮވިޑް-19 ރެސްޕޮންސް ޕްލޭން އަދި ރިކަވަރީ މަލްޓި ޕާޓްނާ ޓްރަސްޓް ފަންޑުން ހިންގާ ޕްރޮޖެކްޓެކެވެ. އެކަމަށް 360،000 ޑޮލަރު ހަރަދުވާނެ ކަމަށް ބުންޏެވެ. އެ ޕްރޮޖެކްޓުން ނަފްސާނީ ދުޅަހެޔޮކަމާއި ސައިކޮލޮޖިކަލް ސަޕޯޓް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ދިނުމުގެ ގޮތުންނެވެ.
އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައިގައި އދ. އަށް ޝުކުރު އަދާކުރެއްވި އެވެ. އދ. ގެ މަންދޫބު ވަނީ ރާއްޖެއަށް އެހީތެރިކަން ދިނުމަށް ޕެންޑެމިކް އިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީ 2030 ގެ އެޖެންޑާ ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ.
09 July 2020
ވަރަށް ބޮޑު ފާޓުފުޅާ 2 ޕުރޮޖެކްޓް...ވަރަށް ސަލާމް ސަހުވަތުގެ ސަރުކާރު...