އިމްރާން: އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އައިސްފައި އޮއްވާ އޭނާއަށް ވަޒީރުކަން ކުރެވިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ --ފޮޓޯ/މިހާރު
17 އޯގަސްޓް 2020 - 13:53
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުނުކުރެވި އޮތީ ވަކީލުން ބޭނުން ނުވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި އިއްޔެ އަޑުއެހުމެއް ބޭއްވި ނަމަވެސް ޔާމީންގެ ވަކީލުންނާ ބައްދަލުވުމުގައި ދަތިތަކެއް ހުރުމުން ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ފަސްކޮށްފަ އެވެ.
ޔާމީންއާ ބައްދަލު ނުކުރެވޭ ކަމުގެ ޝަކުވާ ވަކީލުން ތަކުރާރުކޮށް ކުރަމުންއަންނަ އިރު، މި މައްސަލައިގައި ވަކީލުންގެ ޓީމުން ވަނީ ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއި މިނިސްޓަރު އިމްރާނާ ވެސް ބައްދަލުކޮށްފަ އެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމަށް ކަރެކްޝަނަލް ސާވިސްއިން އިސްނަގައިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ވަކީލުންގެ އެއްބާރުުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"ބައްދަލުވުން ހަމަޖެއްސުމަށް އެމްސީއާރްއެސްގެ އިސްނެގުމަކަށް ލައްކަ މަސައްކަތް ކުރެވިއްޖެ. ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަންކުރައްވަން ވަކީލުން ބޭނުންފުޅު ނުވާތީ،" އިމްރާން ވިދާޅުވި އެވެ.
RY ge vakeelu badhaluvun hamajassan raajjeyge evves Court akun alhuganduge machah amureh neruvvaafa neyi. Badhaluvun hamajassan MCrS ge isnegumah lakka masahkayi kurevijje. Badhaluvun nubeyvvigenulhenee ekankuravvan vakeelu beynunfulhu nuvaathee.
— Imran Abdulla (@ShimranAb) August 17, 2020
ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އިމްރާން ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. އިމްރާން ވިދާޅުވީ އެފަދަ އަމުރެއް އެއްވެސް ކޯޓަކުން ނެރެފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ކަރެކްޝަނުން ބުނީ ވަކީލުންނަށް ޔާމިނާ އެކަހެރިކޮށް ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުން އެދުނީ ކަމަށެވެ. މީގެ ކުރިން ވެސް އެކަން އެގޮތަށް ހަމަޖައްސަދީފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަން އިސްކުރަންޖެހޭ
17 August 2020
މިހާރުން މިހާރައް އިސްތިއުފާ ދީ
ވައިސޫރި
17 August 2020
ރައިއްޔަތުންނާ ސަރުކާރުޖައްސަން ތަކުރާރުކޮއް ދޮގުހައްދަވާތީވެ މިހާރު ތިޔަޖަމީލެއް ހިފާ ހައްޔަރު ކުރަން އެބަޖެހޭ
ޝޮކްތެރަޕީ
17 August 2020
ކޮބާހޭ އަފްރަޝީމުގެ ގާތިލުން. ތިއޮތީ ،މަގާމުލިބިފަ ބަލަންވޫނު މަސްސަލަތައް؟
ޝޭޚެއްނޫން ރައްޔިތެއް
17 August 2020
ޢިމްރާން އެވެ. ޢަމިއްލަ ނަފްސަތް ލަދުވެތިވުން ދޫކޮށްލިއަސް މާތްﷲ އަށް ބިރުވެތިވެ ، ރޯމާދުވާލުގައި އެންމެންނަށް ވެސް ހާމަކޮށްފެންނަން އޮންނަ ކަންކަމުގައި ދޮގު ހެދުން ހުއްޓާލުމަށް އިލްތިމާސްކުރަމެވެ. ޢަދި ސިޔާސީ ގޮތުން ނަމަވެސް ދޮގު ހަމަ ދޮގުގެ ގޮތުގައި ލިޔެވޭނެކަންވެސް ހަނދާންކޮށްދެމެވެ.
ސީޒަން ޖެކްޝަން
17 August 2020
ޖަމީލުން މިއަދު ހެޓަކަށް އިމުރާނަށް އަޅާލާނެހެން ހީވަނީ ޓުވީޓުން. އަޅެ ބަލަންތިބެމާހިނގާވާގޮތެއް.
ނލލލކކކ
17 August 2020
ޖަމީލު ނޫޅޭނެ އެވަރަކުންއ ޖަމީލަށް ދިން އަނިޔާ އޭނަ ހަނދާން ހުންނާެނ އަނެއކޮޅުން ރިޔާސީ ކެންޑީޑޭޓުކަން އެވެރިންނަށް ލިބެން އޮތީ ކުރޮނޑިު ކާލެވެން އޮތީ ޔާމީނު ހުރަގޭގައި ބައިންދައިގެން
އަލީ އަލީ
17 August 2020
ވަރަށް ބޮޑަށް ޝުކުރިއްޔާ! މިހާރު އަޅުގަނޑުމެންނަށް އިނގިއްޖެ އިމްރާނުވެސް ޖަލުގަ އޮންނެވީ އޮންނަން ބޭނުން ވެގެން ކަން! އަދި ހަނދުމަކޮށް އަރުވަން ބުޅަލަށް ދުވަހެއް އައިއްޔާ މީދަލަށް ވެސް ދުވަހެއް އަންނާނެ! އަދި މީދަލަކީ މާއަނިޔާވެރި މީހެއް! މީދާ ޖަލުގައި އެއޮތީ!
ހަސަނު
17 August 2020
ވަކީލުން ވެސް ޔާމިނު ދޫކޮށްލާފަ ޕާޓީގަޑު ލިބޭތޯ އެއއއުޅެނީ...
ދެރިމަ
17 August 2020
މިސޭހު އިމްރާނު ދޮގު ހަދަން ވަރަށް ފަރިތަދޯ ނުބައި ނުލަފާކަން އެބަހުރި މަގާމިގެ ދަހިވެތި ކަމުގަ ކޮންމެފަދަ ދޮގެއްވެސް ހަދާނެކަން ކަށަވަރު
ރަޓުޚަބަރެ
17 August 2020
އަފްރާޝީމް މަރާލި މީހުންނާ ގުޅޭ ހެކިތައް މިހިރީއޭ ބުނެ ނޫސްކަރުދާސް ބޮނޑިވަރެއް ދެއްކި ދުވަހުން ފެށިގެން ތިޔަ އިމުރާނަށް އަހުރެން އިތުބާރެއް ނުކުރަމެވެ.