ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އދ. ގެ 75 ވަނަ ބައްދަލުވުމުގައި ޝާހިދު ވަނީ ރޭ ވާހަކަދައްކަވާފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ
30 ސެޕްޓެމްބަރ 2020 - 11:43
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން ގުނާއަދަދު ނުކުރެވޭހާ ބޮޑު ކަމަށް، އދ.ގެ އާންމު ޖަލްސާގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރޭ ވިދާޅުވެއްޖެ އެވެ.
ކުރިން ރެކޯޑްކޮށް، ފޮނުވި ވީޑިއޯ ހިތާބުގައި ޝާހިދު އެގޮތަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން ހުރިހާ ގައުމެއްގެ އިގުތިސާދަށް ވެސް ގެއްލުން ވިޔަސް، އެ ގެއްލުމުގެ މިންވަރު އެކި ގައުމުތަކަށް ތަފާތުކަން ފާހަގަކުރައްވަމުންނެވެ.
"ދިވެހިރާއްޖެ ފަދަ އާމްދަނީގެ 75 ފަސެންޓު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމަކަށް ލިބުނު ގެއްލުން ގުނާ އަދަދު ނުކުރެވޭހާ ބޮޑު،" ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އެއީ އެއްބައިވަންތަކަމާ އެކު މަސައްކަތްކުރުމުގެ ރޫހު އާލާކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
Statement by HE @abdulla_shahid, Minister of Foreign Affairs at the General Debate of the 75th Session of the United Nations General Assembly#UNGA75
— Ministry of Foreign Affairs 🇲🇻 (@MoFAmv) September 29, 2020
📃 Read: https://t.co/XqZzhYeYyW
📺 Watch: https://t.co/HxTs9qKMWT
ފޮރިން މިނިސްޓްރީން ރޭ ކުރި ޓްވީޓެއް
ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖެއިން ކުރި މަސައްކަތްތައް ޝާހިދު ހިއްސާކުރެއްވި އެވެ. އޭގެ ތެރޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކުރުމާއި ކޮވިޑްއާ ގުޅޭ ކަންތައްތައް ރަނގަޅަށް ކުރިއަށްގެންދަން ހާއްސަ ޓާސްކްފޯހެއް އެކުލަވާލުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ނިޒާމުގެ ތެރޭގައި ހިމެނޭ ފަރަގުތައް ބޮޑަސް އެންމެން ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިއްމެވެ.
ކޮވިޑް-19ގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ސިޔާސަތުތަކާ ބެހޭ ގޮތުން ވެސް ފޮރިން މިނިސްޓަރު ވާހަކަދެއްކެވި އެވެ. އެގޮތުން އިންސާނީ ހައްގުތަށް ކަށަވަރުކުރަން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނާއި ރޮހިންގާ މުސްލިމުންގެ ހައްގުގައި ވާހަކަ ދެއްކެވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ވެސް ޝާހިދުގެ ވިސްނުން ހާމަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ވެސް އެކި ގައުމުތަކަށް ކުރިމަތިވާނީ އެކި ވަރަށް ކަމަށް ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް ގުދުރަތީ ގޮތުން ކުރިމަތިވާނޭ ކަންތައްތަކޭ ބުނެފައި ނިންމާލެވޭކަށް ނެތް. މިއީ އަޅުގަނޑުމެން މިއަދު ތަހައްމަލު ކުރަމުންދާ، ތަޖުރިބާ ކުރަމުންގެންދާ ހަގީގަތް،" ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
02 October 2020
ވީ މާދެންވެސް ފަތުރުވެރިކަ މުގެ ދާއިރާގަ ތިބި ދިވެހި މުވައްޒަފުންނައް ހައްސަ ލޯނު ސްކީ މްތަކާ އިންޓްރަސްޓް ކުޑަލޯނާ ރޯދަ މަހު އެސްޓީއޯއިން ދޫކުރާ މަސްދަޅާ އައިސް އަލަ މާރިޔާ ކުކަރާ ފިޔާ ބިސް އަލުވިވެސް ސަރުކާރު މުވައްޒަފުންނައް ދޭގޮތައް ރިސޯޓު މުވައްޒަފުންނައްވެސްދީ ގައު މައް ގުނާ އަދަދު ނުކުރެވޭހާ ގެއްލުން ފޫބައްދާ ބަޔަކީ އެއީކަން ތިޔައޮތީ ސާބިތުވާން އަދި ސާވިސްޗާޖައް 15 ޕަސަންޓް ކަނޑައަޅާ ޓީޖީއެސްޓީ ކުޑަކޮއް އެބަޔައް ހި މަނާ ދެއްވާ
ފަހުދު
30 September 2020
ކޮވިޑުން ކެވުނުވަރު ގުނާ އަދަދު ކުރެވޭނެތަ؟
މާލްދީފް3
30 September 2020
ކޮވިޑް19 ގެ ހާލަތުން އަރައި ގަތުމަށް ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކުރަންޖެހޭ. އެންމެ ފުރަތަމަ ރާއްޖެއިން ބޭރުގައި ހުޅުވާފަހުރި އެންބަސީތަކުގެ ތެރެއިން ގިނަތަންތަން ބަނުދުކުރަންޖެހޭ. ރައްޓިހިންނަށް ބޮޑު ހޭދައެއްކުރެވޭ ގިނަ އެންބަސީތަކަކީ ދައުލަތުން ކުރާ ޚަރަދާ ބަލާއިރު އެއްވެސް ފައިދާއެއް ވާ ތަންތަނެއްނޫން. ސިންގަޕޯރ މެލޭޝިއާ ޔޫކޭ ޖަޕާން އީޔޫ މިތަންތަނުގައި އެމްބަސީން ރައްތެހިންނަށް ޚަރަދު ނުކުރިއަސް ދަތިކަމެއްނެތި މިގައުމު ހިންގޭނެ.
ގެރި
30 September 2020
ކޮވިޑު ތެރޭ ޝާހިދުއާ ސަންޖޭ ސުދިރު ގުޅިގެން ގައުމަށްދިން ދެރަ އެތައްޖީލަކަށް ދިވެހިން ތަހައްމަލްކިރަންޖެހޭނެ. ޝަހިދު އިސްތިއުފާ. ސުދިރު އަދި އިންޑިއާ އައުޓު
ޝާޑު
30 September 2020
ޝާހިދުވެސް އައުޓް.
ޙިނި
30 September 2020
ޠާމިނު ވެރިކަމުގަ ވަގައްނެގި ފައިސާތައް އަތުލަބަލަ، އެ މީހުންގެ ގެދޮރާ މުދާ ދައުލަތައް ނަގާބަލަ. ފިނިހަކަ ދުވެލީގަ ކަންކަމެއް ނުވާނެ، ޖަލުގަ އޮވެގެން ބޭރުގައުމުތަކުގަ ފިލާތިބެގެން ވިޔަފާރިކޮއްގެން އެއަންބުރަނީ ވަގުފައިސާ
ޒުވާނާ.
02 October 2020
ނުނެގޭނެ ކަލޯ ތެޅިތެޅިހުރޭ ޔާ މިނު ވައްކަން ކޮއްގެންބާ އެހާބޮޑު ތަރައްގީ އައިސް ބައިތު މާލުގަ ވެރިކަ މުން ފޭބިއިރުވެސް 12 ބިލިޔަން ރުފިޔާހުރި މިހާރު މިވީ ކޯޗަކައް އުތުރުވެސް ނަ މެއްގަ ސިޓީއެއް ތަރައްގީގެ ހިލަ މެއްނެތް ބޭރުން ދިންހާ ފައިސާ ކައިހުސްވެއްޖެ
އެމްޑީޕީމީހާ
30 September 2020
މުޅި ޤައުމު ނެތިކޮއްފި އަޅުވެތިކަމުގެ ރަހަ ކަރުބުޑުން ލަނީ
ޙިނި
30 September 2020
މުޅިޔަކުން ރަންގަޅުވާހަކައެއް ނޫން ފައިދާ ނަގާ ވިޔަފާރިތައްވެސް މަދެއްނޫން. މަޖުލިސް މެންބަރުންގެ 10 ބުރި އިމާރާތްތައް ބާރުސްޕީޑުގަ ހުއްޓުމެއްނެތި އެއަރަނީ މައްޗައް. ކާބޯތަކެތި ވިއްކާމީހުން ޑޮލަރު ނުލިބެޔޭ ކިޔާފަ ތަކެތީގެ އަގު އުފުލާފަ އުދުހެނީ. މީ ކުޑަމިސާލެއް
ވިސްނާ!
30 September 2020
ބަލަ މި މީހުންނޫންބާ އަމިއްލަ ފައިދާއަށް ރާއްޖެއަށް ޓުއަރިސްޓުން ނައުމަށާ، ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މެދުނުކެނޑި ގޮވަމުން ދިޔައީ؟ އެހެން ހެދިނަމަވެސް ހާލުގައި ޖެހުނީހީ ގިނަ ޢާންމު ރައްޔިތުންނޭ! ނުވިތާކަށް ތިޔަ އަނގައިންނޭ ވިދާޅުވީ ރާއްޖެ އަކީ އިންޑިޔާގެ ހަނޑަސް ބުރިއޭ ރާއްޖެއަށް އިންޑިޔާގެ މިލިޓަރީ އަރުވައިގެން ޤާނޫނީ ސަރުކާރު ވައްޓާލަދޭށޭ! ގޮވި ހުރިހާ ކަމެއް ހެން ތަޖުރިބާ ކުރަން ޖެހުނީމާ، މިހާރު ތިޔަ ކިޔަނީ ކޮން ލަވައެއް؟ އެހެން ވީމައޭ ބުނަނީ ބަދު ދުޢާ ނުކުރަން! ތިމާ އަށް ނުވަތަ ތިމާ މެންނަށް އެކަން ޖެހިދާނޭ އޭރުކުޑަކޮށް ވެސް ހިތަށް ނާރަނީބާ؟
ޢަފްލާ
30 September 2020
ޢެމްޑީޕީން 2012 ފެބް 8 ގައި ރާއްޖެއަށް ދިން ގެއްލުމުގެ އަދަދު ވެސް ހަމަ ނޭނގޭ ޢަދަދު ކުރަންނާ 700 މިލިއަނަށްވުރެ ބޮޑުވާނެ އެކަން ވެރިކަމަށް އައީ ހެޔޮ އެދިގެންނޯ
ބުރާންްތި
30 September 2020
ކޮވިޑް ބޮލަށް ހުރިހާ ކަ މެއް ކަނޑައި ގެން ފަރަކު ނުޖެއްސޭނެ،ރާއްޖޭގެ ރައްޔިތުން 1 އަހަރު ދުވަހު އަތުންފައިން މަސައްކަތެއް ނުކޮށް އުޅެވޭހާ ވަރަށް ހަ މައެކަނި ހިލޭ އެހީވެސް ލިބުނު،އެކަ މް ކޮބާ އޭގެ އެއްވެސް ތަފްސީލެއް ރައްޔިތުން ނަށް ހާ މަ ނުކޮށް މިޔަނީ ވަރަށް ހަރަދު ކުރަ މޭ ތި މަންނަ މެން، ހަރަދު ކުރާލެއް ގިނަ ކަ މުން ފުރަތަ މަ ވެސް އޮޑިޓް ކުރި ދެތަން ހުރީ 100 ޕަސެންޓްް ކޮރަޕްޓަށް ގޮސްފައި،އެވަރުންވެސް ހަބަރަށް އަރާ މިޔަނީ ވ ހަރަދު ގޮސްފިއޭ،