މޯލްޑިވްސް ޕޯސްޓް ލިމިޑެޓުން ކޮމިއުނިޓީ އޮންލައިން ފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ޕޯސްޓް
31 ޑިސެމްބަރ 2021 - 13:13
މޯލްޑިވްސް ޕޯސްޓުން އީ ޓުކުރި ޕްލެޓްފޯމުގައި، ލޯކަލް އުފެއްދުންތަކަށް ހާއްސަކޮށް އޮންލައިން ކޮމިއުނިޓީ ފިހާރައެއް ހުޅުވައިފި އެވެ.
ކުޅުދުއްފުށީގައި މި އޮންލައިން ފިހާރަ ހުޅުވާދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ކޮމިއުނިޓީ އޮންލައިން ޝޮޕަކީ ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ހޯދައިދޭ ވާޗުއަލް ފިހާރަ އެވެ.
އޮންލައިން ތަކެތި ވިއްކުމުގެ އިތުރަށް އުފެއްދުންތައް މާކެޓްކޮށް އިޝްތިހާރުކޮށްދިނުމާއި، ޕޯސްޓްގެ ނޭޝަންވައިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން ވިއްކާ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓްރާންސްޕޯޓްކޮށް ޑެލިވަރީ ކޮށްދޭނީ މޯލްޑިވްސް ޕޯސްޓު ލިމިޑެޓުންނެވެ.
ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ހިދުމަތް ހުރިހާ އަތޮޅު ޕޯސްޓް އޮފީސްތަކެއްގައި އެއްފަހަރާ ފެށިގެންދާނެ ކަމަށް ޕޯސްޓުން ބުންޏެވެ. އަދި ރަށްތަކަށް މި ހިދުމަތް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ޕޯސްޓުން ބުންޏެވެ.
ޕޯސްޓުން ބުނީ މިފަދަ ހިދުމަތެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދެނަހުރިން
31 December 2021
އެއްވެސް ޤައުމެއްގެ ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން، އާއްމުން ކުރާކަހަލަ ކުދި ވިޔަފާރި ކުރުމަކީ އާއްމު މީހާއަށް ކުރިއަށް ދިއުމަށް އެޅޭ ވަރަށްބޮޑު ހުރަހެއް!! މި އީކޮމަރސް/މަރކެޓްޕްލޭސް ވެބްސައިޓަކީ ޕޯސްޓްއއޮފީހުން ކުރަންޖެހޭ ކަމެއް ކަމަކަށް ނުފެނޭ އެކަމު، ޕޯސްޓްއޮފީހަށް، އެހެން މީހުންގެ އުފެއްދުންތައް، ހެޔޮ އަގެއްގާ، ރައްކާތެރިކަމާއެކު އަވަހަށް ޑެލިވަރކުރުމުގާ އެހީތެރިކަން ފޯރުކޮށްދިނުން ރަގަޅުވާނެ.
ޒިންދަގީ
31 December 2021
ކިޔަވައިގެންތިބި ގާބިލު ޗެއަރމަނުންނާއި މިނިސްޓަރުންގެ ހިންގުންތެރިކަން ފެންނާނެ.
އެނދިމަރިޔަނބު
31 December 2021
ރީ އިންވެންޓިނގް ދަ ވީލްސް. ބޭނުމީ ފިހާރައޭ ކިޔާފަ އޮންލައިން ކެޓަލޮގެއް ނޫން. ޕޭމަންޓް ސިސްޓަމްތައް. ޕޭޕަލްް، އީބޭ އަދި އެމޭޒަން މާޗަންޓް އެކައުންޓްތައް ހެދުން. އެކަންކަން ނުވަނީ ޕޭމަންޓް ސިސްޓަމްތައް ރެގުއުލޭޓް ނުވާތީ، ގާނޫނުތައް ނުހަދާތީ. އާމްދަނީ ލިބޭނެ ބައިވަރު މަގުފަހުވާނެ. ކަސްޓަމަރާ ސެލަރއަށްވެސް ފަސޭހަ.
އޭމީ
31 December 2021
މޯލްޑިވްސް ޕޯސްޓުން ރާއްޖޭން ބޭރުން މީހުން ގެންނަ ތަކެތި ވީހާވެސް އަވަހަކަށް ރާއްޖޭގެ ޕޯސްޓްއޮފީސް ބްރާންޗް ތަކަށް ފޮނުވުމުގެ ކަންތައްއަވަސް ކުރުން ވަރަށް އެދެން. މިހާރުވެސް މާލޭގަ މަސްދުވަހު ތާށިވެފަ ހުންނަ ތަކެތި އެބަހުރޭ.
ވަލީދާ
31 December 2021
ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ ފިޔަފާރީގެ ގޮތުން އެންމެ ކުރި އަރަމުން އަންނަ ރަށް އަދި އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުން އަންނަ ރަށް މި ފިހާރާގެ ސަބަބުން ވަރަށް ގިނަ މީހުންނަ ފައިދާ ވާނެއް