10 ޖެނުއަރީ 2022 - 14:07
ކާބޯތަކެތީގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ އެމްޔޫ ސްޓޯރުން ވިއްކަމުން އައި ޕާސްތާ ސޯސްއެއްގައި އޫރު މަސް ހިމެނޭކަން އެނގުމާ އެކު އެ ވިއްކުން ހުއްޓާލައިފި އެވެ.
އެމްޔޫ ސްޓޯރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ކެމްޕާގްނާ" ބްރޭންޑުގެ ބޮލޮނައިޒް ސޯސްގައި ހަލާލު ނޫން މާއްދާއެއް ބޭނުންކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެމްޔޫ ސްޓޯރުން މި ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ވެސް އެކަން އަންގައި އެ ތަކެތި ވިއްކުން ހުއްޓާލުމަށް އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހޯލްސޭލްކޮށް އެމްޔޫ ސްޓޯރުން މި ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ރީފަންޑު ކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްޔޫ ސްޓޯރުން ބުންޏެވެ.
އެ ކުންފުނިން ވަނީ މި ސޯސް ގަތް މީހުންގެ ކިބައިން މާފަށް އެދިފަ އެވެ.
ކެމްޕޭގްނާގެ ބޮލޮނައިޒް ސޯސްއަކީ ޕާސްތާ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ސޯސްއެކެވެ. މި ސޯސް އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކުރީ ވަރަށް ފަހުންނެވެ.
މި ސޯސް ފުޅީގެ ފަހަތުގައި ސޯސް އުފައްދަން ބޭނުންކޮށްފައިވާ ތަކެތީގެ ތެރޭގައި އޫރު މަސް ހިމެނޭކަމަށް ޖަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
11 January 2022
BOLOGNESE SAUCE،
ރަދީފްއޮފިޝިއަލް
11 January 2022
އޫރުމަސް ހިމެނޭތީ އޯކޭ ނޫން.ރިބާ އޯކޭ.ނަމަވެސް ސައްތައިން ސައްތަ ގައުމެއް ދެއްތޯ.
މޮހޮނުއޮޑި
11 January 2022
ތަނަކުން އެއްޗެއް ފެންނަ އިރަށް، ފައިދާ ނެގުމަށް އެތެރެ ކުރެވިގެން ނުވާނެ. ކަމާބެހޭ އިދާރާތަކުން ވެސް ބަލައި ޗެކްކުރަންޖެހޭނެ. މި ސޯސް ފުޅީގެ ފަހަތުގައި ސޯސް އުފައްދަން ބޭނުންކޮށްފައިވާ ތަކެތީގެ ތެރޭގައި އޫރު މަސް ހިމެނޭކަމަށް ޖަހާފައިވެ އެވެ. އެތެރެކުރުމުގެ ކުރިން ބަލަންވާވަރަށް ނުބަލާކަން މިއޮތީ ސާފުކޮށް ފެންނަން.
ފާނަކޮށި
11 January 2022
ތިޔަސޯސް ވިއްކައިގެން އުޅޭތާ އަހަރު ދުވަސްތަކެއްވެއްޖެ. އެންމެންނަށް ތިޔަހަރާންއެތިވަނީ ކެވިފައެވެ.
ނިއޯ
10 January 2022
ރޯދަ މަހާ ދިމާކޮއް ކުރި ކަމެއްތަ؟
ނާޗަރަންގީ
10 January 2022
ކޮބައިތަ ފުޑް އެން ޑުރަގޭ ކިޔާތަން. ނުބެލެހެއްޓެންޔާ ބުނެލާ. މިތަކެތި އެތެރެކުރުމުގެ ޒިންމާ އުފުލަންޖެހޭނެ . އަދު ނޫނީ މާދަމާ. އިހުމާލަކީ ވިޔާނުދާކަމެއް.
ހާސަރަންގީ
11 January 2022
އެފްޑީއޭ އަކީ ރާއްޖެ ވަންނަ ހުރިހާ މުދަލެއް ޗެކްކުރެވޭ ވަރުގެ ރިސޯސް ހުރި ބައެއް ނޫން. ކަނޑައެޅިގެން ވިއްކުން މަނާ އެއްޗެއް އެތެރެކުރީމަ ގޯސްވީ އެކަމަކު އެމީހުން ދޯ. ނުބެލެހެއްޓެންޏާ (މިހެން އިނގޭ މި ބަސް ލިޔާނީ)، ވަކި ކަލޭ ގާތުގަ ބުނެގެން މޮޅެއްވާނެ؟ ލޮލް
ހެދިގޮތް ރަނގަޅު
10 January 2022
އެމްޔޫއިން ތިހެދީ ރަނގަޅަށް. ގޯހެއް ހިނގާފާނެ. ނޭނގިގެން ހަލާލުނޫން ތިކަހަލަ އެއްޗެއް ބޭނުންކުރެވުނީމަ އެގޭ ހިސާބުން ގޯހެއްކަން ބަލާގަބެ ރަނގަޅުކޮށްލުން އޮތީ. މާބޮޑެތި ފަސާދައާ މުންކަރާތްތައް އެއްޗަކަށްނުވެ މިޒާތުގެ ކަންތައް ގިނަމީހުނަށް ވާނެ ބޮލަށް އުޑުވެއްޓޭވަރުގެ ކަންކަމަށް. މިހާރު މަށަށްވެސް ރީތިކޮށް އެބަފެނޭ އޫރުމަސް ލިޔެފައިން ތަން. ޓީވީން އިޝްތިހާރުކުރި އެތައްބައިވަރު މީހުނެއް ގަނެގެން ކޭއިރުގަ ނުފެނުނު. ލޮލަށްގޮވުމުގެ މާނައެއް ނެތް!
ކީކިމިނި
10 January 2022
އިނގިރޭސިބަހުން ލޭބަލް އެތް ނެތިގެން މަގޭ ގެނައި މުދާތަކެއް އުކާލި މިމީހުން، ސެޓިފިކެޓްވެސް ގަބޫލް ނުކުރި، އެކަމު ރަނގަޅުތާ އިނގިރޭސިން އޫރުމަސް ހުރިކަމަށް ލޭބަލް ލިޔެފަ އޮއްވަ މިހިރަ އެތެރެކޮށް ވިއްކަނީ! ދެން #އެފްޑީއޭފެއިލް ކިޔަމުން ނުކުންނަންވީ؟
ބޭރުވެލާ
10 January 2022
ރިސޯޓް ތަކުން ބަނގުރާ ޢާންމު ކުރޭ....މިހާރު ރާއްޖެއަށް ތަކެތި އެތެރެކޮށް ވިއްކާ މީހުން އޫރު މަހާއި ހުއްދަނޫން ތަކެތި ޢާއްމު ކުރަނީ އެމް.ޔޫ ސްޓޯރުގެ ވެރިންނަށް ލޭބަލްގަ އިންނަ އެތި ފަހުމު ވާކަމަކަށް ނުވޭ ބަޔާން ނެރެ ރީޓެއިލަރުން އަތުން ސޯސް އަތުލުމަކުން ނިމުނީ އަކީ ނޫން.. އެބޭނުން ކުރި މީހުނަށް ކިހިނެއްބާ ހަދާނީ؟ މިކަހަލަ ކަންތައްތައް ތަކުރާރު ވިޔަނުދިނުމަށް ވިޔަފާރިވެރިންނަށް ކުރު ކޯސްތައް ހިންގުމަށް ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ގޮވާލަން.
ކޮޔާ
10 January 2022
އެ ބޭނުން ކުރި މީހުންނަށް އެއްވެސް ގޮތެއް ހަދާނެ ކަމެއް ނެތް؟ ނޭނގި ކުރެވޭ ކަންކަން އަފޫ ކޮށްދެއްވާނެ ކަމަށް އޮންނަނީ.. ކޮންމެ ކަމެއްގަ ދީނީ ރޯނު އެދުރަކަށް ނުވެ މައިތިރިވެގެން ތިމާ މީހާ ހުރީމަ އޯކޭ ވާނެ. އެމް.ޔޫ ސްޓޯރުން ކަންކުރީ ރަނގަޅަށް.
ޙުސޭން
10 January 2022
އެފްޑީއޭ ކިޔާ ވަރަށް ފެންވަރު ރަނގަޅު ބަޔަކު އުޅޭނެ. ޢެމީހުން ބަލާަނެ އީޔޫގެ މިންގަނޑުތަކަށް ފެތޭތޯ. ތީތި ފެތޭނެ އީޔޫގެ މިންގަނޑަށް . އެހެންވީމާ އޯކޭވާނެ.