އައްޑޫ ޕޯޓު. ރޯދައަށް ހާއްސަކޮށް 2،400 ޓަނުގެ މުދާ ގެނެސްފައިވޭ--ފޮޓޯ:އެމްޕީއެލް
28 މާޗް 2022 - 13:15
މި ހަފުތާ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ގިނަ އަދަދެއްގެ މުދާ އައްޑޫ ހިތަދޫ ޕޯޓަށް ގެންގޮސްފި އެވެ.
އެސްޓީއޯގެ ދަށުން ހިންގާ ޝިޕިން ކުންފުނި އެމްއެސްއެސްގެ އެމްވީ ބޮންތި 2 ވަނީ އިއްޔެ މުދާ ހިފައިގެން ހިތަދޫ ޕޯޓަށް ބަނދަރުކޮށްފަ އެވެ.
މި ޝިޕްމަންޓްގައި 8،593 ބިސް ކޭސް، 7،940 ފިޔާ ބަސްތާ، 2،525 އަލުވި ބަސްތާ ގެންދިޔަ އެވެ. އަދި 340 ބަސްތާ ކެބެޖު، 348 ބަސްތާ ޓޮމާޓޯ، 170 ދޮންކެޔޮގަނޑު، 24 ބަސްތާ ބަރަބޯ، 980 ބަސްތާ ކަރާ، 110 ބަސްތާ އަލަނާސި ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ހިތަދޫ ޕޯޓްގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި އެއްކޮށް ކްލިއާކޮށް ދޫކޮށްފައިވާ ކަމަށެވެ. އައްޑޫ ޕޯޓަށް އެންމެ ގިނައިން ގެންގޮސްފައި ވަނީ އެސްޓީއޯގެ މުދަލެވެ. އޭގެ އިތުރުން އާންމު ވިޔަފާރިވެރިން ރޯދައަށް ހާއްސަކޮށް ގެނައި މުދާތައް ވެސް ހިމެނެ އެވެ.
އިއްޔެގެ ޝިޕްމެންޓުގައި ހިމެނެނީ އައްޑު އަށް އާންމުކޮށް ކޮންމެ މަހަކު ގެންދާ މުދަލަށް ވުރެ ބޮޑު އަދަދެކެވެ. މި ފަހަރުގެ ޝިިޕްމަންޓްގައި 71 ޓަނުގެ ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާއި 1،000 ބަސްތާ ސިމެންތި ގެންދިޔަ އެވެ.
އެ ބޯޓުން އައްޑު އަށް ގެންދިޔަ މުދާތައް ކުރިއަށް އޮތް ދެ ދުވަހު ކްލިއާކޮށް ނިމޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
28 March 2022
[މި ޝިޕްމަންޓްގައި 8،593 ބިސް ކޭސް، 7،940 ފިޔާ ބަސްތާ، 2،525 އަލުވި ބަސްތާ ގެންދިޔަ އެވެ. އަދި 340 ބަސްތާ ކެބެޖު، 348 ބަސްތާ ޓޮމާޓޯ، 170 ދޮންކެޔޮގަނޑު، 24 ބަސްތާ ބަރަބޯ، 980 ބަސްތާ ކަރާ، 110 ބަސްތާ އަލަނާސި ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.] އައްޑޫ ކަހަލަ ތަނަކަށް މިއީ 5 އަހަރުގެ ކާނާ.ހެހެހެހެހެހެހެ. 24 ބަސްތާ ބަރަބޯ.ލޮލް.
އައްބެ
28 March 2022
އައްޑޫގެ އާބާދީގެ ކޮންމެ ތިންހަތަރު މީހަކަށް ބިސްކޭހަކާއި ފިޔާ ބަސްތާއެއް ރަނގަޅޭނުން. ކުނިގޮނޑަށް އުކާނުލިއްޔާ ރަނގަޅު.
އައްބެ
28 March 2022
ރާއްޖޭގައި ހައްދާ ބާވަތެއްކަމުގައިވާ ކަރާ އިންޑިޔާއިން އެތެރެކުރީ ދިވެހި ދަނޑުވެރިންނަށް ގެއްލުންދޭންތޯ؟ ޚާއްޞަކޮށް ރޯދަމަހަށް ދިވެހި ދަނޑުވެރިން ގިނައަދަދަކަށް ކަރާ ހައްދާ. ނޫސްވެރިން ބަލަންވާނެ އެސްޓީއޯއިން އެތެރެކުރާ ފިޔާ، އަލުވި، ބިސް އަދި ކަރާގެ ތެރެއިން ކިހާ އެއްޗެއް ހަލާކުވެގެން އުކާލާތޯ؟