ބޯޑީ ބޯޑިން މުބާރާތުގައި އެއްވަނަ ހޯދި އަންހެން އެތުލީޓުން: އިނާމު ފައިސާ ދިނުމުގައި އަންހެން އެތުލީޓުންނަށް ފައިސާގެ އިނާމު ދީފައި ވަނީ ފިރިހެން އެތުލީޓުންނަށް ވުރެ މަދުން --- ފޮޓޯ: އެމްބީބީއޭ
29 މާޗް 2022 - 14:58
ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީ) އިން ބޭއްވި "ބުރުނު ޝިކާރަ" ބޮޑީ ބޯޑިން މުބާރާތުގައި ފައިސާގެ އިނާމު ދިނުމުގައި އަންހެން ފިރިހެން ތަފާތު ކުރި މައްސަލަ ފެންމަތި ވެއްޖެ އެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ލީގުގެ ފުރަތަމަ މުބާރާތުގެ ފައިސާގެ އިނާމު ދިން އިރު ފިރިހެން އެތުލީޓުންނަށް ގިނައިން ފައިސާގެ އިނާމު ދީފައިވާއިރު އަންހެން އެތުލީޓުންނަށް ފައިސާގެ އިނާމު ދީފައި ވަނީ މަދުންނެވެ.
ފިރިހެން އެއްވަނަ އެތުލީޓަށް 10،000ރ. ވަނީ ދީފަ އެވެ. އަންހެން އެއްވަނަ އެތުލީޓަށް ދީފައި ވަނީ 5،000ރ. އެވެ. ދެވަނަ ހޯދި ފިރިހެން އެތުލީޓަށް ވެސް ދީފައި ވަނީ އެ އަދަދަށެވެ. ދެވަނަ ހޯދި އަންހެން އެތުލީޓަށް ދީފައި ވަނީ 2،500ރ. އެވެ. ތިންވަނަ ހޯދި ފިރިހެން އެތުލީޓަށް ވެސް ދީފައި ވަނީ އެ އަދަދެވެ. ތިންވަނަ ހޯދި އަންހެން އެތުލީޓަށް ދީފައި ވަނީ 1،500ރ. އެވެ. އަންހެން އެތުލީޓުންނާއި ޖޫނިއާ ކެޓަގަރީން ވަނަވަނަ އަށް ދިޔަ އެތުލީޓުންނަށް އިނާމު ފައިސާ ދީފައި ވަނީ އެއް އަދަދަކަށެވެ.
ބޮޑީ ބޯޑިން މުބާރާތުގައި އެއްވަނަ ހޯދި ސީނިއާ ފިރިހެން އެތުލިޓޫން: އިނާމު ފައިސާ ދިނުމުގައި އަންހެން ފިރިހެން ތަފާތު ކުރި މައްސަލަ ވަނީ ފެންމަތި ވެފަ --- ފޮޓޯ؛ އެމްބީބީއޭ
އަންހެން އެތުލީޓުންނާއި ފިރިހެން އެތުލީޓުންގެ ދެމެދުގައި ތަފާތުކޮށްފައިވާ ސަބަބާ ބެހޭގޮތުން އެމްބީބީއޭއިން ވާހަކައެއް ނުދައްކަ އެވެ. އެމްބީބީއޭގެ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފައިސާގެ އިނާމު ދިނުމުގައި އަންހެން ފިރިހެން ހަމަހަމަ ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ފައިސާގެ އިނާމު ދިނުމުގައި ޖިންސީ ތަފާތު ކުރުން ގެންގުޅެފައިވާ މައްސަލައާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެ އެވެ. މިނިސްޓަރު ވަނީ މުބާރާތް ފުރިހަމަކޮށްގެންދިޔަ ކަމަށްޓަކައި އެމްބީބީއޭ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
ފައިސާގެ އިނާމު ދިނުމުގައި އަންހެން ފިރިހެން ތަފާތުކޮށްފައިވުމުން ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯގަންވިލާ ބެ
06 April 2022
ރާއްޖޭގަ ކުޅިވަރު ތަކުގެ އާއްމު ކަމެއް ތީ ، ޙާއްސްކޮއް ބާސްކެޓް ގަ ލޮލް
ވިކިލީކުސް
30 March 2022
ބައްސާމު ހުރިހާ ހިނދަކު ފުޓުބޯޅައިގެ ކަންތައް ރަނގަޅެއް ނުވާނެ! ކުރިން ރައްޔިތުން ތިބޭނެ އާފަތިސް ނޫހާއި ހަވީރު ނޫހުވެ އިންތިޒާރުގަ ނިއު އަދި ވިކްޓްރީ އާ ވެލެންސިއާގެ ޚަބަރުތައް ކިޔަންވެގެން. ބައްސާމް އައިސް ނިއުއާ ވިކްޓްރީ "ކަނޑުފައްތާލީ" . މިޖަރީމާ ބެލެންވާނެ!!! ބޮޑީ ބޯޑިން މުބާރާތާއި އެނޫންވެސް ކުޅިވަރާއި ގުޅުންހުރި ހުރިހާ އިދާރަތައް އޯވަހޯލް ކުރަން ޖެހިއްޖެ.
އޮނަރަބްލް އަފީފު ދީދީ
29 March 2022
ފީފާއާއި އޭއެފްސީގެ އުސޫލުތަކާއި މުޅިން ޙިލާފަށް ކ.އަތޮޅު މާލޭ ޓީމް ތަކާއި ރާއްޖޭގެ އެހެން ރަށްރަށުގެ ފުޓުބޯޅަ ޓީމްތަކާއި ތަފާތުކުރުން އެފްއޭއެމް އިން ގެންގުޅޭއިރު އެކަން ބަލާނެބަޔަކު ނެތީ ކީއްވެ؟ ހަމައެކަނި މިވާހަކަ ދައްކާލާ މީހަކަށް ފެންނަނީ ކުޅިވަރުގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ޙާމިދު އަބުދުލް ޢަފޫރު.
ޙާމިދު..
29 March 2022
އެހެން އެކަން ކުރަނީ އެފްއޭއެމްގައި ތިބީ މާލޭގެ ޓީމް ތަކުން ވޯޓު ދީގެން ނުވަތަ ވޯޓު ގަނެގެން އެތަނުގެ ވެރިންނަށް ވެފައިވާ މީހުން ކަމުގައިވާތީ. އެކަން ރަނގަޅު ކުރެވޭނީ ތިޔަ ރަށްޜަސުން އެފްއޭއެމް އިންތިޒާމް ކުރާ މުބާރާތް ބޮއިކޮޓް ކޮށް ތިޔަރަށް ރަށުގައި އެފްއޭއެމްގެ ޙަރަކާތް ހުއްޓުވައިގެން.
ގުރާބެ
29 March 2022
ބާސްކެޓް މުބާރާތް ތަކުގަ ވެސް ހަދާ ގޮތް ތީ ، ވަކި ކުޅިވަރެއް ނޯވެ ދޯ ، ތަފާތު ކުރުމުގަ .
ވަހުތާން
29 March 2022
ތަފާތުކުރުމެއް ނޫން އެއީ. ކެޕޭސިޓީއާ އެއްވަރަށް ދޯ ރިވޯޑް ދެވޭނީ. ދެން އަހަރެން މިހެން ބުނީމަ ގިންތީގެ ހަމަހަމަ ކަމޭ މިންތީގެ ހަމަހަމަ ކަމޭ ޖެންޑަރ އީކުއަލިޓީއޭ ކިޔާ މަގޭ ލޮލަށް ބޮލަށް އަރާނީކީ ނޫން.
ވިސްނޭ މީހާސް
29 March 2022
ފުޓްބޯލަ ކުޅޭ އަންހެނުންނަށް ޔޫރަޕްގައި ވެސް އަހަރަކު 25،000 ޑޮލަރުންވެސް ނުލިބޭ. އެކަމަކު އެންމެ އާދައިގެ ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް ލިބޭނެ އެތައް ހާސް ޑޮލަރު. އަހަންނަށް ފެންނަނީ ދިވެހީން ޖެންޑާ އީކުއާލިޓީ ކިޔަވައިދޭން ބޭރު މީހުންނަށް
ކޮސްކޮސް
29 March 2022
އަޖައިބެއް. ކީއްވެގެންތަ ފިރިހެން ފުޓްބޯޅަ ތަރިންނަށް މިލިއަނުން ލިބޭއިރު އަންހެން ފުޓްބޯޅަ ތަރިންނަށް މިލިއަނުން ނުލިބެނީ. އެ ވާހަކަ ލިޔެލަބަލަ. ހުސް ރާއްޖެ ވާހަކައެއް ނޫން ލިޔާނީ
ދޮންހުސޭނު
29 March 2022
އަހަރެން ކައިވެނި ކުރާ އިރު އަހަރެން ދައްކަން ޖެހޭ ރަނާ އެއްވަރުގެ ރަނެއް އަންހެން މީހާގެ ފަރާތުންވެސް ލިބުން އެދެން. އޭރުން ހަމަހަމަވި ކަމަށްވާނީ
ޙައިރާ
29 March 2022
އަންހެނުން ދުނިޔެ އުމުރަށް ފިރިންނާއި ދަރިންނާ މައިންބަފައިންނައްޓަކާ ޖާނާ މާލުން ވާ ގުރުބާނީއާއި ރެޔާއި ދުވާލު ކުރާ ހިދުމަތާއި ފިރިހެނުންނަށް އެއްހަމަ ކޮށްލެވޭނެނަމަ ރަނާއި ރިހިވެސް ދޭންވީތާ
އަހުމިއްޓޭ
29 March 2022
އޭ ޙައިރާ. ފިރިންވެސް ދުވާލުދާ ހަތަރުދަމު މަސައްކަތްކުރަނީ އަނބިމީހާއާއި ދަރީންގެ މުސްތަޤްބަލަށްޓަކައި. އަބަދު އަޅާނުކިޔައި ކޮންމެ ފިރިއަކުވެސް އަދި އަންބަކުވެސް އެމީހަކަށް ވެވުނުވަރަކުން މަސައްކަތްކުރީމަ ހުންނާނީ ހެޔޮކޮށް.