ޚަބަރު / ރާއްޖެ-އ.ދ

ހަނގުރާމައިގެ މައިދާނުން ދިވެހިން ގެންނަން ކުރަންޖެހޭ ކަންކަން ފުރިހަމަކުރަން އދ. އިން ގޮވާލައިފި

ސީރިއާއަށް ހަމަލާ ދިނުމުން ވޭނެއް ހަލާކުވެފައި.--- ފޮޓޯ:އޭއެފްޕީ

ހަނގުރާމަކުރާ ސަރަހައްދުތަކުގައި ތިބި ދިވެހިންގެ އެތައް ހައްގެއް ގެއްލިފައިވާ ކަމަށާއި އެ މީހުން ރާއްޖެ ގެނައުމަށް ސަރުކާރަށް ލާޒިމްވާ ކަންކަން ފުރިހަމަކުރަން އދ. ގެ އިންސާނީ އަދި ކައުންޓަ-ޓެރަރިޒަމް ސްޕެޝަލް ރެޕަޓުއާ ފިއޮނުއަލަ ނި އަލައޮއިން ގޮވާލައްވައިފި އެވެ.

ރާއްޖެއަށް ކުރެއްވި ނުވަ ދުވަހުގެ ރަސްމީ ދަތުރުގައި، ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ޖަލުތަކާއި މަރުކަޒުތަކަށް ޒިޔާރަތްކޮށް ފާހަގަވި ކަންތައްތައް ހިއްސާކުރަން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ގާނޫނީ އޮނިގަނޑުތަކަށް ކުދިކުދި އިސްލާހުތައް ގެނައުން ދިގުލައިގެން ދިއުމަކީ ސީރިއާ އަދި ހަމަނުޖެހުން ހިނގާ އެހެން ސަރަހައްދުތަކުގައި ތާށިވެފައި ތިބި ކުޑަކުދިންނަށް ދިރިހުރުމުގެ ހައްގުތަކުން އެ ކުދިން ނިގުޅައިގަނެވިގެންދިއުމަށް އެޅޭބާރެއް ކަމަށެވެ.

އޭގެ އިތުރުން އަލް-ރޯޖު އަދި އަލް-ހައުލް ކޭމްޕްތަކުގައި ތިބި ކުޑަކުދިންނާއި އެ ކުދިންގެ މައިންގެ އިންސާނީ އެތައް ހައްގަކަށް އަރައިގެންފައިވާތީ އެ މީހުން އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ސަރުކާރުގެ މައްޗަށް ލާޒިމްވެގެންވާ ކަންކަން ފުރިހަމަކުރަން ރެޕައުޓާ ގޮވާލެއްވި އެވެ.

އޭނާ ވަނީ އިރު އުތުރު ސީރިޔާގައި ހައްޔަރުކޮށްފައިވާ ދިވެހިންނާއި ދިވެހި ހަނގުރާމަވެރިންގެ ހައްގުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި އުނިނުކުރެވޭނެ ނުވަތަ ނިގުޅައިގަނެވޭނެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އިސްވެ ހަރަކާތްތެރިވެ އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގައި ރާއްޖޭގެ މައްޗަށް އޮތް ޒިންމާ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވައިފަ އެވެ.

ރެޕަޓުއާ ވަނީ ހަނގުރާމަ ސަރަހައްދުތަކުން ދިވެހިން ގެންނަން އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވާފައިވިޔަސް އެކަން ހާސިލްކުރަން ސަރުކާރަށް ގިނަ ގޮންޖެހުންތައް ދިމާވެފައިވާކަން ފާހަގަކުރައްވައިފަ އެވެ.

އެކި އިދާރާތަކުން ހިއްސާކުރި މައުލޫމާތާ ހަވާލަދެއްވައި ރެޕަޓުއާ ވިދާޅުވީ 50-90 ދެމެދުގެ ބަޔަކު ސީރިއާގައި އެބަތިބި ކަމަށެވެ. އެ މީހުންގެ އުމުރެއް ނޭނގެ އެވެ.

"ރާއްޖޭގެ ސަރުކާރާއި ދިވެހި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކުރިމަތިލަމުންގެންދަވާ މި ނާޒުކު ހާލަތުގައި ގޮންޖެހުންތައް ހުރިކަން ރެޕައުޓާ ގަބޫލުކުރާ ހިނދު، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ތިބި ދިވެހި ހަނގުރާމަވެރިން ރާއްޖެ އަނބުރާ ގައުމަށް ގެނައުމަށްޓަކައި ރާއްޖެިން ފައްޓާފައިވާ ހާއްސަ މަސައްކަތަކީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން އެޅޭ އަމަލީ ފިޔަވަޅުތަކެއް ކަމަށް ރެޕައުޓާ ދެކެވަޑައިގަންނަވަ އެވެ،" ބައްދަލުވުންތަކުން ފާހަގަވި ކަންތައްތައް ހިމެނޭ ރިޕޯޓުގައި ބުންޏެވެ.

ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ އިތުރުން އދ. އިން އިސްނަގައިގެން ޕީއާރުއާރުގެ އޮނިގަނޑުގެ ދަށުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަނގުރާމަވެރިން އަނބުރާ ގެނައުމަށްޓަކައި ރިހެބިލިޓޭޓްކުރުމަށް އެކަށީގެންވާ ތަނެއްގައި މަރުކަޒެއް ގާއިމްކޮށް 63 މުވައްޒަފުންނާއި ފަންނީ މާހިރުން އެ ތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ސަރުކާރުން ވަނީ ހަނގުރާމަ ކުރާ ސަރަހައްދުތަކުގައި ތިބި މީހުންނާއި ކުޑަކުދިންގެ އުމުރަށް އެކަށީގެންވާ ގޮތަށް އަދި އަނބުރާ އަންނަ ހަނގުރާމަވެރިންގެ ހާއްސަ ބޭނުންތަކަށް ރިއާޔަތްކޮށްގެން މުޖުތަމައުއަށް ރުޖޫއަކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ތައްޔާރުކޮށްފަ އެވެ.

ނަމަވެސް ރެޕަޓުއާ ވަނީ އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ރުޖޫއަކުރުމުގެ މަސައްކަތް މިހާރު ކުރާ ހަރުކަށި އަދި އަސްކަރީ ސިފަތަކާއި އެކަން ކުރަމުން ގެންދިއުމުގައި ހާމަކަން ކުޑަވުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ތުރުކީން ރާއްޖެއަށް އާއިލާ ގެނައުމުގެ ބޭރުން މިހާރު އެންއާރުސީގެ ބެލުމުގެ ދަށުގައިވާ އާއިލާ މުޖުތަމައުއަށް ރުޖޫއަކުރުމަށްޓަކައި ވަކި ޓައިމްލައިނަކަށް އަމާޒުކުރެވިގެން ރޭވިފައިވާ މަސައްކަތްތަކެއް ނެތްކަން ރެޕައުޓާ ފާހަގަކުރައްވައިފަ އެވެ. އަމިއްލަ ގޮތުން ގައުމަށް އަނބުރާ އައިސްފައިވާ ފިރިހެނުންތަކެއް ތިބިކަން ފާހަގަކޮށް އެ ފަރާތްތައް ވެސް ރީއިންޓަގްރޭޝަން ޕްރޮގްރާމްގައި ބައިވެރިކުރުމަށް ރެޕައުޓާ ލަފާދެއްވަ އެވެ،" ރިޕޯޓުގައި ބުންޏެވެ.

"މި މަރުކަޒަކީ މައިގަނޑު ގޮތެއްގައި މީހުން ބަންދުގައި ބައިތިއްބާ ތަނެއްކަން ފާހަގަކޮށް، ހަމަނުޖެހުންތަކުގައި ހަަކާތްތެރިވާ ދިވެހި ހަނގުރާމަވެރިން އަނބުރާގެނައުމާއި ރަށްވެހިކުރުވާފައިވާ ފަރާތްތައް ދިގުމުއްދަތަކަށް މަރުކަޒުގައި ބަންދުކޮށް އެކަހެރިކޮށް އެއްކިބާކޮށް ނުބެހެއްޓުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށްފައިވެ އެވެ،"

ހަނގުރާމަ ސަރަހައްދުތަކުން ގެންނަ ދިވެހި ހަނގުރާމަވެރިންނާ އެ މީހުންގެ އާއިލާތައް ރާއްޖެ އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު ހިމެނެނީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ހަތަރު ގަވާއިދުތަކުގެ ތެރޭގަ އެވެ. ނަމަވެސް ގާނޫނުގައި ބުނެފައިވާ އިދާރީ ފިޔަވަޅުތަކާ ގުޅޭ ކަންބޮޑުވުންތަކެއް އޭނާ ވަނީ ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރީހެބިލިޓޭޝަން ޕްރޮގްރާމަށްވުރެ އިދާރީ ގޮތުން އަޅާ ފިޔަވަޅުގެ ދަށުން ބަހައްޓާ ބަންދުގެ މުއްދަތު ދިގުވެގެން ނުުވާނެ ކަމަށް މަޝްވަރާގައި ބައިވެރިވި ފަރާތްތަކުން ވެސް ދެކޭ ކަމަށެވެ. ނަމަވެސް ރެޕައުޓާގެ މައިގަނޑު ކަންބޮޑުވުމަކީ އިދާރީ ބަންދުގައި އެންމެ ގިނަވެގެން ބެހެއްޓޭނެކަމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތުމެވެ.

"އެފަދަ ބަންދަކުން ވީއްލުމަށްޓަކައި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ހިންގާ ގޮތް ނޭނގޭ އަދި ސަލާމަތީ އަސްކަރީ ސިފަތަކެއް ހިމެނޭ ރިސްކް އެސެސްމަންޓްގެ ނަތީޖާއަށް ބަރޯސާވާނަމަ ވަކި މުއްދަތެއް ނެތި ބަންދުގައި ބެހެއްޓުމަށް ފުރުސަތު ފަހިވެގެންދެ އެވެ،" ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މި މަސައްކަތުގައި ހިއްސާވާ މުހިއްމު ފަރާތްތަކުގެ ތެރެއިން އެންއާރުސީގެ މުވައްޒަފުންނާއި އަންހެނުންނާއި ކުޑަކުދިންގެ ކަންކަމަށް ހާއްސަކުރެވިފައިވާ މިނިސްޓްރީތަކުގެ ބަހެއް ނެތި އިންޓެލިޖެންސް ޑީ-ބްރީދިން އާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވައިދުގެ ދަށުން ޕޮލިހާއި އިންޓެލިޖެންސާ ގުޅޭ ފަރާތްތަކުން ހިންގަމުންދާ ރިސްކް އެސެސްމަންޓްތަކާ އިންޓެލިޖެންސް ޑީ-ބްރީފިންތަކާ މެދު ރެޕުޓުއާ ކަންބޮޑުވެ އެވެ،"

ރެޕަޓުއާ ވަނީ ހަނގުރާމަވެރިންގެ ކެޓަގަރީން 15 އަހަރުން ދަށުގެ ކުދިން ގާނޫނުން އިސްތިސްނާކޮށްފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެކަމަކު ބޮޑެތި މީހުންނަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އެސެސްމަންޓްތަކަށް އާއްމުގޮތެއްގައި ކުޑަކުދިން ހުށަހެޅޭގޮތަށް އޮތުމަކީ އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމެއް ކަމަށް ވިދާޅުވި އެވެ.

ރީއިންޓަގްރޭޝަން ސެންޓަރުގައި މި ވަގުތު ވެސް އަންނަނީ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެ ގެނައި އާއިލާއެއް ބަންދުކޮށްފައިވެ އެވެ. އެ މީހުންނަށް އިދާރީ ބަންދުގެ ގޮތުގައި ނުވަ މަސް ވަނީ ދީފަ އެވެ.

ރެޕަޓުއާ ވިދާޅުވީ ދިގު މުއްދަތަކަށް އެ ގޮތަށް ބަންދުކުރުމަކީ ބެއިޖިން ރޫލްސް އަދި ސީއާރުސީގެ އަސާސީ އެއް މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

14 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 13%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިބެއްޔަ

27 May 2022

ގިނަ ކޮމެންޓުތަކަށް ބަލާއިރު ގެންނާނެ ކަމެއްނެތޭ ބުނާއިރު އެއީ އެންމެ ރަނގަޅުވިސްނުމެއްނޫން، ސަބަބަކީ ދުނިޔޭގެ ކޮންމެތަނެއްގައި ކޮންމެވެސް ސަބަބަކާއިހުރެ ދިވެހި ބަޔަކު ތާށިވެ އެފަދަ ކޮންމެވެސް ހާލަތެއް ދިމާވެދާނެ، އެހެންވުމާއި އެކު އެ ބަޔަކު އަނބުރާގެނައުން އެއީ ރާއްޖޭގެ ޤާނޫނު ލާޒިމު ކުރާކަމެއް،އަނެއްކަމަކީ ބޮންގޮއްވާ ކަތިލާ ހަބަރުތަކަށްވުރެ ބޯމީހުންގެ ހަބަރުތަކާއި ގުރޫޕުމާރާމާރި ނޫސްތަކުން ކޮންމެ ދުވަހަކު ފެންނާނެ ،އެކަމަކު އެއީ މިމީހުންތޯ؟

The name is already taken The name is available. Register?

ކަތްދައްތަ

26 May 2022

ދިޔައީވެސް ފިލައިގެން އޮޅުވާލައިގެން. ވީމާ އަންނަންވެސް ޖެހޭނީ ފިލައިގެން އޮޅުވާލައިގެން. ދީނުގެ ނަމުގަ ހަރުކަށި ފިކުރު އުގެނިގެން މިތާ މަރާބާޑި ކުޅެން ގެންނާކަށް ނުޖެހޭ. ހަގުރާމައަށް ދިއުމުން ދިވެހި ރައްޔިތުކަން އޮޓަމެޓިކުން ގެއްލޭ އިސްލާހެއް ހުށަހަޅަންވީ.

The name is already taken The name is available. Register?

ކީސްފިލާ

27 May 2022

އޮޅުވާލައިގެން، ފިލައިގެން މިމީހުން ދިޔައީ، ކޮންމެވެސް ބަޔަކު މިމީހުންނަށްވެސް އޮޅުވާލައިގެން ކަމަށް ވެދާނެ. ޢެހެންވީމާ، އެންމެފުރަތަމަވެސް އެބަޔަކު ހޯދާ އާންމުންގެ ސަމާލުކަމަށް ނުގެނައީ ކީއްވެ؟

The name is already taken The name is available. Register?

ހަމް77

26 May 2022

ކޮންބަޔެއްތަ އަދި ކޮމެންޓްތަކައް ޑިސްލައިކް މިދެނީ. އެހާ ހަނގުރާމަ ކުރާ ހިތްވަންޔާ ދޭބަލަ ސީރިޔާއައް.

The name is already taken The name is available. Register?

ހުސެންް

26 May 2022

ތިމީހުން ތިދިޔަތަނެއްގަ ބައިތިއްބާ. ކޮންމެހެން މިގައުމަށް ގެންނާނެ ކަމެއްނެތް. މިގައުމުގަ ނޫޅެންވެގެން ތިދާތަނަކަށް ދިޔައީވެސް. ތިކުރަން އުޅުނުކަމެއް ތިދިޔަތާގަ ކުރޭ. ކޮންމެހެން މިގައުމަށް އައިސް މިތަނަކީ ބިރުވެރި ތަނަކަށް ހަދަން އުޅޭނެކަމެއް ނެތް.

The name is already taken The name is available. Register?

ކޮޅުމަދުލުމީހެއް

25 May 2022

ޖިހާދަށޭކިޔާފަ ގޮސް މީހުން މަރަން އުޅެފަ ކޮންމެހެން ދެން އަހަރެމެންގެ ޅަދަރިން ބިރުވެރި ކަމުގެ ތެރެޔައް ވައްޓާލަން އަންނާނެ ކަމެއްނެއް.ކަލޭމެންގެ ފިކުރަކީ ނާތަހުޒީބު ނުބައި ފިކުރެއް.އިއްޔެ ތީގެ ޓެރަރިސްޓެއް ސުކޫލެއްގެ ތެރެޔައްވަދެ މާރަމާރީ ހިންގާ ހަޅޭފަޅޭ ޖެހީ.ނުޖެހޭނެ ގެންނާކައް. ތިތާ މަޑުކުރޭ.ކަލޭމެން ތީ މިމުޖުތަމައުގަ ގެންގުލެން ހެޔޮވާވަރުގެ ބައެއް ނޫން.

The name is already taken The name is available. Register?

ލިޔޮނެލް

26 May 2022

ކަލޯ އިހައްދުވަހު މަ ބެލިން މީގެ ކޭމްޕެއްގެ ވިދިޔޯއެއް ޔޫތިއުބުން.ވަރައްނުރައްކާބައެއް މީ.ގޮތް ބަދަލުވެފައިވާ ތަނެއް ނުފެނޭ އަދިވެސް އިނޓަވިއު ކުރީމަ ބުނަނީ އެމީހުން އެންބުރި އަންނާނަމޭ ދެކޮޅުހަދާ މީހުން ކަތިލާނަމޭ.ހެޔޮނުވާނެ މި ބައިގަންޑު މިގައުމައް ގެންނާކައް.

The name is already taken The name is available. Register?

ދެން އަޅެ ފަހެ

26 May 2022

މި މީހުންނަށްވުރެ މުޖުތަމަޢުގެ ތެރޭ ރާބޯ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ދެކެ ބިރެއް ނުގަނޭތަ؟ އެމީހުންނަށް ހިމާޔަތް ދީފަ މައިންނާއި ކުޑަކުދިންނަށް ހިމާޔަތެއް

The name is already taken The name is available. Register?

ފޮޅި ހުސޭނު

25 May 2022

ތޮއެންމެން ރިހެބިލިޓޭޓުކުރަން ހަވާލުކުރަންވީ ޗައިނާއާ

The name is already taken The name is available. Register?

ދޮންއަމާ

25 May 2022

މިގައުމުގެ ހާލަކީ މިގައުމަށް ގަވައިދާ ހިލާފަށް އައިސް އުޅޭ ބޮންދުންގެ ކަންކަން ނުބެލެހެއްޓޭ ހާލު އޮތް ގައުމެއް ތިކިޔާ ސާތޭކަ މީހުން ގެނެސް މިތަނަށް ދޫކޮށްލާއިރު މިގައުމު މިއޮތް ހާލުގަވެސް ނޯންނާނެ

The name is already taken The name is available. Register?

ޙިނި

25 May 2022

އެމީހުން އެތާ ބައިތިއްބާ، ރާއްޖެ ގެނެއްސިއްޔާ މިތަނުގެ އަމާންކަން ނަގާލާ ބޮންގޮއްވާނެ.

The name is already taken The name is available. Register?

ހަސަންކާރި

25 May 2022

އެކަމަނާ ކާރި އައްސަވާ ބައްލަވާ ގުއަންޓަނަމޯ ބޭ ކިޔާ ތަނެއް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުން ހިންގަމުންދަނީ ޔޫއެންގެ ކޮން އުސޫލެއްގެ ދަށުންތޯ؟ މި ގައުމަށް ގެނެސް ތިއެންމެން ބުރަކަށީ ފިރުމާފައި ދޫކޮށްލީމައި އޭގެން މީހަކު އެތައްބަޔަކު މަރާލީމައި ގައުމުގެ މީހުންގެ ހައްގު ކޮބާތޯ؟ ކުޑަ ކުދިން ގެންނަންޏާ ގެންނަންވީ، އެކަމަކު އެމީހުންގެ މައިންބަފައިން ގެންނަންޏާ އެމީހުންގެ ތިބެންޖެހޭ ޚާއްސަ ޖަލެއްގައި.

The name is already taken The name is available. Register?

ނުގެންނާތި

25 May 2022

އެތަނަށް އެމީހުން ދިޔައީ ދިވެހިރާއްޖެ މީ ކުފުރުގެ ބިމެކޭ ކިޔާފަ. މިހާރު ކުފުރުކަން މިބިމުން ފިލާބާ މިތަނަށް ނާދެވިގެން އެ އުޅެނީ!؟

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

26 May 2022

އެއްގޮތަކަށް ވެސް ގެންނާނެ ކަމެއް ނެތް، ޖިހާދު ކޮށް ޝަހީދު ވާން ދިޔައީ މިގައުމުގެ ވެރިންނާއި ދެކޮޅަށް. ޖާހިލިއްޔަ މަރަކުން މަރުވާ ހިތުން ގޮސްފައި މިހާރު މިގައުމު ޖަންނަތުލް ފިރުދައުސް އަށް ބަދަލު ވީ ާާާބ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454