.
24 އޯގަސްޓް 2022 - 07:19
އިންޑިއާގެ ޓެމިލް ނާޑޫގައި ދިރިއުޅޭ ޒުވާނަކު އެއްކުރި ފައިސާއިން އޭނާގެ އަވަށުގެ މަގު ހެދުމުން އެތައް ބައެއްގެ ލޯބި ލިބެން ފަށައިފި އެވެ.
ޓެމިލް ނާޑޫގެ ނައްލަވޫރުގެ އަވަށުގައި އުޅޭ ޕީ ޗަންދުރަސޭކަރަން އެންމެ ކުޑައިރުން ފެށިގެން ވެސް ދެކެމުން އައި އެއް ހުވަފެނަކީ އުފަން އަވަށުގެ މަގުތައް ހަދާފައި ހުންނާނެ ދުވަހެކެވެ.
ނަމަވެސް އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް އައި އިރުވެސް އެއްވެސް ބަޔަކު އެ އަވަށުގެ މަގުތައް ހަދަން އެހީއެއް ނުވެ އެވެ. އެހެންވެ ޗަންދުރަސޭކަރަން އަޒުމް ކަނޑައެޅީ އަމިއްލަ އަށް އަވަށުގެ މަގު ހަދާށެވެ.
ޓެކް ދާއިރާގައި މަސައްކަތްކުރާ ޗަންދުރަސޭކަރަން އަށް ވަޒީފާ ލިބުމާ އެކު ފައިސާ އެއްކުރަން ފެށީ ކައިވެންޏަށެވެ. ނަމަވެސް އެތައް އަހަރެއް ވީ އިރުވެސް މަގުތަކަށް ބަދަލެއް އައިސްފައި ނެތުމުން އެންމެ ފަހުން އެކަމަށް ހައްލެއް ހޯދަން ބޭނުންވި އެވެ. ކައިވެންޏަށް އެއްކުރި ހުރިހާ ފައިސާ އެއް އޭނާ ނެގީ އަވަށުގެ މަގު ހެދުމަށެވެ.
އޭނާ ވަނީ ކައިވެންޏަށް 10 ލައްކަ ރުޕީސް ރައްކާކޮށްފަ އެވެ. އެ ފައިސާއިން ވަނީ އެންމެ ފަހުން އޭނާ އަވަށުގައި މަގެއް ހަދައިފަ އެވެ. އެ މަގުގެ ދިގުމިނުގައި 280 މީޓަރު ހުންނާނެ އެވެ. މިހާރު މަގުގެ އަމަލީ މަސައްކަތް ކުރާއިރު އެ މަސައްކަތް އޮތީ ނިމުމާ ވަރަށް ގާތް ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
24 August 2022
މިކަހަލަ މޮޔަކަންތައްކުރާމީހުންވެސް އުޅޭވިއްޔަދޯ!
މުހައްމަދް
24 August 2022
ކިއްވެ އެ މޮޔަކަމަކަށް ވާންވީ
ހުސެން
26 August 2022
@ މުހައްމަދް : މޮޔަކަމަކަށްވާ ސަބަބަކީ ތިޔައަވަށެއްގައިވެސް ކޮންމެވެސް ސިފައެއްގައި ވެރިކަމެއްކުރާނެ، މަގުހެދުންފަދަކަންކަމަކީ އެތަނެއްގައި އޮންނަ ސަރުކާރަކުން ހުރިހާއެންމެންގެ ފަސޭހައަށް ކުރަންޖެހޭ ކަންކަން، އެއީ އަމިއްލަމީހަކުގެ ފައިސާއިން ކުރަންޖެހޭނެ ކަމެއްނޫން، މިޔަށް ކިޔަނީ ކަންދެއްކުން، މިކަންކުރި މީހާއަކީ ބޮޑުމުއްސަންޖެއްނަމަވެސް ދެން އޯކޭ އެކަމަކު ކަައިވެނިކުރަން އެއްކުރި ފައިސާއިން މިކަމެއްމިކުރީދޯ، އެހެންވެބުނެވޭނީ މޮޔަކަމެކޭ!!
ނިކަންއެފަދަކަމެއް
24 August 2022
ކަލޭވެސް މީހުންނަށް ފާޑުކިޔަން ނުހުރެ ބަޔަކަށް ފައިދާވާނެ ކަމެއް ކޮށްބަލަ. އެމީހުންކުރާ އެފަދަ ކަންކަމުން އާޚިރަތުގައި ފައިދާއެއް ނުލިބުނަސް މުސްލިމަކުކުރާ އެފަދަ ކަމަކުން ދެދުނިޔޭގައިވެސް އެކަމުގެ މަންފާ ލިބޭނެ ވިއްޔާ.
ށަވިޔަނި
24 August 2022
ވަޒަންދެކެ ލޯބިވާ މީހެއް.
ރަދީފްއޮފިޝަލް
24 August 2022
ޔިންކްރެޑިބްލާ ޔިންޑިޔާގަ ނޫނީ މިފަދަ ކަމެއް ނުހިނގާނެ.