.
13 ސެޕްޓެމްބަރ 2022 - 06:40
އެއްވެސް ކަހަލަ ކަރަންޓެއް ނުވަތަ އުނދަގޫ ޓެކްނޮލޮޖީއެއް ބޭނުން ނުކޮށް އަވީގެ އެހީގައި، ލޮނުފެން ބޯފެނަށް ބަދަލު ކުރެވޭ ޑިވައިސްއެއް އުފައްދައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމަށް ސައިންސްވެރިންތަކެއް މަސައްކަތް ފަށައިފި އެވެ.
އަވީގެ އެހީގައި ފެން އުފެއްދުމަކީ އާކަމެއް ނޫނެވެ. ނަމަވެސް މިގޮތަށް ލޮނުފެން ބަދަލުކޮށް ބޯފެނަށް ހަދައި ފުޅާ ދާއިރާއެއްގައި އެ ބޭނުން ކުރެވޭނެ ގޮތެއް މީގެ ކުރިން ހަދާފައެއް ނުވެ އެވެ.
އަބޫ ދާބީން 2019 ވަނަ އަހަރު އުފެދިގެން އައި ސްޓާޓަޕެެއެއް ކަމަށްވަ މަންހަތު އިން އަންނަނީ އާންމުންނަށް ކޮންމެ ދުވަހަކު ބޭނުންވާ ވަރަށް އާވީގެ އެހީގައި ބޯފެން ލިބޭނެ ގޮތް ހޯދުމަށް މަސައްކަތް ކުރަމުންނެނެވެ.
މަންހަތުގެ ސައިންސުވެރިން އުފައްދާފައިވަނީ ކަނޑުމަތީގައި އަޑިއަށް ނުގޮސް އޮންނާނެ ހާއްސަ ޑިވައިސް އެކެވެ. މި ޑިވައިސް އަކީ އިރުގެ އާވި ބޭނުންކޮށްގެން ލޮނު ފެން، ބޯފެނަށް ބަދަލުކޮށް އެ ރައްކާކުރާ ޑިވައިސް އެކެވެ.
އާ ޓެކްނޮލޮޖީގެ އެހީގައި ކަނޑުގައި ދަނޑުވެރިކަން ކުރާނެ ގޮތުގެ ރެންޑާއެއް
އެ ސްޓާޓަޕްގެ ފައުންޑާ އަދި ސައިންޓިސްޓް ޑރ. ސައީދު އަލްހަސަން އަލްހަޒްރާޖީ ވިދާޅުވަނީ އެ ޑިވައިސް މަސައްކަތް ކުރަނީ ވާރޭ ފެން އުފެދޭ "ނެޗުރަލް ސައިކަލް" އާ އެއްގޮތަށް ކަމަށެވެ.
މި ޓެކްނޮލޮޖީ އަކީ އާންމުގޮތެއްގައި ފެނާ ދުރުގައި އުޅޭ ސަރަހައްދުތަކަށް ފެން ފޯރުކޮށްދޭން އެހީތެރިވެދޭނެ ޓެކްނޮލޮޖީއެއް ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި އޭގެއިތުރުން އެ ޓެކްްނޮލޮޖީ ބޭނުންކޮށްގެން ކަނޑުގައި ހާއްސަ ޕްލެޓްފޯމް ބޭނުންކޮށް ފްލޯޓިން ދަނޑުވެރިކަން ކުރުމަކީ މި ޓެކްނޮލޮޖީ ކުރިއަށް ބައްޓަންކުރުމުގައި އަމާޒުކުރާ މިސްރާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޓެކްނޮލޮޖީ އާންމުންނަށް ލިބެން އަދިވެސް ތިން ވަރަކަށް އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy