މަނަފަރު ރިސޯޓުގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި އެ ރަށުގައި މީގެ ކުރިން ބޭއްވި އެއްވުމުގައި ބަޔަކު ބައިވެރިވަނީ.--
25 ސެޕްޓެމްބަރ 2022 - 23:13
ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓުން ވަކިކުރި 29 މީހަކަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން މާލީ ގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކަމަށް ބުނެ މުސާރަ އާއި އިނާޔަތްތައް އުނިކުރުމަށް ފަހު ސެޕްޓެމްބަރު 8، 2020 ގައި 60 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރި އެވެ. އޭގެ ތެރެއިން 29 މީހުންނަކީ އެ އަތޮޅު ހޯރަފުށީގެ ބައެކެވެ.
އެ މީހުން ތަމްސީލުކުރި ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ ޑިސެމްބަރު 7، 2020 ގަ އެވެ.
މިދިޔަ ހޯމަ ދުވަހު ޓްރައިބިއުނަލުގައި ބޭއްވި ޝަރީއަތުގައި މައްސަލަ ކާމިޔާބުވުމުން އެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ އެ 29 މީހުން ވަޒީފާ އިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ވަޒީފާ އިން ވަކިކުރި މީހުންގެ ތެރެއިން އެ މީހުންގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ މީހުންނާއި މިހާރު ވަޒީފާތައް ހަމަޖެހިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ ވަޒީފާ އިއާދަކޮށްދިނުމަށާއި ވަޒީފާ އިން ވަކިކުރި އެންމެންގެ ގެއްލިފައިވާ މުސާރަ އާއި އިނާޔަތްތައް ޖޭއޭއާރު މޯލްޑިވްސް ކުންފުނިން ދޭން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
"ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ޖޭއޭއާރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަމުރުކޮށްފައި ވަނީ ވަޒީފާ އިން ވަކިކުރި 29 ފަރާތަށް ދޭންޖެހޭ އެންމެހާ ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ދެއްކުމަށެވެ،" ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއީލްބެ
26 September 2022
ވަޒީފާއާއި ބެހިގަނެގެން އުޅޭ ޓްރަބިއުނަލްއަކީ ދާއިމަށްވެސ\ް އެއްފަރާތަށް ޖެހިގެން މައްސަލަތައް ނިންމާ ބައެއް. ދުވަހަކުވެސް އެޓްރެބިއުނަލުން ވަޒީފާދިން ފަރާތުން ވާހަކަ އަޑުއަހައިގެން އަދުލުވެރިމާއެކު ނިންމި އެއްމެ މައްސަލައެއްވެސް އެއްވެސް ފަރާތަކަށް ނުދެއްކޭނެ.
މޯޑް
26 September 2022
ހޯރަފުށިން ވަކިކުރި ކުދިންގެ ވަޒީފާ އިޔާދަ ކޮށްދޭން ޖެހޭ. މުސާރަވެސް ދޭށްޖެހޭނެ ވަކި ކޮށްފަ ހުރި ދުވަސް ތަކުގެ. ސުނާގެ ޓީމަށް އަށްސަރިބަހާ ސާބަސް