ރިޕޯޓް / ނޮވެމްބަރު 3

"ޝަހީދުންގެ ޒިކުރާ"ގެ ރިހިޔޫބީލް: ހިތުގެ އެންމެ ފުނަށް!

ފަތިހެއްގެ ހިމޭންކަން ހިތުގެ އެންމެ ހިމަ ނާރާ ކުޅެލާ ކަހަލަ މަޑުމޮޅި މިއުޒިކެއްގެ ތެރެއިން ކުއްލިއަކަށް ދެން އިވެނީ ބޮޑު ކަމެއް ވާން އުޅޭ ކަމުގެ އިހުސާސެވެ. ދެން ތަޅައިގަންނަ ބަޑީގެ އަޑުފަށްގަނޑާ އެކު މީހާ ގެންގޮސްދެނީ ސީދާ ނޮވެމްބަރުގެ 3، 1988 ގެ ހަމަލައިގެ ތެރެއަށެވެ. އެ ދުވަހުގެ މުޅި ހާދިސާގެ ތެރެއަށެވެ. -- މިއީ "ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ... ޝަހީދުންގެ ޒިކުރާ..." މި ލަވަ އެވެ.

އެ ލަވަ އަށް އަންނަ އަހަރު 25 އަހަރު ވަނީ އެވެ؛ ބާވުމެއް، ފަނޑުވުމެއް ނެތެވެ. މި 25 އަހަރުގެ ތެރޭގައި އެތައް ބަޔަކު މި ލަވަ ކަވަ ކޮށްފި އެވެ. އަރަމުން އަންނަ އެތައް ލަވަކިޔުންތެރިއެއްގެ ގައުމީ ޖޯޝާއި ހިތްވަރު މި ލަވައާ އެކު ބޭރުކޮށްލައިފި އެވެ. އެތައް ބަޔަކު އެކި ގޮތްގޮތަށް ވީޑިއޯ ހަދައިފި އެވެ. އެތައް މުނާސަބާއެއްގައި މި ލަވަ އެކި ގޮތްގޮތަށް ހުށަހަޅައިފި އެވެ. އެތައް ބައެއްގެ ހިތުގައި ބިންވަޅު ނަގައިފި އެވެ.

މި ލަވައިގެ އެންމެ ހާއްސަ ކަމަކީ، ކޮންމެ އަހަރެއްގެ މި ދުވަހު، މި ލަވައާ އެކު މުޅި ގައުމު ގުގުމަމުން ދާތީ އެވެ. އެ ހާއްސަކަން އެ ގޮތުގައި އަބަދުވެސް އޮންނާތީ އެވެ. ފޫހިކަމެއް ނެތެވެ. އެ ޖޯޝަކަށް ބަދަލެއް ނާދެ އެވެ.

އަމިއްލަ ރާގު އުފެއްދުމުގައި ދެވަނައެއް ނެތް، އިބްރާހިމް ނިފާރު (ތިއްތި) އާއި ގައުމީ ލަވަތަކަށް، ފަހު ޖީލު ދުށް ކުޅަދާނަ ލަވަކިޔުންތެރިޔާ މުހުތާރު އާދަމާއި މި ކަހަލަ ލަވަތަކުގެ ޅެންތަކަށް ހާއްސަ ހުނަރެއް ހުރި އާދަމް ހަލީމް އަދުނާން ގުޅިގެން "ސޫރަ" އަލްބަމަށް އުފެއްދި މި ލަވައިގައި ހާއްސަ ވާ ވަރަށް ގިނަ ގޮތްތަކެއް އެބަ ހުއްޓެވެ. ލަވައިގައި ދެން އަޑު ހިމެނޭ، ސަނާ އަކީ، މި ލަވައާ އެކު ލަވައިގެ ދާއިރާ އަށް ނުކުތް ޒުވާނެކެވެ.

މިހާރު ލަންކާގައި ދިރިއުޅެމުން އަންނަ މިއުޒީޝަން، ތިއްތި ބުނި ގޮތުގައި، އެ ލަވައިގެ ހާއްސަ އެއް ކަމަކީ ނޮވެމްބަރު 3، އޭނާގެ އުފަން ދުވަހާ ވެސް ދިމާވުމެވެ.

"އޭރު މިއުޒިކްގެ ތެރޭގައި އަބަދުހެން އުޅެމުން ދިޔައީ. އެހެންވެ އަހަރެންގެ އުފަން ދުވަހާ ވެސް ގުޅިގެން ލަވައެއް ރިލީޒް ކުރަން ވެގެން އާދަމް ހަލީމާ ޅެމެއް ހަދަން ހަވާލުކުރީ. އޭނަ ހަދައިގެން އައި ޅެމެއް މިއީ. އޭގެ ފަހުން މިއުޒިކް ހަދައިގެން ލަވަ ކިޔައިގެން އުފަން ދުވަހުގެ ވެސް މާ ފަހުން އަލްބަމްގައި ހިމަނައިގެން މި ލަވަ މި ނެރުނީ،" ތިއްތި ބުންޏެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ނުރައްކާތެރި ދުވަސް، ނޮވެމްބަރު 3، 1988 އާ ބެހޭ ގޮތުން އޭރު އަމިއްލަ ރާގުގެ އެއްވެސް ދިވެހި ލަވައެއް ނޯވެ އެވެ. އެކަމަކު ލޯބީގެ ލަވަތަކެއް ހިމެނޭ "ސޫރަ" އަލްބަމްގެ ތެރެއަށް މި ލަވަ ލައިގެން "ގައުމީ ލަވައެއް ހިޓްވުމަކީ" ލިބުނު އަނެއް ހާއްސަ ކަމެވެ.

"ސޫރަ" އަކީ ތިއްތި އާއި މުހުތާރު ގުޅިގެން މުޅިން ވެސް އަމިއްލަ ރާގު ހިމަނައިގެން 1998 ގައި ނެރުނު އަލްބަމެކެވެ. އެއީ، އޭރު ނެރެމުން ދިޔަ އަލްބަމްތަކަށް ބަލާއިރު ސުޕަ ހިޓް އަލްބަކެވެ. ވަރަށް ގިނަ ލަވަތަކުގެ ވީޑިއޯ ވެސް ހަދާފައި ވާތީ، އޭގެ ލަވަތައް ކޮންމެ ގެއަކުން ހެން ވެސް އިވެން ފެށި އެވެ. މާލޭގެ ލަވަރޯލް ވިއްކާ ފިހާރަތަކުން އޭރު އެ އަލްބަމްގެ ލަވައެއް ނޫނީ ނީވޭ ހިސާބަށް ދިޔަ އެވެ. "ކިޔާ ދޫތަކުން..." ވެސް އާންމުންގެ ތެރެއަށް ނުކުތީ، ޓީވީއެމުން އެއަށް ވަރަށް ރީތިކޮށް މަންޒަރުތައް އަޅައި އާންމުންނާ ހަމައަށް ތިލަކޮށްދިން ފަހުންނެވެ.

"ހީ ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް މި ލަވައަށް ލިބެމުން ދިޔައީ. އޭރު ވެސް މިހާރު ވެސް. ނޮވެމްބަރު 3 އަންނައިރަށް އެކި މީހުން ގުޅާނެ މި ލަވަ ކަވަރު ކުރަން އެދި މިހާރު ވެސް. އެކި ތަންތަނުން ގުޅާނެ މި ލަވައިގެ އެކި ކަންކަމުގައި،" ތިއްތި ބުންޏެވެ.

"މިއީ، އަަހަރެންގެ މުޅި މިއުޒިކް ކެރިއާގައި ވެސް ކުރެވުނު އެންމެ ފަޚުރުވެރި މަސައްކަތް. އަނެއްކާ އެއްވެސް މީހެއްގެ ފާޑުކިޔުމެއް، މީހަކު ދެކޮޅަށް އެއްޗެއް ނުބުނާ ހަމަ އެކަނި ލަވައަކީ ވެސް މިއީ."

ލަވައިގައި އެ ހުރީ އަމިއްލަ ތަޖުރިބާ

އެންމެން ވެސް ފާހަގަ ކުރާ އެއް ކަމަކީ، ޅެމުގެ ފުރިހަމަ ކަމެވެ. ޅ. ނައިފަރަށް އުފަން އާދަމް ހަލީމް އަދުނާންގެ ހިތުން، 19 ދިވެހިން ޝަހީދުކޮށްލި ގޮތް، ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަން މި ލަވައިން ވަރަށް ރީތިކޮށް އެނގެ އެވެ.

އުމުރުން 26 އަހަރުގައި އޭނާ މި ލަވައަށް ބަސްތައް އަމުނާލި ގޮތް މިހާރު ވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

"ދެ ގަޑިއިރުން ހެދި ޅެމެއް ތިއީ،" މިހާތަނަށް 2000 އަށް ވުރެ ގިނަ ލަވަ އާއި ޅެން ހެދި ހުނަރުވެރިޔާ ބުންޏެވެ.

"އަޅުގަނޑަކަށް އެހާ އުނދަގުލެއް ނުވި މިކަމަށް [ނޮވެމްބަރު 3 އަށް] ޅެމެއް ހަދާކަށް. އެއީ އަޅުގަނޑަށް އެކަން ތަޖުރިބާ ކުރެވުނީމަ.

އަޅުގަނޑަށް ވަރަށް ކައިރިން ތަޖުރިބާ ކުރެވިފައި ހުރި ކަންކަން އެ ލަވައިގައި އެ ހުރީ. އަޅުގަނޑުމެން ސްކޫލުގައި އުޅުން ދުވަސްވަރަށް ވީމަ، ބަޑި ޖެހިތަން ވެސް ހަމަލޮލަށް ފެނުނު."

އެކަމަކު، އެ މައުލޫއުގައި ނުވަތަ އެ ހާދިސާ އަށް އޭނާ އެހެން ލަވައެއް ދުވަހަކު ވެސް ނުހަދަ އެވެ. "ޝަހީދުންގެ ޒިކުރާ" އަކީ އޭނާ ނަސްރުގެ ދުވަހަށް ހެދި ހަމައެކަނި ލަވަ އެވެ. އޭނާ ބުނާ ގޮތުން، އެ ލަވައާ އެކު، އޭނާ ގަބޫލުކުރަނީ ގައުމަށް މުހިންމު ކަމެއް ކޮށްދެވިއްޖެ ކަމެވެ.

(ކވ): މުހުތާރު، އާދަމް ހަލީމް އަދި ތިއްތި

"މިއީ މިހާރު ނަސްރުގެ ދުވަހުގެ ތީމް ލަވައޭ ބުންޏަސް ދޮގަކަށް ނުވާނެހެން އަޅުގަނޑަށް ހީވަނީ. މި ދުވަހާ ގުޅުވައިގެން މިހާރު އެތައް ބައިވަރު ލަވައެއް އެބަހުރި ހަދާފައި. އަޅުގަނޑު ކައިރީ ބައެެއް މީހުން އެބަހުރި ބުނެފައި އެ ލަވަ އަޑު އިވުނީމަ ގައުމީ އިހުސާސްތަކާއި ޝަހީދުންގެ މަތިވެރި ގުރުބާނީ މިއިން ދޭހަވާ ކަމަށް،" އާދަމް ހަލީމް ބުންޏެވެ.

އެ ލަވަ ހެދީ، އާންމުންގެ ތެރޭގައި މިހާ ބޮޑަށް މަޝްހޫރުވެދާނެ ކަމަށް ހީކޮށްފައެއް ނޫނެވެ. އެކަމަކު، އޭނާ ބުނި ގޮތުގައި އެ ލަވަ އާންމުންނަށް ވެސް، އަދި ލަވަ ތައްޔާރުކުރި ތިއްތި އާއި މުހުތާރަށް ވެސް، އަދި ލަވައިގެ އަންހެން އަޑުގެ ވެރިޔާ ސަނާ އަށް ވެސް މި ލަވަ ވަރަށް ކަމުދިޔަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ލަވައަކުން، ނުވަތަ ޅެމަކުން އެ ދުވަހުގެ އިހުސާސްތައް ގެނެސް ދެވޭނީ މިހާވަރަށް ކަންނޭނގެ. މިހާރު ވެސް ބައެއް މީހުން ބުނޭ، ވަރަށް އަސަރުގަދަ ލަވައެއް ކަމަށް. ވަރަށް ގިނަ ބަޔަކަށް އެ ލަވަ ކަމުދިޔައީމަ ވަރަށް ހިތްހަމަޖެހޭ. ލަވައިގެ ރާގާއި ކިޔާފައި ހުރި ގޮތުން އަޅުގަނޑަށް ވެސް އަސަރު ކުރޭ އެ ލަވަ އަޑު އިވުނީމަ،" އޭނާ ބުންޏެވެ.

"ޝަހީދުންގެ ޒިކުރާ" އަކީ، ނޮވެމްބަރު 3 ގެ ޝަހީދުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، މިއުޒިކީ ދާއިރާ އިން ދިން ޓްރިބިއުޓެކެވެ. އާންމުންނަށް، އެ ދުވަހުގެ ކަންކަން އޮޅުންފިލުވައިދިނުމަށް ޓަކައި ކޮށްދިން ވަރަށް ބޮޑު ހިދުމަތެކެވެ. އެ ލަވައަކީ އެ ދުވަހުގެ ހުރިހާ އިހުސާސެއް ރައްކާކޮށްފައިވާ ޓްރެކެކެވެ. އެ ލަވައަކީ، އެ ދުވަހުގެ މުޅި ވާހަކަ އެވެ.

ތިއްތި ބުނަނީ މިހެންނެވެ: "މިއީ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު ފަޚުރެވެ."

7 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޗރޗފ45ޗ5

06 November 2022

މިހާރު މިހަދާ ކުރެޕް ލަވަތަކަށް މިޔާ ގާތަށްވެސް ނާދެވޭނެ

The name is already taken The name is available. Register?

އިސްމާލި

05 November 2022

ގައުމީ ލޯތްބާއި ޖޯޝު ގެނުވާ ވަަރަށް ފުރިހަމަ ލަވައެއް. އަހަރެން ހީކުރަން ގައުމީ އެހެން ބައެއް ލަވަތަކަށް ހެދިހެން ކޮންމެސް ވެސްޓަރން ބަނޑިތަކެއް ލައްވާފައި މޮޅު ގޮތަކަށް ކިއުއްވާފައި ކޮންމެވެސް ސިޔާސީ މީހެއް ދައްކައި ކޮންމެސް ސިޔާސީ ޗެނަލް އަކުން މީގެ ރީމޭކް އެއް ނުހަދާނެކަމަށް. ބައެއް ގައުމީ ލަވައަށް މިހެން ހަދާފައި އެބަހުރި.

The name is already taken The name is available. Register?

98

03 November 2022

89

The name is already taken The name is available. Register?

ާއަލިމޯޑު

03 November 2022

ވަރަށް ފުރިހަމަ ލަވައެއް.ދުވަހުގެ ނުރައްކާތެރި ކަމާ ބަތަލުންގެ ގުރުބާނީ ހިތަށް ތަސައްވަރު ކޮށްލެވޭ ލަވައެއް.މިލަވަ ކޮންމެ މީހަކު ކިޔާލިނަމަވެސް ހަމަ ވަރަށް ރީތިވޭ.

The name is already taken The name is available. Register?

ތުނިޔަ

03 November 2022

މިލަވަ އަޑުއިވުނީމަ ހަމަ ވަރަށް ފަޚުރުވެރިވޭ.. އެކަނި ހުރެ އަޑުއެހިޔަސް ލޮލުން ކަރުނަ ހިލޭ ވަރަށް ގައުމީވަންތަ ފަޚުރުވެރި މަސައްކަތެއް..އާދަމް ހަލީމް އަދި ތިއްތިއަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

The name is already taken The name is available. Register?

ކުޗީ

03 November 2022

އޭރުވެސް މިހާރުވެސް މިއީ ސިޔާސީ ކުޅިގަނޑެއް. އަރަން އުޅުންކަންވެސް އެނގޭ ، ކަމެއް ނުކޮށް ތިބީ ... މިހާރު އިންޑިޔާއިން އައިސް ބޭނުން އެއްޗެއް ހެދަނީ ސިޔާސީ މީހުން ބޭނުން ވެގެން. ދަށުވާވަރަށް ނުޖެހޭ ލޯނު ނަގާކަށް.

The name is already taken The name is available. Register?

ޗުކީ

04 November 2022

19 ދިވެހިން މަރާލާފަ ސިޔާސީ ކަމެކޭ ބުނެ ރެކެވޭނެ ގޮތެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454