ކުޅިވަރު

ގައުމީ ސާފިން ޓީމުން އިތުރު ދެ ޖާގަ، ސިލެކްޝަން ގައްދޫ ގައި

މިދިޔަ އަހަރުގެ ލީގު ރޭންކިން އިން މި އަހަރުގެ ގައުމީ ޓީމަށް ހޮވިފައި ތިބި ހަތަރު އެތުލީޓުން، (ކ-ވ: އާގިލް، ނަޖާހު، ޖައިލަމް، ހޫދު).-- ފޮޓޯ: އެމްއެސްއޭ

ރާއްޖޭގެ ގައުމީ ސާފިން ޓީމުން އިތުރު ދެ އެތުލީޓުންނަށް ޖާގަ ދޭން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނިންމައިފި އެވެ.

ގައުމީ ޓީމުގައި މިހާރު ހިމެނެނީ އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަނބޯ)، ޖައިލަމް ނިޒާރު އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ.

މި އަހަރުގެ ޓީމުން އިތުރު ދެ އެތުލީޓުންނަށް ޖާގަ ދޭން އެމްއެސްއޭ އިން ވަނީ ދިވެހި ސާފް ލީގު ފެށުމުގެ ކުރިން ސިލެކްޝަން ޓްރަޔަލް އެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ. މި ޓްރަޔަލް ކުރިއަށް ގެންދާނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު ގދ. ގައްދޫގަ އެވެ.

ގައުމީ ޓީމުގައި މިހާތަނަށް ހިމެނެމުން އައީ ހަތަރު އެތުލީޓުންނެވެ. އެއީ ކޮންމެ އަހަރަކު ވެސް ގައުމީ މުބާރާތް ގޮތުގައި ކުރިއަށް ގެންދިޔަ "ރަންނަމާރި ޗެލެންޖް" ގެ ގަދަ ހަތަރެކެވެ. ނަމަވެސް މިދިޔަ އަހަރު ދިވެހި ސާފް ލީގު އުފައްދައި، މި އަހަރުގެ ގައުމީ ޓީމަށް ނެގީ ލީގު ރޭންކިންގެ ގަދަ ހަތަރު އެތުލީޓެވެ.

ސިލެކްޝަން ގައި ވާދަކުރާނީ މިދިޔަ އަހަރުގެ ލީގު ރޭންކިންގެ ފަސް ވަނައިން ފެށިގެން 20 ވަނައާ ހަމައަށް ތިބި 16 އެތުލީޓުންނެވެ. މި އެތުލީޓުންގެ ތެރޭގައި ޖޫނިއާ ގައުމީ ޓީމުގެ އެތުލީޓުން ހިމެނޭ ނަމަ އެ ޖާގަ ލިބޭނީ ރޭންކިން ގައި ދެން ޖެހިގެން ތިބި އެތުލީޓުންނަށެވެ.

މިދިޔަ އަހަރުގެ ލީގު ރޭންކިންގެ ނުވަ ވަނައިގައި އޮތް ޝާނިފް ޝަފީގާއި 13 ވަނައިގައި އޮތް މުހައްމަދު ޒަޔާން (ޗޮއްޕު) އަކީ ޖޫނިއާ ޓީމުގެ އެތުލީޓުންނަށް ވުމުން، އެ ދެ އެތުލީޓުންނަށް މި ޓްރަޔަލްސް ގައި ވާދަ ނުކުރެވޭނެ އެވެ.

ސިލެކްޝަން ޓްރަޔަލް ފަށާނީ ކުއާޓާ ފައިނަލްގެ ހަތަރު ހީޓުންނެވެ. ކޮންމެ ހީޓެއްގައި ހަތަރު އެތުލީޓުން ވާދަ ކުރާނެ އެވެ. ސެމީ ފައިނަލްގެ ދެ ހީޓަށް ހޮވޭނީ ކުއާޓާގެ ކޮންމެ ހީޓެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ އެތުލީޓުންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ހީޓަށް ހޮވޭނީ ކުއާޓާ ފައިނަލްގެ ފުރަތަމަ ހީޓާއި ދެ ވަނަ ހީޓުންނެވެ. ސެމީ ފައިނަލްގެ ދެ ވަނަ ހީޓަށް ހޮވޭނީ ކުއާޓާގެ ތިން ވަނަ އަދި ހަތަރު ވަނަ ހީޓުންނެވެ.

ސެމީގެ ކޮންމެ ހީޓަކުން އެއް ވަނަ އަދި ދެ ވަނަ ހޯދާ އެތުލީޓުންނަށް ފައިނަލް ހީޓުގެ ޖާގަ ލިބޭއިރު، ގައުމީ ޓީމުގެ ޖާގަ ލިބޭނީ ފައިނަލް ގައި އެއް ވަނަ އަދި ދެ ވަނަ ހޯދާ އެތުލީޓަށެވެ.

ގައުމީ ސިލެކްޝަންގެ ކުއާޓާ ފައިނަލް ހީޓްތައް:

ހީޓް 1: ޖިނާޏް އަހުމަދު، ހުސެއިން އަރީފް (އިބޫ)، މުހައްމަދު ފަޔާޒް (ޕެލޭ)، ޝަރޫފް ޝާއިރު

ހީޓް 2: އާދަމް މުއީން، ހަސަން ނާސިހު، އަބްދުﷲ އަރީފް (ފުކޫ)، އަހުމަދު އަރުޒާން

ހީޓް 3: އަބްދުﷲ އަރުޝަދު، އިސްމާއިލް ރަޝީދު (ސްމައިލީ)، އައިހަމް އަދުނާން، މުހައްމަދު އިރުޝާދު (ބިއްލޫ)

ހީޓް 4: މުހައްމަދު އަތޫފް، މުހައްމަދު ރިފާސް، ޖީހާން އަހުމަދު، އިބްރާހިމް އައިމަން އާރިފް

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454