ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު ކަމަށް އަހުމަދު ނިހާން ހުސެއިން މަނިކު ހަމަޖައްސައި ލިޔުން ހަވާލުކުރަނީ. -- ފޮޓޯ | ޖޭޕީ
10 ފެބުރުއަރީ 2023 - 21:16
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އައްޔަން ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި ނިހާން މިވެރިކަން ހިންގާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ވެރިކަން ބަދަލުވުމުން، 2019ގަ އެވެ.
އޭގެ ފަހުން ޕާޓީގެ އިސް ސަފުގައި މަސައްކަތްތަކެއް ކުރެއްވުމަށް ފަހު މިދޭތެރެއިން ސިޔާސީ ކަންކަމުން ގެއްލުނެވެ. އޭގެ ފަހުން ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ނިހާން ފެނުނުއިރު ކުރިއަށް އޮތީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތެރި ދުވަސްކޮޅެކެވެ.
ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި ނިހާންއަކީ މިހާރު އެ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
Congratulations Hon. Ahmed Nihan Hussain Manik on your appointment as the Advisor to the Leader of Jumhooree Party Hon. Qasim Ibrahim pic.twitter.com/PLJTFh0WGD
— JP Secretariat (@JPSecretariat) February 10, 2023
ގާސިމްގެ އެޑްވައިޒަރު ކަމަށް ނިހާން އައްޔަންކުރެއްވިއިރު އޭނާގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ދައުވާތަކެއް ވެސް ކޮށްފަ އެވެ. ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް އޭނާގެ މައްޗަށް ކުރަނީ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މެދުވެރިކޮށްގެން ގިނަ އަދަދަކަށް ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ.
ނިހާނަށް ކުރާ ދައުވާތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް މި ދައުވާތަކާ އެކު ކޯޓުގައި އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑަމް
13 February 2023
ނިހާނުގެ ރޭވުންވަރައްމޮޅު.ހުރިހާވައްކަމަކުންސަލާމަތްވާނެބުއްދިއެއް ދެންމީނާސަލާމަތްކުރަން ޤާސިމުވީ ރައީސައްބިރުދައްކަންރައީސްވީ މީނަރައީސާއެކުކޯލިސަންނަހަދަފާނެތީބިރުން ސަރީއަތުގެތެރެއައްވަދެނިހާނުސަލާމަތްކޮއްދޭން އަހަރުމެންތިބޭނަންތިކުޅިގަޑުދާގޮތްބަލަން ނަތީޖާދައްކާނީވޯޓުފޮށިންރައްޔިތުންގެފައިސާތައްކާލައިގެންސަލާމަތްވާންފަހަރަކުޕާޓީއަކައްވަންނަމުންތިދުވަނީ
ދެލޯބޮޑު
12 February 2023
ޤާސިމްއަށް ދުވަހަކުވެސް ނުވިސްނޭނެ...... މޮޔަ ކަމެއް ތިކުރީ... ކޮންކަހަލަ މޮޅު އެޑްވައިޒެއް ހޯދަން ކުރިކަމެއްބާ....
ރެޓޭ
12 February 2023
ގާސިމު ނަމަނަމަ ބަލައިގެން އުޅޭތި. މޫނަށް ކޯ ދޮވެލަފާނެ ނޭނގި ހުއްޓާ!
ގޯނިބެ ކުޑައަލީ
12 February 2023
ކުރިން ލިބުނު 30ކޭ ވެސް ދެން ހިޔެއްނުވެ ލިބޭނެހެނެއް
ސަމަރު
11 February 2023
އަތުގަަ އޮތް ގަޑިދައްކާފަ ފޮނިކެނޑި ގޮލާ ގާތްކުރުމުން ގާސިމަށް ބޮޑުތަނުން ވާނީ ގެއްލުން.
ބޮޑުމީހާ
11 February 2023
ވަގުން ވަގުންނާއި ގުޅި މުޅި ގައުމުގައި ވައްކަންކޮށް ގައުމު ފަސާދަކޮށްފި
އެޑްވައިޒް
11 February 2023
ވަފާތެރިވެގެން ހުރި ސިޔާސީ ޕާޓީ ބަލިވާން ފެށީމަ އެ ޕާޓީ ދޫކޮށް ތިމާގެ ކޮރަޕްޝަން މައްސަލަތައް ނުބަލާނެ ފަދަ ބާރުގަދަ މީހެއްގެ ފަހަތަށް އަރާން ގޮތުގެ އެޑްވައިޒް އެންމެ މޮޅަށް ދެވޭނީ.
މާުކުންބޭ
11 February 2023
ގާސިމަށް ވޯޓް ދޭން ތައްޔާރުވިތަނާ ތިފެނުނީ ކުރީ ސަރުކާރުގެ ޖަންކްތައް ނަގަންފެށި މަންޒަރު، ސޮރީ ތި ފާޑަށް އުޅެންޏާ ވޯޓެއެް ނުދެވެނެ.
ބޮޑުމީހާ
11 February 2023
މި ސަރުކާރު ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ޚިޔާނަތް ބަލައި ފިޔަވަޅު އަޅައި ފައިސާ ހޯދައި ހައްގު އަދަބު ދޭން. އޭގެ ބަދަލުގަ މިފެނުނީ އަދީބު ގިޓާ ކުޅެން ގޭގަ ބަހައްޓާފަ، ނިހާނު ކޯލިޝަން ޕާޓުނަރުގެ އެޑްވައިޒަރަކަށް ލާފަ، ކުރިއަށްވުރެ ތިންގުނަ ކޮރަޕްޝަން މަތިކުރީ. މިވަރުންވެސް ވޯޓް އެބަލިބޭ. އެންމެ ފަހުން 66 އިންސައްތަ ހޯދި. ރައްޔިތުންވެސް ބޭނުންވަނީ ކޮރަޕްޓް ވެރިން
އައްމަޓީ
11 February 2023
ޤާސިމްގެ ދުވަސް ތިޔަދިޔައީ