މުނިފޫހިފިލުވުން

ސިމްބޮލިކް ރެކޯޑްސް އަށް 10 އަހަރު؛ ނެރުނީ ކާމިޔާބީގެ ލަވައެއް

ރާއްޖޭގައި އުފެދުުނު އެންމެ ފުރަތަމަ ހިޕްހޮޕް ލޭބަލް ސިމްބޮލިކްސް ރެކޯޑް (އެސްއާރް) އަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ލަވައެއް ނެރެފި އެވެ.

އަމިއްލަ ރާގާއި އޮރިޖިނަލިޓީ ކުރިއެރުވުމުގެ މަގްސަދުގައި މާޗް 12، 2013 ގައި ފެށި އެސްއާރްގެ އެނިވާސަރީއަށް ހާއްސަކޮށް ރޭ ނެރުނު "ފަސްތަރީގެ ލަޝްކަރީން" ލަވައިގައި ކިޔައިދިނީ ފާއިތުވި އަހަރުތަކުގައި އެ ގްރޫޕަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތް ގޮތުގެ ވާހަކަ އެވެ.

ސިމްބޮލިކްގެ މެންބަރު ޕެސްޓް

އެ ލަވަ ފަށައިދެނީ ދިވެހި ރެޕްގެ "ރަސްގެފާނު" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ، އިސްމާއިލް އިފްހާމް (ޕެސްޓު) އެވެ. އޭނާގެ އިތުރުން، އެ ގުރޫޕްގެ ގިނަ ލަވަތަކެއް ކިޔައިފައިވާ އަހްމަދު ޖައިލަމް (ބޭ) އާއި އަހްމަދު ނަބީލް (ޓޯއީ) އާއި ހުސައިން ޒިޔާދް (ޒިޔާ) އަދި ހުސައިން އަދީލް (ލިމިޓްސް) ގެ އިތުރުން އެސްއާރާ އެކު ތަމްރީންވަމުން އަންނަ ތިން އާޓިސްޓުން ވެސް އޭގައި ހިމެނެ އެވެ.

އަހްމަދު ފައްރާސް (ސަންޗު) ޕްރޮޑިއުސްކުރި އެ ލަވަޔަށް ތަރުހީބު ބޮޑެވެ. ލަވަ ނެރުނުތާ އަށް ގަޑިއިރު ތެރޭ ޔޫޓިއުބުން 4،000 އާ ގާތްކުރާ އަދަދަކަށް މީހުން އެ ވީޑިއޯ ބަލައިފައިވާއިރު، ގިނަބަޔަކު ވަނީ އެސްއާރަށް ތައުރީފުކޮށް ކޮމެންޓުކޮށްފަ އެވެ.

ފާއިތުވި 10 އަހަރު ތެރޭ އެސްއާރުން ވަނީ 11 އަލްބަމަކާއި ތިން ސަތޭކައެއްހާ ރެޕް ލަވަ ނެރެފަ އެވެ. އެ ގްރޫޕުން ބުނި ގޮތުގައި، މިހާތަނަށް އެސްއާރުގެ ލަވަތަކަށް ސައުންޑް ކްލައުޑުން ޖުމްލަ 27.9 މިލިއަން ޕްލޭސް ލިބިފައިވެ އެވެ. ޔޫޓިއުބުން އެސްއާރްގެ ވީޑިއޯތަކަށް ލިބުނު ޖުމްލަ ވިއުސްގެ އަދަދު 13 މިލިއަނަށް ވުރެ ގިނަ އެވެ.

އެސްއާރް ވުޖޫދުވިއިރު ހިޕްހޮޕް ރާއްޖޭގައި އާންމެއް ނޫނެވެ. އެ ގްރޫޕް ރެކޯޑް ލޭބަލެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމި އެންމެ ބޮޑު އެއް އަމާޒަކީ، ލިރިކަލީ ރެޕް ހުންނަން ޖެހޭ ގޮތް ރަނގަޅަށް ދިރާސާކޮށް އެކަން ކުރަން ފެށުން ކަމަށް އެސްއާރުން ބުނެ އެވެ.

އެސްއާރަށް 10 އަހަރު ފުރުމާ ގުޅިގެން ބައެއް ކަންކަން މި އަހަރު ތެރޭ ކުރިއަށް ގެންދަން ރާވާފައި އެބަހުރި ކަމަށް އެ ގުރޫޕުން ބުންޏެވެ. އޭގެ ތެރޭގައި، އެސްއާރް ސްޓޫޑިއޯ ވިޔަފާރި އުސޫލުން އާންމުންނަށް ދޫކުރަން ފެށުމުގެ އިތުރުން ސްޓީކާ އާއި ޓީޝާޓު ހިމެނޭހެން އެސްއާރްގެ މާޗެންޑައިޒް ލޯންޗުކުރުން ހިމެނެ އެވެ.

6 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 78%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޭއެކެއް

15 March 2023

ޝުކުރިއްޔާ ސިމްބޮލިކް

The name is already taken The name is available. Register?

ވގޔހހޔވު

15 March 2023

އޭ ކޮބާ ހިނގާ މޫދަށް ދާން އަލީ ބުނޭ އޭ ކޮބާ މެއްސެއް އުދުހޭ ބަދިގޭގޭ ރޯނާ ކޮށްލާ އެފަކީރާ ކަލާ ގޮށީ ޖަހަ މޫސާ ފާއިދޮވޭ ހަސަންތަކުރާ އިބްރާހިމް އެބައާދޭ ތިލޭރުކަން ކުރަން އޭމަލާ ވޮވޮވޮ މަސްބާނަން ހިނގާ ނަނު ގަންނަން ވަދު ފައްތަން ބަރެއްލާ ވޮވޮވޮ ނޫސް ނުކިޔާ އައްޔާ އޮއޮއޮއޮއޮއޮ...މިވެސް ރެޕް ލަވަ އިނގޭތޯ

The name is already taken The name is available. Register?

ރަޔާންބެ

15 March 2023

މާމަޖާނުވެބަލަ

The name is already taken The name is available. Register?

ވާނުވާ

15 March 2023

ރެޕް ރަނގަޅަށް ދިރާސާ ކޮށްލާފަ އެއްޗެއް ބުނެބެ ! ސިކުނޑި ބޭނުން ކުރަން އިނގެނީ ކުޑައިރު ކިޔެވި މެެއްސާ ބޮނޑާ ލައިގެން އިމްލާ ލިޔަންތަ؟ ! ވާނުވާ ރަނގަޅަށް ބެލީމަ އިނގޭނެ ރެޕަކީ ކޯއްޗެއްކަން

The name is already taken The name is available. Register?

2023

15 March 2023

2 ކަމެއް ޕެސްޓްނުފެނުން. ޥޭޕް ކުރުން.... ލަވަސަޅި.... ބޮއިހަލަކި

The name is already taken The name is available. Register?

ޕޮޑް

15 March 2023

ވޭޕެއް ނޫން އެއީ ޕޮޑް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454