ލައިފްސްޓައިލް

ތާޖު މަހަލް ހެދި އިރުގެ ތަސައްވުރެއް އޭއައި އިން

ތާޖް މަހާލް އިމާރާތް ކުރި އިރު ހުންނާނެ ގޮތް އޭއައި އިން ކުރަހާފައި

ދުނިޔޭގެ އަޖައިބުތަކުގެ ލިސްޓުގައި ހިމެނޭ، އިންޑިއާގެ ތާޖު މަހަލް ބިނާކުރި އިރު ހުންނާނެ ގޮތުގެ ފޮޓޯތަކެއް އާޓިފިޝަލް އިންޓަލިޖަންސް (އޭއައި) ބޭނުންކޮށްގެން ޖެނެރޭޓު ކުރުމުން އެ ފޮޓޯތަކަށް ސަމާލުކަން ލިބިއްޖެ އެވެ.

ޖްޔޯ ޖޯން މުއްލޫރް ނަމަކަށް ކިޔާ ޑިޖިޓަލް އާޓިސްޓަކު އޭނާގެ އިންސްޓަގްރާމުގައި ޝެއާކުރި ފޮޓޯތަކަކުން ދައްކައިދެނީ އޭރު ތާޖް މަހަލް އިމާރާތްކުރަން އުޅުނު މީހުންނާއި، އެތަނުގައި ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނުތަކެއް ހުއްޓަ އެވެ.

އޭނާ ޝެއާކުރި ތާޖް މަހަލްގެ އަށް ފޮޓޯއިން، އެ ތަން އިމާރާތްކުރި އިރު ހުރި އެކި މަރުހަލާތައް ހުންނާނެ ގޮތް އޭއައި އިން ތަސައްވަރުކޮށްފައިވެ އެވެ.

އެ ފޮޓޯތަކާ އެކު ލިޔުނު ކެޕްޝަންގައި ވާގޮތުން، މި ފޮޓޯތައް އުފައްދާފައި ވަނީ "މިޑްޖާނީ" އޭއައި ބޮޓް ބޭނުންކޮށްގެންނެވެ.

މީގެ ހަ ދުވަސް ކުރިން ޝެއާކުރި ފޮޓޯތަކަށް ލައްކައަކަށް ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.

އިންޑިއާގައި އުޅުނު ކުރީގެ ރަސްކަލެއް ކަމަށްވާ ޝާހް ޖަހަން ތާޖް މަހަލް އިމާރާތްކޮށްފައި ވަނީ މީލާދީގޮތުން 1631 ވަނަ އަހަރާ 1648 ވަނަ އަހަރާ ދެމެދު އެވެ. އެއީ އިންޑިއާގައި ހުރި، މުސްލިމުންގެ ފަންނުވެރިކަން ދައްކުވައިދޭ އެންމެ ހާއްސަ އިމާރާތެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 11%
icon angry icon angry 22%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަގުޑި

11 April 2023

މާދަމާ ކަންނޭގެ ހިންދޫއިން ތިތަން ތަޅާލާނީ، ހިންދޫ ކަނލާންގެއެއްގެ ކައްބޮލެއް ތާޖުމަހަލު ބިމުއަޑީގަ އެބައޮތޭކިޔާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454