އައްޑޫގެ ފޭދޫގައި ފެންބޮޑުވެފައި: ފޭދޫގެ އިތުރުން ހިތަދޫގެ ބައެއް ގެތަކަށާއި ދަނޑުބިންތަކަށް ވެސް ވަނީ ފެންބޮޑުވެ ގެއްލުން ވެފަ --- ފޮޓޯ: އިބްރާހިމް ރަޝީދު | ފޭސްބުކް
05 މެއި 2023 - 16:26
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ފެންބޮޑުވެ ހިތަދު އާއި ފޭދޫގެ ބައެއް ގެތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. ހިތަދޫގެ 16 ގެއަކަށް ފެން ވަދެފައިވާ އިރު 7 ގެއެއްގެ ދަނޑު ބިންތަކަށް ވަނީ ގެއްލުން ވެފަ އެވެ. ފޭދޫގެ 8 ގެއަސް އެކިވަރުގެ ގެއްލުންވި ކަމަށް ޑިޒާސްޓާއިން ބުންޏެވެ.
"މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަކަށް ގޮސްފައިނުވޭ،" ޑިޒާސްޓާ މެނޭޖްމަންޓުން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝިނާޒު ވިދާޅުވީ، ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި މީހުން ދިރިއުޅޭ ގޭގެއަށް އެމްއެންޑީއެފްގެ ސަދަން ކޮމާންޑާއި ސިޓީ ކައުންސިލާ ގުޅިގެން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
"ފެންބޮޑު ވެފައިވާ ސަރަހައްދުތަކުގައި ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުން. އަދި ގޭގެ އަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯމާފާނު
05 May 2023
ކިހާވަރަކަށް ގެއްލުންވީމަތަ އިންސާނީ އެހީތރިކަން ފޯރުކޮއްދެނީ ޑިޒާސްޓަރ އިން
ހަސަންކަލޯ.
06 May 2023
މުޤައްދަސް ރަށްކޮޅު ނަމަ އެހީ ދޭންޖެހޭނެ. އެކަމަކު އައްޑޫ ވީމަ އެހީދޭވަރަށް ގެއްލުން ނުވާކަމަށް ނިންމީ.
އަޖައިބު ހައިރާނާ
05 May 2023
މިކަމެއް ހައްލެއް ނުވި އެއވެސް ސަރުކާރަކައް. ކޮއްމެ ސަރުކާރެއް އައިސް އެއްމެ ފުރަތަމަވެސް ވަނޭ ކިޔާފަ މަގު ތާރަ ކޮށައިލާނެ. ނުވިތާކައް ތާރުނާޅާ ހުރި ހުރިހާ މަގެއް މެދުންނާ ދެ ސައިޑުން ކޮނެ ނަގާފަ އަހަރެއް 2 އަހަރު ވަންދެން ހަލާކު ކޮއްފަ އަނެއް އިންތިހާބު ޖެހެން ދެން. އެއްމެ ފަހުން ވޯޓު ލާން ވެގެން ހުރިހާ ހުރަސް މަގެއް ކޮނެ ހަލާކު ކޮއްފަ އިން ގޮތައް ވ ބަހައްޓާފަ ނިދިޔަ އަހަރު ކޮނުން ގޮތައް. ދެން އޮތީ ރިޔާސީ ވޯޓު
ރައްދު
05 May 2023
އައްޑޫގަ އެކަނިތަ ފެންބޮޑުވީ. ކޮބާ ކައިރީގަ ހުރި އެހެން ރަށްތަކުގެ ވާހަކަ؟؟؟
ދިއްދޫމީހާ
05 May 2023
މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަކަށް ގޮސްފައިނުވޭ،" ޑިޒާސްޓާ މެނޭޖްމަންޓުން ބުންޏެވެ.އިންސާނީ އެހީ ލިބޭނީ ފެންބޮޑު ވެގެން ބަޔަކު މީހުން ގަރަގު ވީމަތޯ؟؟
ކައިލީ.
06 May 2023
މާލޭގައި ނަމަ އެމީހުންގެ ހުރިހާ ހަރަދެއް މިހާރު ކުރާނީ ސަރުކާރުގެ ބަޖެޓުން. އައްޑޫ ވީމަ އެބުނީ އެހީ ވާކަށް ނުޖެހެއޭ.