އިމިގްރޭޝަން ޕާސްޕޯޓް ޑިޕާޓާމެންޓް: ޕާސްޕޯޓް ހަދަން މިހާރު ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ ފޯމު ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނޭ.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
09 މެއި 2023 - 06:46
ޕާސްޕޯޓް ހައްދަން ހުށަހަޅާ މީހުންގެ އަދަދު ސްކޫލް ޗުއްޓީއާ ދިމާކޮށް ގާތްގަނޑަކަށް ދެ ގުނަ އިތުރު ވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަންގެ މީީޑިއާ އޮފިސަރު "މިހާރު" އަށް ވިދާޅުވީ ސްކޫލުތަކުގެ ބޮޑު ޗުއްޓިއާ ދިމާކޮށް ޕާސްޕޯޓު ހެދުން ކޮންމެ އަހަރަކު ވެސް އިތުރުވާއިރު މިހާރު ވެސް ވަނީ ހިދުމަތަށް ބާރު ބޮޑުވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމުގެ އަދަދު މި ދުވަސްވަރު ބައެއް ދުވަސްދުވަހު 300 އިން މައްޗަށްދާ ކަމަށެވެ.
"މިދިޔަ މަހު 160-170 ޕާސްޕޯޓް ދުވާލަކު ހަދަމުން އައީ. ނަމަވެެސް މި މަހު ދުވާލަކު 280-290 ޕާސްޕޯޓް ހަދާ،" އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަންގައި ޕާސްޕޯޓު ނަގަން ގޮސް ތިބި ބައެއް މީހުން- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިމިގްރޭޝަނުން އާންމުކޮށް ކޮންމެ ދުވަހަކު އެވްރެޖްކޮށް ހައްދަމުން އަންނަނީ 200 އެއްހާ ޕާސްޕޯޓެވެ. ނަމަވެސް މިދިޔަ އަހަރު ބޮޑު ޗުއްޓީގައި ވެސް ޕާސްޕޯޓު ހިދުމަތަށް ބާރު ބޮޑުވެ ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހަދަން ހުށަހެޅި އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ދަތުރުފަތުރަށް އެޅުނު ހުރަސްތައް އުވާލުމާ އެކު ގިނަ ބަޔަކު ރާއްޖޭން ބޭރަށް ސްކޫލް ޗުއްޓީގައި ދަތުރުކުރި ދުވަސްވަރެކެވެ.
މިދިޔަ އަހަރު، ފަހު ވަގުތު އެތައް ބަޔަކު ޕާސްޕޯޓް ހައްދަން ހުށަހެޅުމުން އިމިގްރޭޝަންގެ މުވައްޒަފުން އެ ހިދުމަތް ދިނީ އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި ވެސް މަސައްކަތްކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވަސްތާ
09 May 2023
ސްކޫލް ޗުއްޓީ ފެށެނީ ޖޫން 20 ހިސާބުވީމަ މިފަހަރު މީހުން ތަންކޮޅެއް ހޭލުންތެރިވެއްޖެކަމަށް ފެންނަނީ. އެހެންނޫނީ މި މަންޒަރު ފެންނަނީ ތަންކޮޅެއް ލަހުންހެން ހީވޭ.
ޢަލީ ކުރުސީ
09 May 2023
ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް 5 ލައްކަ! މީގެ ތެރެއިން ޕާސްޕޯޓް ގެންގުޅެނީ ކިތައް މީހުންކަން، އެ ޕާސްޕޯޓްތަކުން މިމަހު އެކްސްޕަޔަރ ވަނީ ކިތައް ޕާސްޕޯޓްކަން، މިފަދަ މަޢލޫމާތް އެނގެން ހުންނާނެ މިހާރު! މުއްދަތު ހަމަވީމަ ނޯޓިފިކޭޝަންވެސް ފޮނުވޭނެ. ޕާސްޕޯޓް ވަކި މުއްދަތެއް ތެރޭގައި އާނުކޮށްފިނަމަ ޖޫރިމަނާވެސް ކުރެވިދާނެ! އޭރުން ބަންދެއް އަންނަންދެން ނުތިބޭނެ އާނުކޮށް.
އަނހާ ކަލޯ
09 May 2023
ހާދަ ކަނޑުކޮސް ވާހަކަ ތި ގޮވަނީ. އެ ދައްކަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ވާހަކަ އެއް ނޫން. ޕާސްޕޯޓަކީ ކޮންމެ މީހަކު އަބަދުމެ ހައްދާފައި އޮންނަން މަޖުބޫރު އެއްޗެއް ނޫން.
ކާކު ގަމާރީ؟
09 May 2023
ޢަނހާ ކަލޯ! ޕާސްޕޯޓަކީ އެހެން ޤައުމުތަކަށް ދަތުރު ކުރުމަށް ބޭނުންކުރެވޭ މުހިންމު ލިއުމެއް. ޤަޥާއުދުން އާކުރަން ޖެހޭނެ، މީހަކު ނިޔާވެއްޖެ ނަމަ ކެންސަލްވެސް ކުރަން ޖެހޭނެ! ނޫނީ ވަގު ޕާސްޕޯޓް ހަދާބަޔަކަށް ވިއްކާވެސް ލުމުގެ ފުރުސަތު އޮވެދާނެ. ސަރުކާރުގެ މިފަދަ މުހިންމު ޑޮކިއުމެންޓް ގެންގުޅެން ޖެހޭނީ ސީރިއަސްކޮށް، ތިމާ ޗުއްޓީއަށް ދާންވީމަ އާކުރާ އެއްޗެއް ގޮތުގައެއް ނޫން! ތިމާއަށް މިވަރު ނޭގުން ދެރައީ!
ހަސަނާ 2
09 May 2023
މީގަ ރަގަޅު ވާހަކަ އެބަހުރި. އިމިގްރޭޝަންވެސް އެބަ ޖެހޭ ތައްޔާރުވާން. އަދި ރައްޔިތުންވެސް މިފަދަ ކަންކަމުގައި ފަހު ވަޤުތަށް މަޑުނުކޮށް މުހިންމު ލިޔެކިއުންތައް ޤަވާއިދުން ގެންގުޅެން އަހުލުވެރިވާނެޖެހޭ!
ކަނީރު
09 May 2023
ފަރުދީ ޒިންމާ ކޮންތާކަށް ލައިގެން ތިއުޅެނީ؟
ދަންނަނުދަންނަ1
09 May 2023
ހދ.ކުޅުދުއްފުށި އިމިގްރޭޝަން އަށް ޕާސްޕޯޓް ހަދަން އޮންލައިންކޮށް ހުށަހަޅާ ފޯމްގަނޑު އެއްދުވަސް 2 ދުވަސް ވާއިރުވެސް ބަލާނުލާ ޓާޓަލް ސްޕީޑްގަ ހިންގާތަނެއް އެބަ އަވަސް ވާންޖެހޭ
2023
09 May 2023
ޢެކަމަކު ކޮތަޅު އަގުބޮޑުވެގެން ލޮލަށް ނިދިނާދޭ.. ތި އިންޑިޔާޔަށްވެސް އެތަށް ބަޔަކު އެބަދޭ.. އަތުގަ އަގުބޮޑު ސައިކް. ފޯން... ހަމަފޭކް.... ބޮއިހަލަކި
ޔފތ
09 May 2023
އެކަމަކު ރައްޔިތުންގެ އަތުގާ އެއްޗެއް ނެތްކަމަށްވަނީ.