ސެލީން ޑިއޯން
29 މެއި 2023 - 06:11
ނާރުގެ ބައްޔެއް ބޮޑުވެ، ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ އަންނަ އަހަރުގެ "ކަރޭޖް ވޯލްޑް ޓުއާ" ކެންސަލްކޮށްފި އެވެ.
ސީއެންއެން އިން ބުނި ގޮތުގައި ޑިއޯންގެ ސިއްހީ ހާލަތު ގޯސްވަމުން އަންނާތީ އޭނާއަށް ކުރިމަގުގައި ޓުއާ ނުކުރެވިދާނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޑިއޯންގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ޓުއާ ކެންސަލް ކުރަންޖެހޭތީ ހިތާމަކުރާ ކަމަށާއި އެކަމަށް ފޭނުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ސެލީން ޑިއޯން ކޮންސަޓެއްގައި
"އަހަރެންގެ ސިއްހީ ހާލަތު ރަނގަޅުވޭތޯ ވަރަށް މަސައްކަތް އެބަ ކުރަން. އެކަމަކު، 100 ޕަސެންޓު ރަނގަޅުކޮށް ހުރެ ވެސް ޓުއާ ކުރުމަކީ އުނދަގޫކަމެއް. ޝޯތައް ފަސްކުރުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން. އެހެންވެ، އެންމެ ރަނގަޅުގޮތަކީ އަހަރެންގެ ހާލު އެއްކޮށް ރަނގަޅުވަންދެން، މިހާރަށް ބާއްވަން ހަމަޖެހިފައިވާ ހުރިހާ ޓުއާއެއް ކެންސަލް ކުރުން. އުންމީދު ކަނޑައެއް ނުލާނަން، އަދި ތިއެންމެންނާ އަލުން ބައްދަލުވާން މިހުރީ ކެތްމަދުވެފައި،" ޑިއޯން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑިއޯން ވަނީ ނާރުގެ ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަން ސިންޑްރޯމް" ޖެހުނު ކަން އިއުލާނުކޮށް، އޭނާއަށް ރަނގަޅަށް ލަވަނުކިޔޭތީ ގިނަ ޝޯތަކެއް ބާއްވާ ތާރީހު ފަސްކޮށްފަ އެވެ.
ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، އެ ބައްޔަކީ ހަށިގަނޑުގެ ނާރުތަކަށް، ހާއްސަކޮށް ސިކުނޑި އާއި ސްޕައިނަލް ކޯޑަށް ވަރަށް ބޮޑަށް އަސަރުކުރާ، ވަރަށް މަދުން ފެންނަ ބައްޔެކެވެ.
ޑިއޯން ބުނީ ބައްޔަށް ފަރުއާކުރަމުން އަންނަ ކަމަށާއި، އެ ބަލީގެ ސަބަބުން ލަވަކިޔުމުގެ އިތުރުން އޭނާގެ އާންމު ދިރިއުޅުމަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި، ޑިއޯންގެ ކޮންސަޓުތަކަށް ދާން ޓިކެޓު ގަނެފައިވާ ފަރާތްތަކަށް ރިފަންޑު ދޭން މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައުފަރީ
31 May 2023
ސެލީން' ސެލީން އަށް އިނގޭނެ ކޮންމެ މީހަކީވެސް ބަލި ވެދާނެ މީހެއްކަން. އެހެންވެ ގިނަ ގިނައިން ތައުބާވެ މީހުން އަށް ހެޔޮކޮށް ހިތާ.
ލޮންބާޑިސް
30 May 2023
އަލްޙަމްދުﷲ މުސްލިމަކަށް ވީތީ މާތް ﷲ ހަމްދު ކުރަން
އައިންތ
30 May 2023
ދެން ލަވަކިޔުން ހުއްޓާލާ އިސްލާމްވެ ނަމާދުކޮށްދުޢާކުރޭ ޝިފާގެއާޔަތްތައްކިޔާ އިރާދަކުރެއްވިއްޔާ ރަނގަޚުވާނެ
މުގާބޭ ބެ
31 May 2023
މޮޔަ ނުގޮވާ، ދިވެހިންގެ އެކަކުވެސް ދުވަހަކުވެސް ބައްޔެއް ނުވޭ. ދުފާފަ ރަތް ކުޅު ޖަހަމުން ދުވިޔަސް އިލްމެއް ނުލިބޭނެ
މިޔު
29 May 2023
ސެލިން ޑިއޯން ބަލައިލާފަ ފަ ވެސް އިނގޭ ވަރަށް ހިކި އަނަރޫފަކަން. ރަނގަޅަ ކައިގެން ގިނަ ގިނައިން ފެން ބޮއެގެން އަރާމް ކުރޭ ސެލިން ޑިއޯން.
އުދުހޭ
29 May 2023
ކިތަންމެ ފައިސާއެއް ހުއްޓަސް ދުޅަހެޔޮ ސިއްޚަތު އެއީ ގަނެވޭ އެއްޗެއްނޫން. އެއްވެސް ފައިސާއެއްނެތި އެކަމަކު ދުޅަހެޔޮ ސިއްޚަތު ލިބިފައިވާ މީހުން އެކަމަށް ހަމްދުކުރަންޖެހޭ.
ރަދީފްއޮފިޝަލް
29 May 2023
ސެލީންގެ ލަވަތައް އެއީ ހިޓް ލަވަތަކެއް.ކޮންމެ ލަވައެއް ވެސް ކިޔާފައިވަނީ ވަރަށް ފީލްގަ . މިސާލަކަށް ''ބިކޯޒް ޔޫ ލަވްޑް މީ'' އެއީ މާސްޓަރ ޕީސްއެއް.ލައިރިކްސް ވެސް އެހާ މޮޅު. You gave me wings and made me fly You touched my hand, I could touch the sky . އަދި ''ޕަވާ އޮފް ލަވް'' ވެސް އެއީ ހިޓް ލަވައެއް.މިލަތައް ގެއްލިގެންދާން ދޫނުކުރުމަށް މިއަދުގެ ޖެނެރޭޝަނަށް ހަނދާންކޮށްދެން.ވ.ވެދުން
ޔަސް
29 May 2023
މި ފޭވަރިޓް