ވިނަރެސް ފްލެޓްތައް. 1،344 ފްލެޓް ވަނީ އަޅާފައި-- ފޮޓޯ: މިހާރު
29 މެއި 2023 - 13:03
ސީލައިފް އިން ފްލެޓް ގަތް މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ގަތް މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއި ކުރަން ފަށައިފި އެވެ.
އާބަންކޯ އިން ބުނީ، ސީލައިފްގެ ކަސްޓަމަރުންގެ ތެރެއިން ވިނަރެސް ފްލެޓްތަކުން ދިގު މުއްދަތުގެ ކުލި ދައްކަން ބޭނުންވާ ކަސްޓަމަރުންގެ އަތުން ޑައުން ޕޭމަންޓް ނަގަމުން އަންނަ ކަމަށެވެ. އަދި ލޯނު މެދުވެރިކޮށް ފްލެޓްގެ އަގު ދައްކާ މީހުންނާ އެކު ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއި ކުރަމުން އަންނަ ކަމަށެވެ.
ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. އެ ތަންތަނުގައި މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެޕާޓްމަންޓް ހުރެ އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ. ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. އެގޮތުން، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.
ސީލައިފް އިން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ވިއްކަނީ، ވިނަރެސް ފްލެޓްތައް އެހެން މީހުންނަށް ވެސް ވިއްކާ އަގުގަ އެވެ. ވިނަރެސް ފްލެޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ސީލައިފް ފްލެޓްތަކުގެ އިތުރުން ގުޅީފަޅުން ފްލެޓް ލިބުނު މީހުންނާ އެކު ވިނަރެސް ފްލެޓް ފްލެޓްތައް ހަވާލު ކުރުމަށް އަންނަ ހަފްތާއިން ފެށިގެން ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ވިނަރެސް ފްލެޓް ލިބުނު އެހެން ފަރާތްތަކުގެ ފައިނޭންޝަލް އިވެލުއޭޝަންތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.
ވިނަރެސް އިން ފްލެޓަށް އެލިޖަބަލްވީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހުންނާއި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްލަ
30 May 2023
އަގާއެއްވަރުގެ ފެންވަރެއް ވިނަރެސްގަ ނެއް 2.7 މިލިއަން ރުފިޔާއަށް ޖާގަ ތަނަވަސް ޕޫލް ހިމެނޭ ލަގުޒަރީ ފުލެޓްސް ލިބެންޖެހޭ….
އަސްލަމް ދަ
29 May 2023
ކޮބާ ހިޔާ ފުލެޓުން ވިނަރެސް އަށް ބަދަލުވި މީހުން
ޔާނި
29 May 2023
ތެދެއް. ހިޔާ ފްލެޓާ ވިނަރެސް އާ މާ ބޮޑު ތަފާތެއް ނެތް. އަގުގެ ތަފާތަށް ބަލާއިރު އެކަށީގެން ނުވޭ.
މުހައްމަދު 22
29 May 2023
ސީލައިފް އާ ގުއި ލައިފްގެ ތަފާތަކީ ކޮބާ ބާ؟
ލާމަސީލު
29 May 2023
ފައިސާހުރި މުއްސަނދިން ސީލައިފްއިން އެޕާރޓްމަންޓް ގަތީ. އެކަމަކު އާޚިރުގަ ނިކަމެތިންނަށް އެޅި ބޯހިޔާވަހިން ސީލައިފަށް އެންމެ 50000ރ ބުކިންގފީ ދެއްކިޔަސް ވިނަރެސްއަށް ޝަރުތު ފުރިހަމަ އެވީ.
ކޮވެލި
29 May 2023
އެކަށީގެން ނުވާ އަގުގައި ވިއްކާ ތަންތަން. ޕާޝަލީ ފަރނިޝްޑް އޭ ކިޔާފައި ބޮޑު އަގު ނަގަން ހަމަ މުޅިން މަކަރު. އެކަމަކު ގޮތެއް ނެތް މީހުން ގަންނާނެތާ. މި ޕްރޮޖެކްޓް ޙަވާލު ކުރަން ރާވައި ހިންގި ބަޔަކަށް ބައެއްގެ ޖީބު ވަރަށް ބަރުވާނެ ހެން ހީވަނީ.
ދެޓް ގާއި
29 May 2023
ވިނަރެސް ފްލެޓްސް އާ ނޮޓް ވޯތް ދަ އާސްކިންގ ޕްރައިސް. ވިނަރެސް އެކޭ ހިޔާ ފްލެޓެކޭ ނެތް ތާފާތެއް.
ޝެލަރީ
29 May 2023
ތީއިންސާފްތޯ؟ އެކަނިހުރި ސޮރަކުހިންގިޖަރީމާ ސަރުކާރަށް ބަލަދުއަރަންޖެހޭސަބަބެއް ބުނެދެވިދާނެތޯ؟ ކޮބާތޯ އަލްހާން އަތުންބޮނޑިބުއިމީހުންގެ ހައްގުތައް އެމީހުނައްވެސްވީހަމަ ތިކަހަލަގެއްލުމެއް ފައިސާދޭންވީނޫންތޯ އެމީހުނައްވެސް އިންސާފެއްނެތް ޤައުމެއް
ކާޗިކޮއި
29 May 2023
އެސޮރަށް ޖަރީމާ ހިންގުނީ ސަރުކާރުން ޔަގީންކަންދީގެން. އެހެންވެ ސަރުކާރުން ޒިންމާ ނަގަންޖެހެނީ. އަލްހާނުއަތުން ބޮނޑިބުއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އިތުރުން ކަމުގެ މާހިރުންވެސް އޭގައި ބައިވެރިނުވާން ގޮވަގޮވާތިއްބާ. ތިމާ އަމިއްލަ ބޮލަށް ބަޑިޖަހާފަ ސަރުކާރު އެހީއަށް އެދެންވީނު، އޭރުން ތިބުނާ އިންސާފު ލިބޭނެ
ާހުތީ
29 May 2023
ސަރުކާރުން ބައިވެރިނުވާން އެންގިއިރު އެތައް ބަޔަކު އަތުން އޮތީ މިލިއަނުން ނަގާފަ. ސަރުކާރުން އިއުލާން ކުރުމާއެކު ކަން ނިމިއްޖެ
މަތީނު
30 May 2023
ސަރުކާރަކުން ބުންޏަސް ނުބުންޏަސް ތިމާ ބޮލުތެރޭ ސިކުނޑިއެއް އިނިއްޔާ އެނގެންވާނެ ސްކޭމްތަކުގަ ނުޖެހެން. ދަހިވެތިކަން ސަވާރުވެ ކުރާކަމަކުން ލަނޑު ލިބުނީމަ ދެން އެވީ ސަރުކާރުން ޒިންމާވާން؟ އެއްވެސް މަސައްކަތެއް ނުކޮށް 1000 ރުފިޔާ އެންމެ ދުވަހަކުން 10،000ރ. ހަދަން އުޅުމަކީ ހަމަ ބުއްދިން ވިސްނާއިރު ކުރާކަމެއް ނޫން.
ޅީކުރާފްޓް
29 May 2023
ކޮބާ ކޭ-ޕާރކްގެ އެޕާރޓްމެންޓް ތަކުގެ ޙައްޤުވެރިންގެ އެޕާރޓްމެންޓް ތައް.... އާރބަންކޯ އޮތީ އަދި ނިދާފަ އެކުދިންގެ ގެއްލުނު ފައިސާ އަށް ވޯޓްގެ ކުރިން ހައްލެއް ހޯދައި ދޭންޖެހޭނެ....... !