ގާސިމާއި ނާޒިމް ހަފުލާއެއްގައި: ގާސިމާއި ނާޒިމް ވެސް މިއަދު ބަހުގެ ހަމަލާ ބަދަލުކުރެއްވި.---ފައިލް ފޮޓޯ: މިހާރު
02 ޖޫން 2023 - 21:10
އޭނާގެ ހިތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮތް އިހުސާސަކީ އިހުތިރާމް ކަމަށް ވިދާޅުވެ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ގާސިމަށް ރައްދު ދެއްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްއެންޕީން ނުކުންނަވާ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ރައްދު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް މި އަމާޒު ކުރެއްވީ، ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ބާއްވާ އެއްވުމުގައި ބައިވެރިވެވައިގަތުމުގެ ބޭނުމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ އެކަމާ ދެކޮޅަށް ވީޓީވީގައި ގާސިމް ދެއްކެވި ވާހަކަތަކެއްގައި އެމްއެންޕީގެ އިސްބޭފުޅަކަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ، އޭނާ "ދުއްވާލައިގެން ނޫން ގޮތަކަށް" ވެރިކަން ކުރެވެން ނެތް ކަމަށް އެމްއެންޕީގެ ވަރަށް އިސް ދެ ބޭފުޅަކު އޭނާގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.
"މި ހުރީ ބައްލަވާ. ކޮން ކަމަކާ ތޯ؟ ކާނަލް ނާޒިމްމެން ނޫނިއްޔާ އެ ޕާޓީ ހަދަން އެންމެ ފުރަތަމަ ވާހަކަ ދައްކައިގެން ތިއްބެވި އަބްދުﷲ ރިޔާޒާއި އެ ބޭފުޅުންގެ މާޒީ ބައްލަވާ. އަޅުގަނޑު ކޮންމެހެން އެ ވާހަކަ ދައްކާކަށް ނެތިން" ކުރިން ޖޭޕީގައި ވަރަށް އިސްކޮށް ތިއްބެވި ނާޒިމާއި ރިޔާޒަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
އެހެންވެ، އޭގެ ރައްދު ޓުވީޓަކުން ދެއްވަމުން ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، ގާސިމާ ހިސާބަށް ދޮގު މައުލޫމާތު ބަޔަކު ގެންގޮސްދިނުމަކީ ގާސިމަށް ބަޔަކު ދޭ ބޮޑު ގެއްލުމެއް ކަމަށެވެ.
"އަޅުގަނޑު ވެސް އަދި އަޅުގަނޑަށް ހެޔޮއެދޭ މީހަކު ވެސް، މަނިކުފާނަށް އަދި އެހެން ވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް އަދި ނިކަމެތިކަމެއް ނުދޭނެ އަދި އެފަދަ ވާހަކައެއް ވެސް ނުދައްކާނެ. މަނިކުފާނާ މެދު އަޅުގަނޑުގެ އިހްސާސަކީ އިހްތިރާމް،" ގާސިމް ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް މަަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތެއް ގައުމަށް ކޮށްދިނުމަށް."
ގާސިމް މިއަދު ވިދާޅުވީ، ޖޭޕީ ދޫކުރައްވައި ނާޒިމާއި ރިޔާޒް ވަޑައިގަތީ އެ ބޭފުޅުންގެ ތަސައްވުރެއް އޮވެގެން ކަމަށާއި "ކޮންމެހެން އަޅުގަނޑުގެ ގައިގައި ޖަހާކަށް ނުޖެހޭ" ކަމަށެވެ.
ނާޒިމާއި ރިޔާޒް ޖޭޕީ ދޫކުރެއްވި ދުވަސްވަރު ވެސް ޖޭޕީގެ ބައެއް އިސްބޭފުޅުންނާ ދެމެދު ބަހުގެ ހަމަލަތަކެއް ބަދަލުކޮށްފައި ވެ އެވެ. އެ ބޭފުޅުން ޖޭޕީ ދޫކުރެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އޮތް ހިތްހަމަނުޖެހުމަކާ ހެދި އެވެ.
ގާސިމް ވިދާޅުވީ، ޗާގޮސްގެ މައްސަލާގައި މިރޭ ބާއްވާ ބައްދަލުވުމަށް އޭނާ ވަޑައިގެންފި ނަމަ "ބޮނޑިއެއް" ދީފާނެ ކަމުގެ ބިރު އޮންނާނެ ކަމަށެވެ. އޭގެ ނަތީޖާއަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކުރަން ބޭނުންވެފައި ތިބި މީހުންގެ ވަގުތު ގެއްލުން ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރުމާ
04 June 2023
ނާޒިމްގެ ޓަސްކަކީ ޕީ.ޕީ.އެމް އަދި ޤާސިމްގެ ވޯޓު ދެބައިކޮށްފަ އެއްބައި ނެގުން އަދި ކިންގްމޭކަރު ބަދަލުކޮށްލުން
ކުޑަ-ކަތީބު
03 June 2023
ގާސިމް ކުޑަކުދިންހެން ނޫޅެ، ތަސައްރަފް ފުދޭން ވެއްޖެ. ނާޒިމަކީ ހަރުދަނާ ރަނގަޅު ބޭފުޅެއް
ކަނބިލި
03 June 2023
ގާސިމު އަމިއްލަ މަސްލަހަތު އިސްކޮށް، ވެރިކަމައިގެންވެސް އުޅުއްވަނީ ވިޔާފާރި ކުރިއަރުވަންކަން މިކަމުން އެނގި ހާމަވަނީ. މިފަހަރު ލިބެން އޮތް ވޯޓުކޮޅުން ބައެއް އުނިވީ ތިޔަ ވީގޮތުން. ގައުމީ ޚިދުމަތާއި ގައުމީ ރޫހުގައި ގާސިމަށް ނާޒިމުކައިރީ ފަތިގަނޑުވެސް ކަހާނުލެވޭނެ
ގުރުވަ
03 June 2023
ގާސިމް ދައްކަވާ ވާހަކައާއި ބަހުރުވަ އަދިވެސް ތިޔަ ހުންނަނީ ބާޒާރުމަަތީ ސްޓައިލްއަށެވެ. ކާނަލް ނާޒިމްއޭ ކިޔާފައި ވާހަކަ ދައްކަވާއިރު އެދުވަހު ގާސިމް ވަކި ކިހިނެއްތޯ އުޅުއްވީ. ރޮއެރޮއެފައި ބައްދާބައްދާފައި އެކުގައި އުޅުނު މީހުންގެ ވާހަކަ މިހާރު ތިޔަ ދެއްކެވެނީ. މިކަހަލަ ވާހަކަ ދެއްކެވީމައި މީހުން ކިޔާނެ އަމިއްލަ ސޯޓު ބޭލުމޭ ވެސް!
ފަރިޕަރީ
03 June 2023
އިޙްތިރާމާއެކު އިޙްސާންތެރިކަން ވެސް އޮންނަންވާނެ. ނޫނޭވާ މިއީވެސް އަމިއްލައެދުންބޮޑު މީހެއް.
އިސްހާގު
03 June 2023
ކުޑަކުދިން ބޮޑާހާކާ ވައްތަރަށް ޤާސިމް ތިއުޅެނީ. ނިކަން ކާނަލް ނާޒިމް އަދި އަންނި އުޅޭ ވައްތަރަށް އުޅެވޭތޯ ބަލާބަލަ
ބިއްޖެހި
03 June 2023
އައްނި ނުބައި ކުޑަކުޑަ ޅަ ސޫއްޕަކައް ވުރެ ދެން އިނީ ރާއްޖޭގެ ސިޔަސީ ކޮމަލިކާ (ނާޒިމް). ގާސިމަކީ ހެޔޮލަފާ ދިވެހި ދަރިއެއް
އަހުގާފު
03 June 2023
ޤާސިމްގެ ބަހުރުވަބަދަލުކޮށް ސިޔާސީމީހަކަށްވާން ދަސްކުރަން އެބަވޭ. ވެރިކަންބޭނުންވިޔަސް ތިއައްވުރެ ފާޅުގައި ތަންކޮޅެއް ފިރިހެންވެގެން އުޅެންދަސްކުރަންވެއްޖެދޯ.
ސިޖަބރޔ
03 June 2023
ގާސިމަށް އަދި ކަރަޕްޓް މީހުންނަށް ލިބޭއެއްއްޗެއް ކުޑަވެދާނެތީ ނަޝީދުދެކެ ރުޅިއަންނެ. ގައުމުގެ ދެތިން މަހަޖަނުގެ މުށުތެރައަށްލާ ރައްޔިތުން ފަގިރުވެއްޖެއެވެ. ޔާމީން ނަޝީދު އައިސްސިނަމަ މިފުރުސަތު ނުލިބި ރައްޔިތުންގެ ޖީބު ފުރިދާނެތީ ގާސިމްމެން ހަސަދެވެރިވާނީއެވެ
ރަށުމީހާ
03 June 2023
ގާސިމުވެސް އަދި ނާޒިމް ވެސް ރަގަޅު ދެމީހުން އެކަމު ރަށްޔިތުންގެ ހައްގުގާ ތިމީހުން ވަކާލާތު ކުރަނީ ފަރުދާގެ އެތެރޭގާ ބޭރަށް ފެންނާކައް ނެތް އެކަށްޗެއްވެސް.
ބޮޑުމީހާ
02 June 2023
ކަލޭމެން ތިޖަހާ ސަކަރާތްތަކުން ހުރިހާ ގެއްލުމެއް ދިވެހި ރައްޔިތުންނަށް. ގާސިމްވެސް އިސްލާމްދީނޭ ދިވެހި ގައުމޭ ކިޔާ ބަހައްޓާފަ ގައުުމުގެ ހުރިއްޔާ ހުރި ފަޅުތަކާއި ބިންތައް ނުއަގުގައި ގަނެ ހުސްކޮށްފި. ކުރިންދުވަހު ތިލަފުށިންވެސް އެގަތީ ދައުލަތަށް 600 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ދީފަ