24 ޖޫން 2023 - 16:44
ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދައި، އައިޝަތު ލައިކާ ހުސެއިން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދީފި އެވެ.
މިއީ އެ ގޭމްސްގައި މިއަދު ރާއްޖެއިން ހޯދި ދެވަނަ ރަން މެޑަލް އެވެ. ބެޑްމިންޓަންގައި އައިޝަތު މާނިޔާ އާދަމް ވެސް ވަނީ މިއަދު ރަން މެޑަލް ހޯދައިފަ އެވެ.
މިއަދު 100 މީޓަރުގެ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވަނީ ހަތަރު ވަނަ ހޯދައިފަ އެވެ. ލައިކާ އާއި ޒާނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު 200 މީޓަރުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ރޭހުން ބްރޯންޒް މެޑަލް ހޯދައި ޒާނާ ވަނީ މިފަހަރުގެ ގޭމްސްގައި ރާއްޖެ އަށް އެންމެ ފުރަތަމަ މެޑައްޔެއް ހޯދައި ދީފަ އެވެ. އެ ރޭހުގައި ލައިކާ ވަނީ ފަސްވަނަ ހޯދައިފަ އެވެ.
Alhamdhulillah.
— Ahmed Mahloof (@AhmedMahloof) June 24, 2023
Wow, another Gold Medal 🥇 for Maldives in 100 Meters. Congratulations Laika, good job coach Mau.
Masha Allah, hurihaa kudhinves varah molhu. 🇲🇻❤️@shai_na @PhyruEdam @SolympicsMV @SpecialOlympics #somaldives #Berlin2023 #UnbeatableTogether #TeamMaldives… pic.twitter.com/YNa32Ee6ph
ބެޑްމިންޓަނުން މާނިޔާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ އާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މާނިޔާ ސެޓްތައް ކާމިޔާބު ކުރީ 21-19 އަދި 21-10 އިންނެވެ.
މުބާރާތުގެ ފައިނަލަށް މާނިޔާ ދަތުރު ކުރީ ޖޯޑަން އާއި މޮންގޯލިއާ ކުޅުންތެރިޔާ ބަލިކޮށްފަ އެވެ. މާނިޔާގެ ކޯޗަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ވެސް ހިމެނޭ އައިޝަތު އަފްނާން ރަޝީދު (ނާނު) އެވެ.
މއަދު ރާއްޖެއިން ހޯދި މި ދެ ރަން މެޑަލް އަކީ ރަސްމީ ސިފައެއްގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ތިންވަނަ ރަން މެޑަލް އެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީގައި 2019 ގައި ބޭއްވި ވޯލްޑް ގޭމްސްގައި އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ކުރުސީ
24 June 2023
މިކުދިން ކުޅިވަރުތަކަށް ފޮނުވާންވީ. ފުޓުބޯޅަ އުވާލާ އެއީ ރަށްކުރިއަރުވާ ކޮމެޓީއަކަށް ބަދަލުކޮށްލާންވީ.