ޒޭން މާލިކް.
23 ޖުލައި 2023 - 06:27
ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ލަވަކިޔުންތެރިޔާ ޒޭން މާލިކް އާ ލަވައެއް ނެރެފި އެވެ.
މަޝްހޫރު މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން" އިން ވިދާލި ޒޭންގެ އާ ލަވައިގެ ނަމަކީ "ލަވް ލައިކް ދިސް" އެވެ.
އެ ލަވައިގެ އޯޑިއޯ އަދި ވީޑިއޯ ވެސް މިދިޔަ ހުކުރު ދުވަހު ވަނީ އާންމުކޮށްފަ އެވެ. ޔޫޓިއުބުގައި އެ ލަވައިގެ ވީޑިއޯއަށް މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
ޒޭން 2015 ވަނަ އަހަރު "ވަން ޑިރެކްޝަން" އިން ވަކިވުމަށް ފަހު އަންނަނީ އަމިއްލަ ލަވަތަކާއި އަލްބަމްތަކުގެ މަސައްކަތްކުރަމުންނެވެ. އޭގެ ފަހުން އޭނާ މިހާތަނަށް ތިން މިއުޒިކް އަލްބަމެއް ނެރެފި އެވެ.
އެންމެފަހުން އޭނާ ލަވައެއް ނެރުނީ 2021 ވަނަ އަހަރު އެވެ. އެއީ އޭނާގެ ތިން ވަނަ އަލްބަމް "ނޯ ބޮޑީ އިޒް ލިސްނިން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިހާން / ވައިކަރަދޫ
24 July 2023
ތީ ކަލޯ އަހަރެމެން ރަށު މީހެއް