ގާސިމްގެ އެޑްވައިޒަރުން ކަމަށް ހަމަޖެއްސެވި އަލީ ވަހީދާއި އިބްރާހިމް ސުޖާ އަދި އިސްމާއިލް ސުޖާ، އޭނާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިހާން | ޓުވިޓާ
02 އޯގަސްޓް 2023 - 16:52
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ރައީސް، އަލީ ވަހީދާއި އޭނާގެ ގާތް ދެ ބޭފުޅަކު މިއަދު ހަމަޖައްސަވައިފި އެވެ.
އަލީ ވަހީދާއި ވިޔަފާރިވެރިން ކަމަށްވާ އިބްރާހިމް ސުޖާއު އާއި އިސްމާއިލް ސުޖާއު އަށް އެޑްވައިޒަރު ކަމުގެ ލިޔުން، ގާސިމް ހަވާލުކޮށްދެއްވީ މެންދުރު ފަހު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޖޭޕީގެ ރައީސްގެ މަގާމުގައި އަލީ ވަހީދު ހުންނަވަނިކޮށް، އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާއަށް މަގާމު ގެއްލުނީ އެވެ. ނަމަވެސް، އޭނާއަކީ އަދިވެސް އެ ޕާޓީގެ މެމްބަރެކެވެ.
Jumhooree party @JPSecretariat ge leader @qasimibrahim ge special advisor in ge gothugai miadhu Hon @ali20waheed aai Ismail Suja ( Channdhanee) adhi Ibrahim Suja, hamajassavaifi. Congratulations! pic.twitter.com/GUYVaeC4HP
— Ahmed Nihan (@ahmed_nihan) August 2, 2023
ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށް، ދައުވާ އުފުލުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅުއްވުމަށް ފަހު އަލީ ވަހީދު އެނބުރި މާލެ ވަޑައިގަތީ މިދިޔަ މަހުގެ 11 ގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އެ ދައުވާތައް ނުކުރެވޭ ކަމަށް ކަނޑައެޅުމުންނެވެ.
ރާއްޖެ ވަޑައިގެންނެވި ދުވަހު އަލީ ވަހީދު ވިދާޅުވީ އޭނާ ދެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށާއި ބޮޑަށް އުޅުއްވާނީ ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއޮތީ
03 August 2023
މިހާރުގެ ރައީސް ހަމަ ވަރުދައްކާފަ ކެންޕޭން ކުރަނީއެވެ. ދެން ވެރިކަމަށް ފައިނަގާފައި ތިބި މީހުން ކަހާތަން ހިރުވާވެސް ނުލައެވެ. އަމިއްލަޔަށް ގޮސް ރައްޔިތުންގެ ކިބައިން ތާއީދުކުރުމަށް އެދުމަށްވުރެ މޮޅު އުކުޅުތައް އެމީހުންނަށް އެނގެނީތާއެވެ. އެކަމަކު އެކަކު ދައްކާ ވާހަކަ އަޑުއަހާގެން މީހަކު އިހުތިޔާރުކުރުމަކީ ހާދަ ފޫހި ކަމެކެވެ. އެހެންނޫނީ މިހެންނެއް ނުވެއެވެ. އަދިވެސް އެހެން މީހުންނަށް ތައްޔާރު ނުވެވެނީ ބާއެވެ.
އެޑްމުންޑޯ
03 August 2023
ހެޔޮ ކިތަންމެ ގިނަބަޔަކު އެޑްވައިޒަރުންނަށް ލިއަސް މިފަހަރުދާނީ ފަންފުލުން
ނޭމަރ
03 August 2023
ގާސިމްގެ އެޑްވައިޒަރުންނަށް އަލީ ވަހީދާއި އިތުރު ދެ ބޭފުޅަކު ހަމަޖައްސައިފި ނޫނީ ގާސިމްގެ އެޑަވައިޒަރުކަމަށް އަލީ ވަހީދާއި އިތުރު ދެ ބޭފުޅަކު ހަމަޖައްސައިފި ކޮބައިތޯ ރަނގަޅު ގޮތަކީ؟
އެދުރުބޭބެ
03 August 2023
އިމްލާ ކުށް ކަނޑާ ޒަމާނެއް ނޫން. މިޒަމާނުގައި ފިލިނުޖަހާ ލިޔުނަސް ކިޔާމީހާ ބޭނުންގޮތަކަށް ކިޔާނެ. އެހެންވީމަ، ލިޔާމީހާ ވެސް ކޮންމެހެން ކުށްކަނޑައި ކޮށާ މަށާ ހަދާކަށް ނޫޅޭނެ.
އމ އަދުރޭ
03 August 2023
ކާލާނެވަރު ބަލާލުމުންވެސް އެންގޭ
މަރުމޯލޭ
03 August 2023
ގާސިމަކައް އަދިވެސް ގެޓެއްނުވޭ ގާސިމު ނުހޮވަންވީ ސަބަބުތަކެއް.
އެޑްވައިޒަރުން
03 August 2023
ގާސިމް އަށް ވެރިކަން މިއަދާ ހަމައަށްވެސް ނުލިބިގެން ތިޔަ އުޅެނީ ގާސިމް ގާތްކުރާމީހުންގެ ސަބަބުން .. ދެފުއްކެހެރިން ނޫން ބައެއް އޭނައަށް ނުލިބެނީތަ.. އެޑްވައިޒަރުންނޯ..
ކިލާޅީ
03 August 2023
އަލީ ވަހީދޭ... ގައިކޮޅު ގައިގައި ދުރު!
އަލިފުޅު3
03 August 2023
ލައިވް ޓީވީ ގަ ސޮއި ކުރުވާ ވަރު ބަޔަކު ތިތާ ތިބި ހެން ހިއެއް ނުވޭ. ތިޔަ ޖަމާއަތުގަ އަބްދުﷲ ޝާހިދު ސޮއި ކުރިނަމަ، އެވާނެ ލައިވް ކުރާވަރު އިވެންޓަކަށް!
ވޯލް
03 August 2023
އަލީގެ ވައަތުގައި ހުރި މީހާ ހަމަ ހޭވަނީ ކުޑަ އަލީ ވަހީދެއްހެން.
ކަތްދައްތަ
03 August 2023
ތިޔައީ ސިޔާސީ ނިންމުމަކަށް ވުރެ މަށަށް ވައްތަރީ ގޯތިތެރޭގައި އުޅޭ ސިޔާސަ ކުދިންނަށް ކޮށްދިން ކަމަކާ. ބައެއް ކުދީނަކީ ބޮޑެތި އެންޓަނާތަކަށް އަރައި ފައިބައި ކުޅެ ފުމެ ހަދާ ހިތްވާ ކުދިން. ހިންދިރުވާލުން ނޫން ގޮތެއް ގާސިމަކަށް މިއަދަކު ނެތް.