ކުޅިވަރު

ރާއްޖޭގެ ޒުވާން ޓީމު ބަލިކޮށް ޕާކިސްތާން އެއްވަނައިގައި ސެމީ އަށް

ޕާކިސްތާނުގެ ދެވަނަ ގޯލު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ސާފް

ބޫޓާންގައި ކުރިއަށްދާ މިއަހަރުގެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުން 3-0 އިން ޕާކިސްތާން އަތުން ބަލިވެއްޖެ އެވެ.

ޕާކިސްތާނުން ފުރަތަމަ ގޯލު 14 ވަނަ މިނިޓުގައި ކާމިޔާބުކުރީ ސުބްހާން ކަރީމް އެވެ. ލީޑު ފުޅާކުރި ގޯލު 39 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އަބްދުއްސަމަދެވެ. ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ތިންވަނަ ގޯލު ޖެހީ މަޖީދު އަލީ އެވެ.

މި ނަތީޖާއާ އެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ޕާކިސްތާން މިވަނީ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފަ އެވެ.

ހޮނިހިރު ދުވަހު ފެށި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ޕާކިސްތާން އަދި ބޫޓާނާ އެކު ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ އިންޑީއާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

ގުރޫޕްގެ ފުރަތަމަ މެޗު ޕާކިސްތާނުން ކާމިޔާބުކުރީ ބޫޓާނާ ދެކޮޅަށް ފަހަތުން އަރައި 2-1 އިންނެވެ. ގުރޫޕްގެ ފަހު މެޗުހައި ބުދަ ދުވަހު ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރު ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ޓީމު ނުކުންނާނެ އެވެ.

ރާއްޖޭގެ ޓީމުގައި ފުރަތަމަ ޑިވިޝަންގެ 4 ކުޅުންތެރިން

މިއަދުގެ މެޗުގައި، ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ހަތަރު ކުއްޖަކު ވަނީ ފުރަތަމަ 11ގައި ކުޅެފައި ވެއެވެ. އެއީ ލީގު ތާރީހުގައި ވެސް އެންމެ ޒުވާން ސްކޮޑަކާ އެކު ކުޅޭ ކްލަބް ވެލެންސިއާގެ ޔޫސުފް އަޔާން އާމިރު (އާންބެ)، މުހައްމަދު އިލާން އިމްރާން، އީތަން އިބްރާހިމް ޒަކީ އަދި އަހުމަދު ކާއިން ގަޔާޝް އެވެ. ގައުމީ ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަޔާން އެވެ.

ލީގުގައި ހަތް މެޗު ކުޅުމަށް ފަހު އީތަން މިހާރު ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސްޕެއިންގެ އީއެފް ހުއެސްކާގެ 16 އަހަރުން ދަށުގެ ޓީމާ ގުޅިފަ އެވެ. އީތަން އާއި އިލާން އަދި ކާއިން އާއި އަޔާނަކީ ވެސް އެންމެ ފަހުން އޮތް 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލުން ފާހަގަވި ކުޅުންތެރިންނެވެ. މީގެ އިތުރުން މިއަދުގެ ފުރަތަމަ 11 ގައި ހިމެނުނު އަބްދުﷲ އައިދާން ސާޖިދާއި މުހައްމަދު ލާމިހު އިމްތިޔާޒް އަދި ކާއިން އަބްދުﷲ ފާއިޒް ވެސް އެއީ އިސްކަންދަރު ސްކޫލުގެ ކުޅުންތެރިންނެވެ.

އިސްކަންދަރު ސްކޫލް ޓީމަށް ކުޅުނު ހަތް ކުޅުންތެރިންގެ އިތުރުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމުގެ ފުރަތަމަ 11 ގައި ހިމެނުނީ ކަލާފާނު ސްކޫލުގެ މުހައްމަދު ޒީކް އަހުމަދާއި އިމާދުއްދީން ސްކޫލުގެ އަހުމަދު މިކްޔާލް މުއީން އަދި ރެހެންދި ސްކޫލުގެ އަލީ ހައިޒޫމް ހަސަން އެވެ. ގޯލު ބެލެހެއްޓީ ހުރާ ސްކޫލުގެ އަހުމަދު މިފްޒާލް އެވެ.

ޕާކިސްތާނުން ޑޮމިނޭޓް ކުރި މި މެޗުގައި ރާއްޖެއަށް ހަމަލާއެއް ފޮނުވާލެވުނީ އިދިކޮޅު ޓީމުން ތިން ގޯލު ޖެހި ފަހުންނެވެ. އީތަން ނަގައިދިން ކޯނަރު ކާއިން ގަޔާޝް ބޮލުން ފޮނުވާލި ނަމަވެސް ކީޕަރު ވަނީ ފަސޭހަ ކަމާއެކު ބޯޅަ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން ވެސް ރާއްޖޭން ކައުންޓާ އެޓޭކްތަކުގައި ފުރުސަތުތަކެއް ތަނަވަސްކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ.

ކީޕަރު މިފްޒާލް ވަނީ ޕާކިސްތާނުގެ މުހައްމަދު ޝަހަބް އާއި އަބްދުލް ގަނީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ދިފާއު ކޮށްފަ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 33%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

009009

05 September 2023

ދެން ޕާކިސްތާނު ގައުމީ ޓީމްގަ އެއްވަނަ ޑިވިޝަން ކިތައް ކުޅުންތެރިން؟ ރާއްޖެތާ ފެންވަރު ރަނގަޅުވާން ޖެހޭނި، ރާއްޖެ ޓީމްގަ އެއްވަނަ ޑިވިޝަން ކުޅުންތެރިން ތިބި އިރު. ޜާއްޖޭގަ އެއްވަނަ ޑިވިޝަނަކީ ފެންވަރެއް ނެތް ފޯރިއެއް ނެތް ޑިވިޝަނެއްކަން މި އިނގެނި. ޓީމު ތަކުގަ ފެންވަރު ނެތިގެން، ކުޅުންތެރިން ހަމަނުވެގެން، ޅަ ކުޅުން ތެރިން ލައިގެން ފަރު ޖައްސާއިރު، ލީގު އެހާ ވަނދު. ރަށްރަށު މުބާރާތްތައްވެސް މާ ފޯރިގަދަ. މޮޅެތި ޒުވާން ކުދިންވެސް އެހާ ގިނަ

The name is already taken The name is available. Register?

މިކަންތައް

04 September 2023

ހުއްޓާލަން ފެނޭ ފުޓްބޯޅަ ނޫނީ އެމީހާ ބޭރުކުރޭ! ދެރަކަމަކީ ސަލްސާ އާމިރު ގިނިކަންޏާ އުޅެންޖެހޭތީ. ފުޓްބޯޅަ ކޯޗް އައިސް މިއުޅެނީ ސޭޓް ފަހަތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454