ނާޒިމް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދަންނަވަނީ: މިއީ ކެމްޕެއިންގައި އޭނާ ވަޑައިގަންނަވާނެ އެންމެ ފަހު ރަށް --- ފޮޓޯ/އެމްއެންޕީ
07 ސެޕްޓެމްބަރ 2023 - 20:42
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފަހު މަންޒިލަކަށް އޭނާގެ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް އދ. ދަނގެއްޗަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ވަޑައިގެންފި އެވެ.
ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ ކެމްޕެއިން ޓީމުން ކުރި ޓުވީޓެއްގައި ބުނީ، ދަނގެތި އަދި މުޅި ދަތުރުން ވެސް ފެނުނީ އުންމީދީ މަންޒަރުތަކެއް ކަމަށެވެ،
ނާޒިމަށް ގިނަ ބަޔަކު މިއަދު މަރުހަބާ ކިޔަނީ
"ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އުޖާލާ ޒަމާނަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ނާޒިމަށް ވޯޓު ދެއްވާ،" ޓުވީޓުގައި ވެ އެވެ.
ނާޒިމް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަނީ
ނާޒިމަކީ މި އިންތިހާބަށް އެންމެ ފުރަތަމަ ކެމްޕެއިން ފެއްޓެވި އަދި އެންމެ ފުރަތަމަ މެނިފެސްޓޯ ވެސް އާންމު ކުރެއްވި ކެންޑިޑޭޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
08 September 2023
ދެވަނަ ބުރުގަ ނާޒިމު ކޯލިޝަން ހަދަނީ ކޮން ޕާޓީއަކާ އެކީބާ!
ބިންބި
07 September 2023
ނާޒިމާކީ ކިވައިގެންހުރި ކަންކަން ކުރާންކެރޭ ހީވާގި ބޭކަލެއް. އެކަމަކު ނަޒީމަށް އޮތް ތާއީދު ސާފެއްނޫން. ވޯޓުނެގީމާ ޕާޓީތަކާ އެޕާޓީތަކުގެ ވެރިން ތަރުތީބުކޮށްލާން އެނގޭނީ.