ކުޅިވަރު / ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް

ދިވެހި ފުޓްސަލް ޓީމު އޭޝިއާ ކޮލިފައިން އަށް ތައްޔާރުވަނީ

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ ޔަޝައު/ ސިޑިބަރި

އޮކްޓޫބަރު 7 ގައި ފަށާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ފަރިތަކުރުންތައް ފަށައިފި އެވެ.

ރާއްޖެ ވާދަުރާ ކޮލިފައިން ގުރޫޕް ސީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކިރިގިސްތާނުގަ އެވެ. ރާއްޖެ އާއި ކިރިގިސްތާނާ އެކު މި ގުރޫޕުގައި ދެން ހިމެނެނީ އިރާނާއި ލެބަނަން އެވެ.

ގުރޫޕްގެ އެއްވަނަ ހޯދައިގެން އަންނަ އަހަރު އޮންނަ މުބާރާތަށް ކޮލިފައި ވާއިރު، އަށް ގުރޫޕުގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތް ޓީމަކަށް ވެސް މުބާރާތުން ފުރުސަތު ލިބޭނެ އެވެ.

ލެބަނަން އާއި ކިރިގިސްތާނު ވޯލްޑް ކަޕްގައި އަދި ނުކުޅުނަސް، ދެ ޓީމަކީ ވެސް އޭޝިއަން ކަޕްގައި ގަވާއިދުން ކުޅެމުން އަންނަ ޓީމުތަކެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތައް:

● 7 އޮކްޓޫބަރު: ރާއްޖެ - އިރާން

● 9 އޮކްޓޫބަރު: ރާއްޖެ - ލެބަނަން

● 11 އޮކްޓޫބަރު: ރާއްޖެ - ކިރިގިސްތާން

މި ގުރޫޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމަކީ އިރާނެވެ. ދުނކޔޭގެ ފީފާ ފުޓްސަލް ރޭންކިންގެ ހަވަނައިގައި އޮތް އިރާނަކީ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގައި ވެސް ތަޖުރިބާ ބޮޑު، ކާމިޔާބު ޓީމެކެވެ. އަށް ފަހަރު ވޯލްޑް ކަޕްގައި ކުޅެ، ދެފަހަރު ލޯ މެޑަލް ހޯދާފައިވާ އިރާނަނީ 12 ފަހަރު އޭޝިއާގެ ޗެމްޕިއަންކަން ހޯދައިފައިވާ މި ބައްރުގެ އެންމެ ކާމިޔާބު ޓީމެވެ.

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ ޔަޝައު/ ސިޑިބަރި

މިދިޔަ އަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ރާއްޖެ ލައްވާލީ އިރާނާއި ކިރިގިސްތާނާ އެއް ގުރޫޕެއްގަ އެވެ. އޭޕްރީލް މަހު އޮތް ކޮލިފައިންގައި އިރާނާއި ކިރިގިސްތާން އަދި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުމުގެ އެއް މަސް ކުރިން ރާއްޖޭން ވަނީ ތަޖުރިބާ ހޯދުމުގެ ގޮތުން ތައިލެންޑުގައި އޮތް އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕްގައި ތައިލެންޑާއި އޮމާން އަދި މޮންގޯލިއާއާ ދެކޮޅަށް ކުޅެފަ އެވެ.

މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްގެން ޕެނަލްޓީގައި ކުރި ހޯދައި، ރާއްޖޭން ވަނީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.

މިއަހަރު ރާއްޖޭގައި ބޭއްވި ބޮޑެތި ފުތްސަލް މުބާރާތްތަކަށް ބަލައި، 47 ކުޅުންތެރިންގެ ސްކޮޑެއް ނަގައި އޭގެ ތެރެއިން މިހާރު ވަނީ ފައިނަލް 20 ކުޅުންތެރިންނާ އެކު ރަސްމީ ފަރިތަކުރުންތައް ފެށީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

ގައުމީ ފުޓްސަލް ސްކޮޑް:

● ގޯލްކީޕަރުން: ޒައިދާން އަހުމަދު (އަސޫ)، އިސްމާއިލް ފާތިހު (ތާޑޭ)، ހުސައިން ނާސިހް (ރާޖު)

● ކުޅުންތެރިން: ހުސައިން ޝަރީފް (އޮންލީ)، މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު ނަސީރު (ސާންކޮ)، މުހައްމަދު ޔަފާއު (ޔާ)، އަލީ ހާފިޒް (ހާއްޕެ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ހުސައިން ސުހައިލް (ސޮކޭ)، އިޝާން އިބްރާހިމް (ސައްޓު)، ހުޒައިފަތު ރަޝީދު (ހުޒޭ) ، އިސްމާއިލް ވަޖީހު (ވައްޖެ)، އަލީ ޝިޔާހު (ޝިޔާ)، އަލީ މާއިސް (މައްޓު)، އިފާޒް އިބްރާހިމް (އިފައްޑެ)، އަލީ ޝަމާލް އަބްދުﷲ (ޝައްމު)، ޔާމިން މުހައްމަދު (ޔާންޓޭ)، އިބްރާހިމް މުބީން (މުއްކި)، ފައްޔާޒް ފަޔާޒް (ފައިއްޓޭ)

ކޯޗު އަބޯ، ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު/ ސިޑިބަރި

މިއަހަރު ވެސް ގައުމީ ޓީމުގެ ކޯޗަކީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އެސިސްޓެންޓް ކޯޗުންނަކީ އަހުމަދު ވިޝާލް (އަންދު) އާއި އަހުމަދު ތޯހާ އެވެ. ގޯލްކީޕަރު ޓްރޭނަރަކަށް އިބްރާހިމް އަހުމަދު ހަމަޖައްސާފައި ވާއިރު ޝަހުމް އަހުމަދު ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ހިމަނައިފައި ވެއެވެ. އަދި ޓީމުގެ މެނޭޖަރަކީ އަލީ ނަދީމް (ކޮކޯ) އެވެ.

ބައިނަލްއަގުވާމީ މެޗު ކުޅޭނެ އިންޑޯ ސްޓޭޑިއަމްއެއް ނެތް

ފުޓްސަލް އަކީ މިވަގުތު ފުޓްބޯޅައަށް ވުރެ ވެސް ރާއްޖޭގައި ނުފޫޒު ގަދަ ކުޅިވަރެކެވެ. ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބެއް ހޯދަން ބަލާއިރު ރާއްޖޭގައި ގައުމީ ފުޓްސަލް ލީގެއް ނެތުމާއި އިންޑޯ ފުޓްސަލް ސްޓޭޑިއަމެއް ނެތުމަކީ ކުރިމަތި ވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ރާއްޖޭގައި ފުޓްސަލް ކުޅޭ ޓާފް ދަނޑުތައް ގިނަ އެވެ. ޓާފް ދަނޑުތަކުގައި އަހަރެއްގެ މައްޗަށް ބާއްވާ މުބާރާތްތައް ވެސް ގުނާ އަދަދު ނުކުރެވެ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ފުޓްސަލް މެޗުތައް ކުޅެން މި ޖެހެނީ ޓާފް ދަނޑަކު ނޫނެވެ.

މިދިޔަ އަހަރުގެ މުބާރާތްތަކަށް ފުރުމުގެ ކުރިން ވެސް ރާއްޖެއަށް އިންޑޯ ސްޓޭޑިއަމެއް ނެތުމުގެ ނުތަނަވަސްކަން ކުރިމަތި ވިއެވެ. އެގޮތުން މުބާރާތްތަކަށް ފުރުމުގެ ކުރިން ރާއްޖޭގައި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ބޭނުން ކުރަން ޖެހުނީ ޓާފް ދަނޑުތަކާއި ސްކޫލްތަކުގެ ހޯލުގައި ހެދިފައި ހުރި މެޓް ދަނޑުތަކެވެ. ދަނޑު ހޯދަން ވެސް އެކިއެކި ގޮންޖެހުންތައް ދިމާވި އެވެ.

އިންޑޯ ފުޓްސަލް ސްޓޭޑިއަމެއް ނެތުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވި ނަމަވެސް މިހާތަނަށް ހައްލެއް ހޯދިފައެއް ނެތެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އިންތިޒާމް ކޮށްގެން ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވެސް ފުޓްސަލް ނުހިމެނޭތީ، ފުޓްސަލް އާއިލާގެ ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ.

އަހަރުތަކަކަށް ފަހު ގައުމީ ފުޓްސަލް ޓީމު ބައިނަލްއަގުވާމީ މެޗުތަކެއް މިދިޔަ އަހަރު ކުޅެފައި ވިއަސް، މި އަހަރުގެ އެވޯޑްސްގައި ވެސް ފުޓްސަލް ނުހިމަނަ އެވެ. ސަބަބަކަށް ދެއްކީ ފުޓްބޯޅަ އެސޯސިއޭޝަނުން އެވޯޑްސް އަށް ފުޓްސަލް ނޮމިނޭޓް ނުކުރުމާއި ގައުމީ ފުޓްސަލް ލީގެއް ނެތުމެވެ.

ފުޓްސަލް އެސޯސިއޭޝަނަކީ، ފުޓްބޯޅަ އެސޯސިއޭޝަންގެ ދަށުން ހިންގާ ސަބް އެސޯސިއޭޝަނެކެވެ. މިއަހަރުގެ ޖުލައި މަހު ގައުމީ ފުޓްސަލް ލީގެއް ފެށުމަށް މަސައްކަތް ކުރާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ނަމަވެސް، މި ކަމުގައި އެއްވެސް ކުރިއެރުމެއް އަދި ނުލިބެ އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުނބޯލި

17 September 2023

ފުޓުސަލް އަކީ ވަކި ބަޔަކުލައިގެން އަހޫ އަދި އަބޯ އަށް މަންފާވާ ގޮތަށް އަބަދުވެސް ހިނގާ ކަމެއް..

The name is already taken The name is available. Register?

ހާއިބްރީ

17 September 2023

ބަލަ އިންޑިއާގަ ޗަކަ ގަނޑެއްގަ ފަރިތަކޮށްގެން ގޮސް ރެސްލިންއިން އޮލިމްޕަސްގަ ގޯލްޑް އެނަގަނީ. އަބަދުވެސް ވަސީލަތް މަދުވެގެން އެވާހަކަ. އެކަމަކު ގަޑިއަށް ޕްރެކްޓިސްއަކަށް އާދެވޭ އެތުލީޓެއް ނެތް ރާއްޖެއަކު.

The name is already taken The name is available. Register?

ސަސި.

17 September 2023

"އިންޑޯ ފުޓްސަލް ސްޓޭޑިއަމެއް ނެތުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވި ނަމަވެސް މިހާތަނަށް ހައްލެއް ހޯދިފައެއް ނެތެވެ." ޝުކުރިއްޔާ މިނިސްޓަރ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454