ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނު އިވެންޓެއްގައި އިމްރާން ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
29 ސެޕްޓެމްބަރ 2023 - 14:31
އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުވެއްޖެ ހާލަތެއްގައި ވެސް އަހަރަަކަށް ވުރެ ގިނަ ދުވަހު ވެރިކަން ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓްނަރު އިމްރާން ވިދާޅުވީ، ޕީޕީއެމްގެ ހިޔަނީގައި މުއިއްޒު ވެރިކަމަށް ވަޑައިގެންފައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ ޕާޓީން ބޭނުން ނުވާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.
އޭނާ ވަނީ މުއިއްޒު "ރީތިކޮށް" ކުރައްވާ ކަންކަމުން ޕީޕީއެމްގެ މެންބަރުން މަޑުމަޑުން ބަލަން ނުތިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރު ހަމަ ބަލާލަން ތިބެން ކަންނޭނގެ ޖެހޭނީ. އެ ބޭފުޅުން އެ ބޭފުޅުންނާ ތޮޅެ އަރައިރުންވެ، ރައްޔިތުން އެ ބޭފުޅުންގެ ރައްޔިތުން ނުކުމެ މުއިއްޒު ދުރުކުރާނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މިއީ ސިޔާސީ ހަގީގަތް ކަމަށާއި އިދިކޮޅުގެ އެންމެ އިސް ފަރާތްތަކުން މުއިއްޒާ ދޭތެރޭ ގެންގުޅޭ އިހާނެތިކޮށް ހިތާ ތަނާއި ދެކޮޅަށް ގެންގުޅޭ ނިކަމެތި ގޮތްތައް ފެންނަ ކަމަށެވެ.
"މުއިއްޒާ ދޭތެރޭ ކަންތައް ކުރެވޭ އިހާނެތި ގޮތުން ހިނގި ކަމެއްގައި އަޅުގަނޑު ހީކުރީ އެތާގައި އެއްޗެއް ގޮވަނީއޭ، ރަނގަޅަށް ބަލާލިއިރު މުއިއްޒަށް އިހާނެތިކޮށް ކަންތައް ކުރުމުން ހިނގި ހާދިސާއެއްގައި އެ މެސެޖު ލިބުނީ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދި ނުހޮވިގެން އުޅޭއިރު ކަންކަން މި ހިސާބުގައި ހުރިއިރު، މާދަމާ ހޮވުމުން ޑިމާންޑުތަކާއި ވާދަވެރިކަން އަންނާނެ ވަރު ސިފަކޮށްލެވޭނެ ކަމަށެވެ.
ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުށްކުރާ ގުރޫޕުތަކުން ގިނަ މާރާމާރީތަކެއް ހިންގާފައިވާ ކަމަށާއި މި ވެރިކަމުގައި އެކަން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭރު އޮތް ބިރުވެރިކަން އިއާދަވާ މަންޒަރު މިހާރު ވެސް ފެންނަމުންދާ ކަމަށާއި ފެންނަމުން ދަނީ އާދައިގެ ކަންކަން ނޫން ކަމަށެވެ.
"ހަމަ ހަގީގަތުގައި ވެސް ވަރަށް ބިރުވެރި. މި ގައުމުގެ މައްޗަށް މި ރައްޔިތުންގެ މައްޗަށް ކުށްކުރާ ބޮޑެތި ކުށުގެ ޖަމާއަތްތަކުން ކުށްކުރާ ގުރޫޕުތަކުން މި ތަނުގެ ކޮންޓްރޯލް ނަގާ، ހަމަ ޔަގީނުން ވެސް އަޅުގަނޑަކަށް ނުދެންނެވޭނެ ހިލާލީގޭގައި އޮންނާނީ އެ ބާރު ނޫން ކަމަކަށް،" އިމްރާން ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ފުލުހުންނާއި ކޯޓުތަކުގައި ސިފައިންގެއަށް ވެސް އެ މީހުންގެ ބާރު ފޯރުވާނެ ކަމުގެ މައުލޫމާތު މިހާރު ވެސް ލިބިފައިވާ ކަމަށެވެ.
ގައުމުގެ މިފަދަ ހަލާކެއްގެ ތެރެއަށް ވައްޓާނުލުމަށް އިމްރާން ވަނީ ހިޔާލުތަފާތުވުންތަކާ ގުޅިގެން ސަރުކާރާ ފެޔަށް ޖެހިފައިވާ މީހުންނަށް އިލްތިމާސްކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުކުރު
30 September 2023
ޑރ އަށް އެއްވެސް ގެއްލުމެއް ދީފިއްޔާ ޕީޕީއެމް ވެރިއަކަށް ވޯޓްލުން ނިމުނީ. އެކަމު ދެން އިދިކޮޅޭމެންގެ މަސައްކަތަކީ އެެއީ
ސެމްބެ އިޒް ނިކްނޭމް
30 September 2023
ހިލާލީގެ އޭ އެބުނަނީ މުސްތަގުބަލުގައި ނާއިބް ރައީސް އައްޝައިޙު ޙުސައިން މުޙައްމަދު ލަތީފަށް ނިސްބަތް ކުރުމަށް. ދިގުކޮށް އަލްއުސްތާޒު އައްޝައިޚް ހުސައިން މުޙައްމަދު ލަތީފުއޭ ނުކިޔަސް އޭނާ އަކީ ވެސް މިސްރުގެ އަޒުހަރުން ފުރަތަމަ ޑިގްރީ ހަދައި އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއަކުން މާސްޓަސް ހަދާފައި ހުރި މީހެއް. ޝެއިޚް ހެދިގެން ތިއުޅޭ މީހުންނަށް ވުރެ ވަކި ދެރައެއް ނުވާނެ.
ޓެރޭ
30 September 2023
ކުރިއަށް ވާން ހުރިކަންކަމާއި، ވެ ނިމިފައި ހުރި ކަންކަމާއި، އެކި މީސްމީހުންގެ ހިތަށް އަރާ ކަންކަމާއި، ވިސްނާ ވިސްނުން މިބޭފުޅާއަށް އެނގޭ ކަމަށް ހެދިގެން ވަރަށް ވާހަކަ އެބަ ދައްކާ. ހެޔޮ ނުވާނެ ބިރުވެތިވެބަލަ.
ހަސަދު
30 September 2023
ތިޔަބޭފުޅާ އިދިކޮޅުގައި ހުއްޓާ ވެރިކަން ކުރަން އުދަގޫވާނެ.
މެކުނުމަސް
30 September 2023
މީ ހޭލާ ހުންނަވަނިކޮށް ފޮނި ހުވަފެން ފެންނަ މީހެއް. ކަލޯގެއާ ކިތަންމެ ވަރަކަށް ތެޅުނަށް ގާހަކަށް ފެނުން މަތި ނުފެންނާނެ. މީ ހަކު އެނަގާފަ ފެން މަތި ދެއްކީމާ ނޫނީ. ތިޔައީ ގާހަކައެއް. ހަމަހަމ މިފަހަރު ށޯލިހަކށްވެސް ގާހަކަ އެއް ނުދެއްކޭނެ.
އައިމިނާ
29 September 2023
ބާޒާރުމަތީ އަތް އުކައުކާފަ ޒުވާބު ކުރަން ރަބގަޅުވާނެ.
އައިމިނާ
29 September 2023
މި އަދު 4 ދަމު ތިޔަ ކީރިތި ކުރައްވަނީ ކީއްވެތޯ؟ މަގާމު ގެއްލެނީ ކަން ޔަގީން ވަނީތޯ؟
އަންނި ބާކީ ކުރުމުގެ ނަތީޖާ
29 September 2023
ބަލި ގަބޫލު ކުރީ ހާހާހާ!!
ސިމުރާން
29 September 2023
ކަލެޔައްދޯ އިނގެނީ ކުރިޔައްވާ ކަންތައް
ޒިކްލަމްން
29 September 2023
އަދާލަތެކޭ ކިޔާ ދެމީހުންގެ ޕާޓީގެ ކިބައިން ދިވެހި ގައުމު ސަލާމަތްވެއްޖެ