އިމިގްރޭޝަންގެ ޕާސްޕޯޓު ދޫކުރާ ކައުންޓަރު: މިގެ ކުރިން ޕާސްޕޯޓެއް ގެއްލިއްޖެ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރޭ.--
11 އޮކްޓޯބަރ 2023 - 22:01
ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ބޮޑު ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
މީގެ ކުރިން އޮންނަނީ ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާށެވެ. އެއީ ފުރަތަމަ ފަހަރު 5،000ރ. އަދި ދެވަނަ ފަހަރު 10،000ރ. އަދި ތިން ވަނަ ފަހަރު 20،000ރ. އެވެ.
ނަމަވެސް މިހާރު ގަވައިދުގައި ވަނީ ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާ އެކު ހުށަހެޅުމުން 2،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާކުރާ ގޮތަށެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އަލަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން، ޕާސްޕޯޓުގެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތް ނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ފުރާއިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރާނެ އެވެ.
ގަވައިދަށް ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެއް ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓް ދޫކުރެވޭނެ ހާލަތްތަކާއި އޮފިޝަލް ޕާސްޕޯޓް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމާއި އެއާ ގުޅޭ އެކި ކަންކަން ވެސް ގަވައިދުގައި ވަނީ އިސްލާހުކޮށްފަ އެވެ.
އިމިގްރޭޝަނުން ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު 56،326 ޕާސްޕޯޓް ހެއްދި އެވެ. އަދި މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް 32،500 ޕާސްޕޯޓް ހައްދާފައިވެ އެވެ. މިދިޔަ އަހަރު 800 ޕާސްޕޯޓް ގެއްލިގެން ހުށަހަޅާފައި ވާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 500 ޕާސްޕޯޓް ގެއްލިގެން ހުށަހެޅި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންބޯ
13 October 2023
ޗޯރުގެ ދޯހަޅި ސިޔާސަތުން ރައްޔިތުން ފެލަމުން ދިޔައީ.ވަކިކަމެއްނެތް.ޖެހުނު ތާކުން ކަމުން ލޫޓްވަމުން ދިޔައީ.ޗޮރުގެ ވެރިކަމަކީ ދިވެހިން ދުވަހަކު ނުދެކޭހާ ކަރަޕްޓް ސަރުކާރެއް.އައުވާނުން ދައުލަތް ލޫޓް ވަމުން ދިޔައިރު ޗޯރު ހުޅި ކަހާ ތަނެއް ހިރުވާވެސް ނުލާ.
ކީއްކުރާނީ
13 October 2023
އިބޫ ނުހޮވުނީމަ ދެން ރައްޔިތުން އަތުން ނަގާ ފައިސާތައް އެހެރަގެން ހަމަ ކުޑަވެގެންދަނީ. ޖޫރިމަނާ ފައިސާއިން މިލިއަނުން ކޮންމެ އަހަރަކު ހޯދި ސަރުކާރެއް ނިމުނީމަ ދެން އަންނަ ސަރުކާރަކަށް އެ ފައިދާ ނުލިބޭނެ ގޮތް އެ ހަދަނީ.
ސީމު
12 October 2023
ކޮންޓުރޯލަރ ރުޅިއައީތަ ވެރިކަން ވެއްޓުނީމަ
ލިޔާހު
12 October 2023
ވެރިކަން ގެއްލުނީމަ އިބޫ ރައްޔިތުންނައް މާރާނގާޅު ވެރިކަމުގަ ހުރީރު މިފަދަ ލުއިތައް ރައްޔިތުންނައް ނުދިން ޖީއެސްޓީ ބޮޑުކޮއް ކޮތަޅުން ޓެކުސްނަގާ ހެދީ އެހެންވީމަ މަޖިލީސ އިންތިހާބުވެސް ނުދޭންވީ އެޜުން ވަރައް ރަނގާޅޫވާނެ
ހައްގު ތެދު
12 October 2023
މައްސަލަ އަކީ ދައުރު ނިމިގެން ވެރިކަން ވެސް ގެއްލުނީމަ ކަންތައް ކުރަން އުޅުނީމަ ސުވާލު އުފެދޭ
ތަރުޖަމާ
12 October 2023
މިކަން މިކުރީ ވަކި ބަޔަކަށް އޭގެ ނާޖާއިޒު މަންފާ ލިބޭ ގޮތަށް. ނަފްސު އޮޅުވާލައިގެން އައު ޕާސްޕޯޓެއް ހެދުމުގެ ފުރުސަތު ދިނުމަށް.
އަހުމަދު
12 October 2023
20,000/- ގެ ޖުރިމަނާ އަކީ ކަރނަލް ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ދެއްވި "އަގުބޮޑު ހަދިޔާ" އެކެވެ. މިއަދު ރައްޔޖތުންގެ ކުރިމައްޗަށް ވޯޓް ހޯއްދަވަން ނުކުންނެވީމަ ރައްޔިތުން ވެސް އެ ހަނދާން ކުރާނެއެވެ.
ބްލަޑް
12 October 2023
ފައިބައިގެން ދަމުން ދެން އަންނަ ސަރުކާރަކަށް ކުރެވުނު ވަރަކަށް ޖެއްސުންކޮށްފަ ދާތި.
ކޮންޓް
12 October 2023
ކޮން އިރަކު ކާކު އަތުންތޯ -/2000ރ އަށްވުރެ ބޮޑުކޮށް ނަގާފަހުރީ އަދި އެއީ ކިތައް މީހުންތޯ ބުނެދީފާނަން! ޢަދި ދޮންމަންމަ ފިލްމް ވީ ކިހާސާބެއްގަތޯ ބުނެދޭން ކެރޭނެތޯ!
ބެއްޔާ8
12 October 2023
މަގޭ އަތުން 5000 ރުފިޔާނެގި. ކިރިޔާ އަންބުރާ ގަނެގެން ނުވެއްޓުނީ. ޢަނެއް ދުވަހަށް ޓިކެޓްވެސް އޮތީނަގާފަ.
މަގާމް
11 October 2023
މަގާމުތަކުގައިތިބެ ރައްޔިތަކު ކަމަކު އެދުނީމަ އެކަންކޮށްނުދެވޭ، އަޑުނުއިވޭ މީސްމީހުން ވަގުތުން ރިޕޯޓްކުރެވޭނެ ނިޒާމެއް މިގައުމަށްބޭނުންވޭ. ސީދާ މައްސަލަތައް ހައްލުކުރެވޭމީހުން ރައްޔިތުން ބޭނުމީ