"ދިވެހިން ފަލަސްތީނާއެކު" ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 އޮކްޓޯބަރ 2023 - 18:51
ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ރާއްޖެއިން ފަލަސްތީނާއެކު ތިބި ކަން އދ.ގައި ތަކުރާރުކޮށްފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ސެޝަނުގެ ފަލަސްތީނު މައްސަލައިގައި ކުރެވޭ އާންމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދާ ދަތި ހާލު ފާހަގަކޮށް، ގާޒާގައި މިހާރު ހިންގަމުންދާ އުދުވާންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ދެކުނަށް ދިއުމަށާއި އެންމެ ހަ ގަޑިއިރުތެރޭގައި ގެތައް ހުސްކުރުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހައި ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށް އެ އަމުރު އަނބުރާ ގެނައުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ މަގުތަކެއް ހުޅުވުމުގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ގާއިމުކުރުން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ. ރާއްޖެއިން އިތުރަށް ބުނީ ދާއިމީ، ދެމެހެއްޓެނިވި ހައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
LaamuonlineDOTcom
18 October 2023
އެކަންކުރަން މިކަންކުރަން ގޮވާލާއިރުގާ ޖަރީމާތަށް ހިންގާމީނުނާ އެކަމަށް ވާގިވެރިވާމީހުނާ އެކު ގާތްގުޅުމެއް ރާއްޖެއިންވެސް ދަނީ ބާއްވަމުން، ބުއްދީގެ ހަމަތަކުން ބަލާއިރު މީކީ އެއްގޮތަކަށްވެސް ހަމަޖެހޭކަމެއްނޫން، ތިޔަކިޔާ ބައިނަލް އަގުވާމީ ގާނޫނާ ގަވައިދު އޮތްތަނުގައޮއްވަނުން ކޮންމެފަހަރަކު އިޒްރޭލުން ހަދާނެއެއްޗެއް ހަދަނީ؟ ކޮންފިޔަވަޅެއްއެޅުނީ؟ ތިޔަބުނާ އެއްހަށިގަނޑެއްފަދަ މުސްލިމުން އަދިވެސް ހަތިޔާރު އުފުލުމުގެ ހިޔާލެއްނުކުރޭ ގޯވާލަގޮވާލާ ތިބެނީ
މިހޫނާ
17 October 2023
ސާބަހޭ، ރައީސް މުއީޒު ވަރެއްނެތް، ދިވެހިންނަށް ލިބިފައޮތް ރަންގަނޑެއް ތިއީ.
މޫސާކުއްދާ
18 October 2023
17 ނޮވެމްބަރ ގެ ފަހުން ތި ކްރެޑިޓް ޑރ. މުއިއްޒު އަށް ދެވޭނީ! އަދި އެތާ ހަމަތިބީ މިސަރުކާރުގެ މީހުން.
ޚެކެކެކެކެކެކެކެކެ
18 October 2023
މިހޫނާ!! ކަލޭ ހަމަތަ؟ މުއިއްޒު މިކަމުގަ ކީއްތަ ކުރީ؟؟